ކުރީގެ ކެޕްޓަން އަލީ އިހުސާން
ހަބަރު
04 Nov 2022 | 15:34
ކެޕްޓަން އިހުސާނުގެ ސުވާލެއް: ހަނގުރާމަ ކުރީ އިންޑިއާ ސިފައިން ނަމަ އެމީހުންގެ ގަޔަށް ވަޒަން ނޭރީ ކީއްވެ؟

1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3ވަނަ ދުވަހު ދިވެހިރާއްޖެއަށް ދިން އުދުވާނީ ހަމަލާއިން ސަލާމަތްވީ އިންޑިއާ ސިފައިން ހަނގުރާމަކޮށްގެން ކަމަށް ވާނަމަ އެއިން އެއްވެސް މީހެއްގެ ގަޔަށް އެންމެ ވަޒަނެއްވެސް ނޭރީ ކީއްވެގެންތޯ އައްސަވާ ގައުމީ ދިފާއީ ބާރުގައި ގިނަ ދުވަސްތަކެއްވަންދެން ޚިދުމަތްކުރައްވާފައިވާ ކުރީގެ ކެޕްޓަން އަލީ އިހުސާނު ސުވާލުކުރައްވައިފިއެވެ. 

ކެޕްޓަން އިހުސާން މިފަދައިން ވިދާޅުވެފައިވަނީ ނަސްރުގެ ދުވަހާއި ގުޅިގެން ޗެނަލް-13 އިން ގެނެސްދިން ޕްރޮގްރާމެއްގައި އެ ދުވަހުގެ އުދުވާނީ ހަމަލާއިން ރާއްޖެ ސަލާމަތްކޮށްދިނީ އަވައްޓެރި އިންޑިއާކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން ކެޕްޓަން އިހުސާސް ދެކިވަޑައިގަންނަވާ ގޮތަކީ ކޮބައިތޯ އަހާ ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. 

އެ ސުވާލަށް ޖަވާބު ދެއްވަމުން ކެޕްޓަން އިހުސާން ވަނީ އެ ހާދިސާގެ ޓައިމްލައިނަށް އަލިއަޅުވާލައްވާފައެވެ. 

އެގޮތުން ކެޕްޓަން އިހުސާން ވިދާޅުވީ ނޮވެމްބަރު 3ގައި އަސްކަރީ އެންގޭޖުމަންޓެއް އައިކަމަށް ތާރީހީ ފަތްފުށްތަކުން ދައްކަނީ ފަތިހުގެ ވަގުތެއްގައިކަމަށެވެ. އެހެން ނަމަވެސް އެ ދުވަހުގެ ފަތިހު 3:30 ހާއިރު ބާޣީންގެ މީހުން މާލެ އަރައިފިކަމަށާއި، އޭގެ ކުރިން 2:30 ހާއިރު މާލޭގެ ބޭރުން މަސް ދޯންޏެއް ރަހީނުކޮށްފައިވާކަންވެސް ކެޕްޓަން އިހުސާނު ފާހަގަކުރެއްވިއެވެ. 

ހިނގަމުންދާ ހަނގުރާމައެއްގައި އެންމެ ސިކުންތަކީވެސް ވަރަށް ގިނަ ވަގުުތުކަމަށް ކެޕްޓަން އިހުސާން ވިދާޅުވިއެވެ. އެގޮތުން ފަތިސްދަޅައިން ފެށިގެން ބަދަލުކުރަން ފެށި ހަމަލާތަކުގައި ދިވެހި ސިފައިން އަނެއް ދުވަހުގެ ރޭ 10 ޖެހުމާއި ހަމަޔަށް ހިތްވަރާއެކު ހަނގުރާމަ ކުރަމުން ގޮސްފައިވާކަން ހާދިސާގެ ޓައިމްލައިނުން ބުނެދޭކަމަށާއި، އިންޑިއާ ސިފައިން ރާއްޖެ އައިސްފައިވެސް ވަނީ އެ ދުވަހުގެ 9 އަކާއި 10 އަކާއި ދޭތެރޭގައިކަމަށް ކެޕްޓަން އިހުސާން ވިދާޅުވިއެވެ. 

