ޔަހޫދީން މިއަދު ހެނދުނު ފަލަސްޠީނުގެ ޖަނީނުގައި ހިންގި އޮޕަރޭޝަނުގެ ތެރެއިން--ފޮޓޯ/ ރޮއިޓާސް
ދުނިޔެ
02 Jan 2023 | 12:19
ޔަހޫދީން ހިންގި އޮޕަރޭޝަނެއްގައި ފަލަސްޠީނުގެ ދެ ޒުވާނުން ޝަހީދުކޮށްލައިފި

ހައްދު ފަހަނައަޅާފައިވާ އިސްރާއީލުގެ ޔަހޫދީ ސިފައިން، ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ އަވަށެއް ކަމަށްވާ ޖަނީނުގައި ހިންގި އޮޕަރޭޝަނެއްގައި ފަލަސްޠީނުގެ ދެ ޒުވާނުން ޝަހީދުކޮށްލައިފިއެވެ. 

މިއަދު ހެނދުނު އިސްރާއީލު ސިފައިން ހިންގި މި އޮޕަރޭޝަން އަކީ މިދިޔަ އަހަރުގައި އެ މީހުންގެ ސިފައިންގެ މީހެއް މަރާލި ފަލަސްތީނުގެ މީހެއް ދިރިއުޅެމުންދާ ގެ ހަލާކުކޮށްލުމަށް ހިންގި އޮޕަރޭޝަނެއް ކަމަށް އިސްރާއީލު ސިފައިންނާއި ހަވާލާދީ ބޭރުގެ މީޑިއާ ތަކުން ރިޕޯޓް ކޮށްފައިވެއެވެ. 

މި އޮޕަރޭޝަންގެ ތެރެއިން ޝަހީދު ކޮށްލެވުނު މީހުންގެ ތެރެއިން އެކަކީ 17 އަހަރުގެ ކުއްޖެއް ކަމަށްވާއިރު, އޭނާ ޝަހީދު ކޮށްލެވުނީ ބަޑީގެ ހަމަލާއެއް ދީގެން ކަމަށްވެސް ރިޕޯޓްތައް ބުނެފައިވެއެވެ. 

ނިމިދިޔަ 2022 ވަނަ އަހަރަކީ ފަހުގެ ތާރީޚެއްގައި ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި އެންމެ އަނިޔާވެރި ލޭ އޮހޮރުވުންތައް ހިނގި އަހަރެވެ. އެގޮތުން، ހިނގައިދިޔަ ލޭ އޮހޮރުވުންތަކުގައި ފަލަސްޠީނުގެ 150 އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލެވިފައިވާއިރު, އިސްރާއީލުގެ 20 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. 

ހައްދުފަހަނައަޅާފައިވާ ޔަހޫދީން ފަލަސްތީނުގެ ބިމަށް ގަދަކަމުން ވެރިވެގަތް ދުވަހުން ފެށިގެން، އެމީހުން އަންނަނީ ފަލަސްޠީނުގެ މުސްލިމުންނާއިމެދު ލާއިންސާނީ އެތައް ޖަރީމާތަކެއް ހިންގަމުންނެވެ. ޚާއްސަކޮށް ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ޔަހޫދީން އެމީހުންގެ ސަރަހައްދު އިތުރު ކުރުމަށް ބިންފޭރުމުގެ އަމަލު ތަކުގައި، އެތަކެއް މުސްލިމުން ޝަހީދުކޮށް އެތަށް ގެތަކެއް ވަނީ ސުންނާފަތި ކޮށްލާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
ހޫޘީން ސައުދީ އެއާޕޯޓަށް ދިން ހަމަލާއާ ގުޅޭ ވީޑިއޯއެއް
ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން މި އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ދިން ހަމަލާގެ ވަގުތު ދައްކުވައިދޭ ސީސީޓީވީ ފުޓޭޖް އަލް ޢަރަބިއްޔާ ނެޓްވޯކުން އާއްމުކޮށްފިއެވެ.
12 Oct 2026
މަސްތުގެ ހާލަތުގައި ހުރެ، ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހާ 30 ދުވަހަށް ބަންދުކޮށްފި
މީނާއަކީ ތަކުރާރުކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނާއި ގަވާއިދުތަކާ ޚިލާފުވެފައިވާ މީހެއް ކަމަށާއި އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތްކަން ފުލުހުން އޭރު ވަނީ ފާހަގަކޮށްފައެވެ.
12 Oct 2026
ބޭންކަށް ލޯނު ފައިސާ ދައްކަން ކޯޓުން ވަލީދާއަށް ޙުކުމްކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ "ލުއި އެކްސްޕްރެސް" ލޯނެއްގެ ފައިސާ އާއި ކްރެޑިޓް ކާޑަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ދައްކާފައި ނުވާތީ އެފައިސާ ބޭންކަށް ދެއްކުމަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު އަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ. މި ޙުކުމް ކުރީ މިމަހު 11 ވަނަ ދުވަހުއެވެ.
12 Oct 2026
ލިވަޕޫލް އަތުން މެންޗެސްޓަރ ސިޓީ މޮޅުވެ، ތާވަލްގެ އެއްވަނައަށް
މި މޮޅާއެކު މެންޗެސްޓަރ ސިޓީ އޮތީ ލީގުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ޖުމްލަ 15 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. މިއީ މި ސީޒަނުގައި ލިވަޕޫލް ބަލިވި ފުރަތަމަ މެޗެވެ. އެ ޓީމު މިހާރު އޮތީ ހަ ޕޮއިންޓާއެކު ތާވަލުގެ ފަހަތުގައެވެ.
12 Oct 2026
ނަފްސާނީ މުހިންމު ބޭހެއް ރާއްޖޭއިން ހުސްވެފައި؛ ސްޓޭޓްފާމާގެ ޖަވާބެއް ނެތް
މި ބޭހުގެ ސްޓޮކް 10/26 ގައި މުއްދަތު ހަމަވާނެ ކަމަށް މައުލޫމާތު ލިބިފައިވާއިރު، އައު ސްޓޮކެއް އަންނާނެ ތާރީޚަކާ ގުޅޭގޮތުން ސްޓޭޓްފާމާގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރުއާ، މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ވޮއިސްއިން ތަކުރާރުކޮށް ސުވާލު ކުރުމުންވެސް، މިހާތަނަށް ޖަވާބެއް ލިބިފައެއް ނުވެއެވެ.
12 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި މަރުވި މީހުންގެ ދިޔަ މުފްތީއެއް
ސަޢޫދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން ފާއިތުވި ހޮނިހިރު ދުވަހު ދިން މިސައިލް ހަމަލާއެއްގައި، އުމްރާގެ އަޅުކަން އަދާކުރުމަށް ދަތުރުކުރަމުން ދިޔަ ބަންގްލަދޭޝްގެ މުފްތީއެއް ކަމަށްވާ ނަޞްރުالله އަލް-ބަދުރް މަރުވެއްޖެއެވެ. އޭނާ މަރުވިއިރު ހުރީ އިއުރާމް ހެދުމުގައެވެ.
12 Oct 2026
ޓީސީއަތުން މޮޅުވެ، އީގަލްސް ތާވަލްގެ އެންމެކުރިއަށް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް ޓީސީގެ މައްޗަށް އެޓީމް ކުރިހޯދީ 3-0 ގެ ނަތީޖާއިންނެވެ. އީގަލްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ ހަމަލާތައް އުފައްދަފައިވަނީވެސް އެޓީމުންނެވެ.
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.