ހިތަދޫ މަގުގައި ތާރު އެޅުމުގެ ކުރިން ހިންދޫއިންގެ އަޅުކަމެއް އަދާ ކުރަނީ
ހަބަރު
01 Nov 2022 | 16:51
ހިތަދޫ ކެނަރީ މަގުގައި ތާރުއަޅަން ފެށީ ހިންދޫ އަޅުކަމަކާއެކު!

އައްޑޫ ސިޓީގެ ހިތަދޫގެ ކެނެރީ މަގުގައި ތާރުއަޅަން ފެށުމުގެ ކުރިން ހިންދޫ އަޅުކަމެއް ކުރަމުންދިޔަ މަންޒަރު ފެނިގެންދާ ވީޑިއޯތަކެއް އާންމުވެއްޖެއެވެ. 

 އައްޑޫ ސިޓީގައި ފެން ހިންދުމުގެ ނިޒާމު ޤާއިމުކުރުމާއި، މަގު ހެދުމުގެ މަޝްރޫޢުއަކީ އިންޑިއާގެ އެފްކޯންސް އިންފްރާސްޓްރަކްޗަރ ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. 

އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ގިނަ އަދަދެއްގެ އިންޑިއާގެ ލޭބަރުންވެސް އައްޑޫ ސިޓީއަށް ގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ. 

އެ މަޝްރޫއުގެ ދަށުން ހިތަދޫގެ ކެނަރީމަގުގައި ތާރު އެޅުމުގެ މަސައްކަތް ފަށާފައިއިރު، އެ މަސައްކަތް ފަށާފައިވަނީ ހިންދޫއިންގެ އަޅުކަމާއެކުގައެވެ. 

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަނީ ތާރުއެޅުމަށް ހަމަޖެހިފައިވާ ސަރަހައްދުގއި ހިންދޫއިން އަޅުކަން ފުރިހަމަ ކުރަމުންދާ މަންޒަރެވެ.

އެގޮތުން ކޮންމެ ކަމެއް ފެށުމުގެ ކުރިން ކާއްޓެއް ފަށާ، އެމީހުންގެ ކަލާންގެ ކިބައިން ވާގިވެރިކަން ހޯދުމަށް ދުއާކުރުމަކީ ހިންދޫއިން ކޮށްއުޅޭ ކަމެކެވެ. އަދި އެފަދައިން ފަޅާ ކާއްޓަކީ ތާޒާ، ފެން މީރު ކާއްޓެއްކަމަށް ވާނަމަ އެމީހުންގެ މަސައްކަތް ކާމިޔާބު ކަމާއެކު ކުރިއަށް ދާނެކަމަށް އެމީހުން ގަބޫލުކުރެއެވެ. 

ހިތަދޫގެ ކެނެރީ މަގުގެ މަސައްކަތް ފެށުމުގެ ކުރިން އެފަދައިން އެ އަޅުކަން ކުރަމުންދާ މަންޒަރު އާންމުވެފައިވާ ވީޑިއޯއިން ފެނިގެންދެއެވެ. 

މިފަހަކަށް އައިސް ހިންދޫއިންގެ އަޅުކަންތައް ފާޅުގައި ކުރަމުންދާ މައްސަލަތައް އެތައް މައްސަލައެއް ވަނީ ފެނިގެން ގޮސްފައެވެ. މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ފ ބިލެއްދޫގައި ހިންދޫއިންގެ އަޅުކަމެއް ހިންގުމާއި ގުޅިގެން އެ ރަށުގެ މަޝްރަހު ވަރަށް ބޮޑަށް ހޫނުވެގެން ދިޔައެވެ. 

އެކަމާއި ގުޅިގެން ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެގެން ދިއުމާއެކު ސަރުކާރުން ވަނީ އެ މައްސަލަ ބަލާނެކަމަށް ބުނެފައެވެ. އެހެން ނަމަވެސް މިހާތަނަށް އެ މައްސަލައާއި ގުޅިގެން ފިޔަވަޅެއް އަޅާފައި ނުވާކަން ފާހަގަކޮށްލެވެއެވެ. 

އައްޑޫ ސިޓީގެ މަގު ހެދުމުގެ މަސައްކަތް އިންޑިއާ ކުންފުންޏަކާއި ހަމާލުކޮށްފައިވާއިރު، އެކަށީގެންވާ ހަލުވިމިނެއްގައި އެ މަސައްކަތް ކުރިއަށް ނުދާތީ އައްޑޫ ސިޓީ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. އަދި އެ މަޝްރޫއު ހިންގުމުގައި އެފްކޯންސްއިން ފަރުވާ ކުޑަކުރާކަން ފާހަގަކޮށް ރައްޔިތުން ޝަކުވާ ކުރަމުންދާކަންވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. 

އެއާއެކު މަގު ހެދުމުގެ މަޝްރޫއު އެފްކޯންސް ކުންފުނިން ކުރާ ގޮތް ރަނގަޅަށް މޮނިޓާ ކުރުމަށްވެސް ނިހާދު ގޮވާލައްވާފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.