ނެޝަނަލް ސެކިއުރިޓީ ސާރވިސް ހެޑް ކުއާޓާރސްގެ ފާރަށް ވަޒަން އަރާފައިވާ މަންޒަރު 

"އެމީހުންގެ ކޮމާންޑަރަކަށް އައި، އެއް ކޮމާންޑަރަކަށް އައި ކާނަލް ޖޯޝީގެ އެކައުންޓެއްގައި އޭނާ އަމިއްލަޔަށް ލިޔެފައި މި އިންނަނީ ތިމަންނަ 22:45 ވީ އިރުވެސް އަދި ހުރީ ހުޅުލޭ އެއަރޕޯޓުގައޭ. މާނައަކީ 3 ނޮވެންބަރުގެ ރޭގަނޑު 10:45 ގައި. އެހެންވީމަ ދިވެހި ސިފައިން މި މީހުންނާއި ހަނގުރާމަ ކުރަމުން ދިޔައީ ފަތިހުން ފެށިގެން ގޮސް އެރޭގެ 10 ޖަހަންދެން. އަޅުގަނޑުމެންނަށް ވަރަށް ކައިރިން ބައެއް ކަންކަން ފެނިފައި، އެތައް އެތައް ހަނގުރާމައެއް ދިރާސާ ކުރެވިފައި، އެތައް ހަނގުރާމައެއް ކިޔަވާފައި، އެތައް ބެޓަލްއެއް އެކްސްޕްލޯކޮށްފަ، އޭގެ ވާހަކަތައް ތަޖުރިބާކޮށްފަ ތިބީމަ އަޅުގަނޑުމެންނަށް އެބަ އިނގޭ ހަނގުރާމަ އެއްގެ ތެރޭގައި ބައި ގަޑީރަކީ ކިހާ އިރެއްކަން. އަޅުގަނޑުމެންގެ ސިފައިން އޮތީ އެ ހަމަލާ ހުއްޓުވާފަ، އެ ދުވަހުގެ ކާމިޔާބީ ހޯދާފަ" 

ކުރީގެ ކެޕްޓަން އަލީ އިހުސާން 

އެކަން ފާހަގަކުރައްވާ ކެޕްޓަން އިހުސާން ވަނީ އެ ދުވަހުގެ ހަމަލާއިން ގައުމު ސަލާމަތްކޮށްދިނީ އިންޑިއާ ސިފައިންކަމަށް ބުނާ ފަރާތްތަކަށް މުހިންމު ސުވާލެއް އަމާޒުކުރައްވާފައެވެ. އެ ދުވަހު ދިވެހި ގައުމު ސަލާމަތްކުރުމުގެ މަސައްކަތް ކުރީ އިންޑިއާ ސިފައިންކަމަށް ވާނަމަ އެ ހަނގުރާމައިގައި އިންޑިއާގެ ސިފައިންގެ އެންމެ މީހެއްގެ ގަޔަަށްވެސް ވަޒަނެއް ނޭރީ ކީއްވެތޯ ކެޕްޓަން އިހުސާން ވަނީ ސުވާލު ކުރައްވާފައެވެ. އަދި އިންޑިއާ ސިފައިން ގެނައި ވަޒަންތަކުގެ ތެރެއިން އެމީހުން ބޭނުންކުރީ ކިހާ ވަޒަނެއްތޯވެސް ބެލުން މުހިންމުކަމަށް ވިދާޅުވިއެވެ.

3 ނޮވެމްބަރުގެ އުދުވާނީ ހަމަލާގައި ޝަހީދުވި ސިފައިންގެ ބޭކަލުން 

"އެހެން ބަޔަކު އައިސް ހަނގުރާމަކޮށް އަޅުގަނޑުމެންގެ މައްޗަށް ފަތަހަ ހޯދައިދިން ނަމަ، ނަސްރު ހޯދައިދިން ނަމަ، އެމީހުންގެ ތެރެއިންވެސް އެންމެ މީހެއްގެ ގަޔަށްވެސް ވަޒަނެއް އަރަން ޖެހޭނެތާ! އެމީހުންގެ އެންމެ މީހެއްވެސް މަރެއް ނުވޭ، އެމީހުންގެ އެންމެ މީހެއްގަޔަށްވެސް ވަޒަނެއް އަރާފައެއް ނެތް، ދިވެހި 8 ސިފައިންނާއި 11 ދިވެހިން ޝަހީދުވީ. އެކަމަކު ބައެއް ބޭފުޅުން އެބަ ބުނޭ ހަނގުރާ ކުރީ އެމީހުންނޭ. އެމީހުން ހަނގުރާމަ ކުރިއްޔާ އަޅުގަނޑުމެން ހޮވައިގެންތޯ ވަޒަން އެރީ؟ މިއީ ކޮށްލަން ޖެހޭ ސުވާލެއް." 

