ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
02 Nov 2022 | 15:46
ދީނާއި ޚިލާފުކަމެއް ހިންގާނަމަ ސަރުކާރުން ފިޔަވަޅު އަޅާނެ: ތަރުޖަމާނު

އިސްލާމްދީނާއި ޚިލާފު އެއްވެސް ކަމެއް ހިންގާނަމަ ސަރުކާރުން އެކަމަށް އަޅަން ޖެހޭ ފިޔަވަޅު އަޅާނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ. 

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ވަނީ އިސްލާމްދީނާއި ޚިލާފު ކަންކަން ރާއްޖޭގައި އާންމުވަމުން ދާއިރު ސަރުކާރުން ކަންބޮޑުވެގެން ނޫޅޭކަން ފާހަގަކޮށްފައެވެ. އަދި އެފަދަ ކަންކަން އާންމުކުރާ ފަރާތްތަކާއި މެދު ސަރުކާރުން ފިޔަވަޅު އަޅަމުން ނުދާކަން ފާހަގަކޮށްފައެވެ. އަދި އެފަދަ ކަންކަމަށް ސަރުކާރުން އަޅާނުލަނީ ކީއްވެތޯ އެ ނޫސްވެރިޔާ ވަނީ ސުވާލުކުރައްވާފައެވެ. 

އެކަމާއި ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން ވިދާޅުވީ އިސްލާމްދީނާއި ޚިލާފު ކަންކަން ކުރާނަމަ ސަރުކާރުން އެފަދަ ފަރާތްތަކާއި ދޭތެރޭ ފިޔަވަޅު އަޅާނެކަމަށެވެ. އަދި އެފަދަ ކަންތައްތަކަކީ ސަރުކާރުން ދޫކޮށްލާނެ ކަންކަމެއް ނޫންކަމަށް މިއުވާން ވިދާޅުވިއެވެ. 

"ދީނާއި ޚިލާފު ކަމެއް ހިނގާނަމަ ސަރުކާރުން އެކަމާއި ގުޅިގެން އަޅުއްވަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ. ސަރުކާރު ހަމަ ބަލަންވެސް ބަލާނެ އެކަހަލަ ކަމެއް ހިނގައިފިކަމަށް ވާނަމަ، އަޅުގަނޑުމެން އެއްވެސް ގޮތަކަށް ދޫކޮށެއް ނުލާނަން. ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއް. އިސްލާމްދީނާއި ޚިލާފު ކަންތައްތަކެއް ހިންގުމުގެ ފުރުސަތެއް ސަރުކާރުން ނުދޭނެ"

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން 

ހިތަދޫ މަގު ހެދުމުގެ މަސައްކަތް ފެށުމުގެ ކުރިން ހިންދޫއިންގެ އަޅުކަމެއް ކުރާ މަންޒަރު 

މިއުވާން މިފަދައިން ވިދާޅުވެފައި ވީނަމަވެސް ދާދި ފަހުން ހިތަދޫގައި މަގު ހަދަން ފެށިއިރު ހިންދޫއިންގެ އަޅުކަމެއް ކުރަމުންދާ މަންޒަރު ފެނިގެންދާ ވީޑިއޯއެއް ވަނީ އާންމުވެގެން ގޮސްފައެވެ. އޭގެ އިތުރުން މީގެ ކުޑަ ދުވަސްކޮޅެއްކުރިން ބިލެއްދޫގައިވެސް އިންޑިއާ ބަޔަކު ހިންދޫ ދީނުގެ ޚާއްސަ ދުވަހެއް ފާހަގަކުރުމަށް އަޅުކަމެއް ހިންގާފައިވާ މައްސަލައެއްވެސް ވަނީ ފެންމަތުވެގެން ގޮސްފައެވެ. 

މި ނޫނަސް މިފަދަ އެތައް މައްސަލައެއް ފެންމަތިވެގެން ގޮސްފައިވާއިރު މިއިން އެއްވެސް ކަމަކަށް ފިޔަވަޅު އަޅާފައި ނުވާކަން ފާހަގަކޮށްލެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.