ކުރީގެ ކެޕްޓަން އަލީ އިހުސާން 

އެކަން ފާހަގަކުރައްވާ ކެޕްޓަން އިހުސާން ވިދާޅުވީ އެ އުދުވާނުގެ ސީދާ ފަހަތަކީ ދިވެހި އަސްކަރިއްޔާގެ އެއްޗެއްކަމަށެވެ. އެ ދުވަހުގެ ފަތަހައާއި ދޭތެރޭގައި އަޅުގަނޑުމެންގެ ތެރޭގައި ޝައްކު އުފެދެނީ އެއީ ގައުމިއްޔަތު ނެތުމުންކަމަށް ކެޕްޓަން އިހުސާން ވިދާޅުވިއެވެ. 

އެ ދުވަހުގައި އިންޑިއާ އަދާކުރި ދައުރާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ކެޕްޓަން އިހުސާން ވިދާޅުވީ އެ އުދުވާނީ ހަމަލާއަށްފަހު ރާއްޖެ ދޫކޮށް ފިލަން ދިޔަ މީހުން އަތުލައިގަނެވުނީ އިންޑިއާ ސިފައިންގެ އެހީތެރިކަމާއެކުގައި ކަމަށެވެ.

އަދި ބާޣީން ފިލައިގެން ދިއުމަށް ބޭނުންކުރި ޕްރޮގްރެސް ލައިޓް ބޯޓުގައި ރަހީނުކޮށްގެން ގެންދިޔަ ދިވެހިންގެ ތެރެއިން ސަލާމަތްވި ފަރާތްތައް ސަލާމަތް ކުރެވުނީވެސް އިންޑިއާ ސިފައިންގެ އެހީތެރިކަމާއި އެކުގައިކަން ކެޕްޓަން އިހުސާން ފާހަގަކުރެއްވިއެވެ.

ބާޣީން ފިލަން ދިޔަ ޕްރޮގްރެސް ލައިޓް ބޯޓަށް އިންޑިއާ ސިފއިން ދިން ހަމަލާގައި ބޯޓު އަނދަނީ

އޭގެ އިތުރުން އެފަހުން މާލެ ތެރެ މޮނިޓާކުމަށް ހިންގި އޮޕަރޭޝަންސްތައް ހިންގުނީވެސް އިންޑިއާ ސިފައިންގެ އެހީތެރިކަމާއި އެކުގައި ކަަމަށާއި، އެކަން ބަލައިގަންނަން ޖެހޭކަމަށް ކެޕްޓަން އިހުސާސް ވިދާޅުވިއެވެ. 

އެހެން ނަމަވެސް ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާއިން ރާއްޖެ ސަލާމަތް ކޮށްދިންކަމުގެ ކްރެޑިޓް އިންޑިއާއަށް ނުދެވޭނެކަމަށާއި، އެ ކްރެޑިޓް ހައްގުވަނީ ދިވެހި ސިފައިންނަށްކަމަށް ކެޕްޓަން އިހުސާން ވަނީ ވިދާޅުވެފައެވެ.

އެ ދުވަހު ދިފާއީ ބާރުގައި މަސައްކަތްކުރައްވަމުން ގެންދެވި ސިފައިން ދެއްކެވި ގަދަ ހިތްވަރަށްޓަކައި ފަޚުރުވެރިވާ ކަމަށާއި، އެ ބޭކަލުންނަށް ތާއަބަދު ސެލިއުޓް ކުރައްވާނެކަމަށް ކެޕްޓަން އިހުސާން ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
އަލީރަޝީދު
ކޮއްކޯ! ދިވެހި ސިފައިންނާއި ގައުމުގެ ވެރިންތިބީ ހޮރުހޮރަށްވަދެ ފިލައެވެ. މޭ ފުއްޕާފަ އެންމެން ނުކުތީ އިންޑިޔާ ސިފައިން އެރުމުން ބާގީން ފިލައިގެން ގޮސް މިތަން މިނިވަންވިކަން އެގުނީމައެވެ.
04 Nov 2022
ގުޅޭ ލިޔުންތައް
07 Aug 2026
ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުމަށް ޔޫއެފާއިން ބަދަލެއް ނުގެނައި
ފީފާގެ ވިޔަފާރި ޕްލޭން އަނބުރާ ގެންދިޔަ ނަމަވެސް، ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުން ދެމެހެއްޓުމަށް ޔުއެފާއިން ނިންމައި، އިންފަންޓީނޯގެ ރައީސް ކަމާ މެދު އިތުބާރު ނެތްކަން ހާމަކޮށްފި.
07 Aug 2026
ހޫތީންގެ ވަރުގަދަ ހަމަލާއެއް ސައުދީއަށް؛ 11 މީހަކު ޒަޚަމްވި
ޔަމަނުގެ ހޫތީން ސައޫދީ އަރަބިއްޔާގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ ނަޖްރާންއަށް ދިން ހަމަލާތަކެއްގައި 11 އާންމުން ޒަޚަމްވެފައިވާ ކަމަށް ސައޫދީ އިސްވެ އޮންނަ ކޯލިޝަނުން ހާމަކޮށްފިއެވެ.
07 Aug 2026
ގެއްލުނު މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި؛ އަދިވެސް ނުފެނޭ
ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަނިކޮށް އަޑިއަށްދިޔަ "ފްރެންޑް 4" ދޯނިން ގެއްލުނު ތިން މީހުން ހޯދުމަށް، އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހިންގާ އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ހާމަކޮށްފިއެވެ.
06 Aug 2026
ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި
އޭނާ ހައްޔަރުކޮށްފައިވަނީ އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި މި އޮގަސްޓު މަހުގެ 5 ވަނަ ދުވަހު ކޯޓުއަމުރެއްގެ ދަށުންނެވެ.
06 Aug 2026
ދައުރުވާ ދިވެހި ފައިސާ މަދުކުރުމަށް މަރުކަޒީ ބޭންކުން އިތުރު ފިޔަވަޅެއް އަޅައިފި
އެމްއެމްއޭއިން ބުނީ މިދޔަ އަހަރުގެ ޖުލައިމަހު އޯޕަންމާކެޓް އޮޕަރޭޝަން އަލުން ފެށި ފަހުން ބޭންކިން ނިޒާމުގައި ހުރި ރުފިޔާގެ ޒާއިދު ލިކުއިޑިޓީގެ ތެރެއިން އެވެރެޖްކޮށް 2.7 ބިލިއަން ރުފިޔާ މިހިނގާ އަހަރުގެ ޖުލައިގެ ނިޔަލަށް ނެގިފައިވާކަމަށެވެ.
06 Aug 2026
ކަޕްވިނާސް ކަޕްގެ ފައިނަލަށް ނިއުރޭޑިއަންޓާއި މާޒިޔާ
ފައިނަލް މެޗްގެ ކުރިން މި މުބާރާތުަގައި މި ދެޓީމް ބައްދަލުކުރާ މެޗް އޮންނާނީ މިމަހުގެ މިމަހުގެ 15 ވަނަ ދުވަހެވެ
06 Aug 2026
ފޭސް ދޭއްގައި ހިންދޫންގެ އަޅުކަން ކުރި އަންހެން މީހާ ހައްޔަރު ކޮށްފި
ފުލުހުން ބުނި ގޮތުގައި އުމުރުން 44 އަހަރުގެ އެ އަންހެން މީހާ އަކީ ރާއްޖޭގައި ގަވާއިދާ ހިލާދަށް އުޅެމުންދިޔަ މީހެކެވެ. ރާއްޖެ އައީ 2024 ވަނަ އަހަރު އެވެ.
06 Aug 2026
މާޒިޔާ ކަޕްވިނާސްކަޕް ފައިނަލާ ގާތަށް ޖެހިލައިފި
ކަޕްވިނާސް ކަޕްގައި މިރޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، އޮޑި ބައްދަލުކުރާ މެޗް އެއްވަރުވުން ނުވަތަ ނިއު ބަލިވެއްޖެނަމަ މާޒިޔާއަށް ފައިނަލިގެ ޖާގައެއް ކަށަވަރުވާނެއެވެ