އުރީދޫ އެކްސްޕީރިއަންސް ސެންޓަރ ސ. ހިތަދޫ--
ވިޔަފާރި
03 Jan 2023 | 17:50
ޑިސެމްބަރު މަހު އުރީދޫއިން ހޯދި ޚިދުމަތް ތަކުގެ ބިލް %6 ޖީއެސްޓީ ލައިގެން ހަދާފައިވާ ސަބަބު ހާމަކޮށްފި

ފާއިތުވެދިޔަ ޑިސެމްބަރު މަހު އުރީދޫއިން ހޯދި ޚިދުމަތް ތަކުގެ ބިލް %6 ޖީއެސްޓީ ލައިގެން ހަދާފައިވާ ސަބަބު އެ ކުންފުނިން ހާމަކޮށްފިއެވެ. 

ޓެކްސް ގެ ގާނޫނަށް ގެނެވުނު ބަދަލު ތަކާއި އެެކު، މި ޖަނަވަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މުދަލާއި ޚިދުމަތުގެ އަގުން ނަގާމުންދާ ޓެކްސްގެ އިންސައްތަ ވަނީ ބޮޑު ކޮށްފައެވެ. 

އެގޮތުން، ޖީއެސްޓީ %6 އިން %8 އަށް ބޮޑު ކޮށްފައިވާއިރު ޓީޖީއެސްޓީ ވަނީ %12 އިން %16 އަށް ބޮޑުކޮށްފައެވެ. 

ޓެކްސް ގެ ރޭޓަށް މި ގެނެވުނު ބަދަލާއި އެކު، ފާއިތުވި ޑިސެމްބަރު މަހުގެ ބިލްތަކުގައިވެސް ބައެއް ކުންފުނި ތަކުން ޖީއެސްޓީ އަށް %8 ނަގާފައިވާ ކަމަށް ބުނެ އާއްމުން ވަނީ ޝަކުވާ ކޮށްފައެވެ. 

އެގޮތުން، ޓެލެކޮމިއުނިކޭޝަން ޚިދުމަތް ދޭ ކުންފުންޏެއް ކަމަށްވާ ދިރާގުން ޑިސެމްބަރު މަހުގެ ބިލު %8 ޖީއެސްޓީ ލައިގެން ހަދާފައިވާ ކަމަށް ބުނެ އެއްބަޔަކު ފާޑުކިޔާފައިވާއިރު، އުރީދޫގެ ޑިސެމްބަރު މަހުގެ ބިލު %6 ޖީއެސްޓީ ލައިގެން ހަދާފައިވާތީވެސް ބަޔަކު ވަނީ އެކަމަށް ފާޑުކިޔާފައެވެ. އަދި ޖަނަވަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ޖީއެސްޓީ ބޮޑުކޮށްފައި ވަނިކޮށް އުރީދޫއިން %6 ޖީއެސްޓީ ލައިގެން ބިލު ހަދާފައިވަނީ ރަނގަޅަށް ނޫން ކަމަށް ވެސް ބައެއް މީހުންވަނީ ބުނެފައެވެ. 

މިކަމާއި ގުޅިގެން، ވޮއިސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އުރީދޫ މޯލްޑިވްސް ޗީފް ކޮމާޝަލް އޮފިސަރ، ހުސެން ނިޔާޒް ވިދާޅުވީ، ފާއިތުވި ޑިސެމްބަރު މަހު ހޯދާފައިވާ ޚިދުމަތް ތަކުން ޖީއެސްޓީ އަށް ނަގަންޖެހެނީ %6 ކަމަށެވެ. އެހެންކަމުން، އެފަދައިން ޖީއެސްޓީ ނެގުމަށްޓަކައި އުރީދޫގެ ބިލުތައް ޖެނެރޭޓް ކޮށްފައިވާނީ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގައި ކަމަށެވެ. އެހެން ނަމަވެސް، ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން ޖެނެރޭޓް ކުރާ ބިލުތަކުގައި %8 ޖީއެސްޓީ ހިމެނޭކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"31 ޑިސެމްބަރު 2022 ގެ ކުރިން ބޭނުން ކޮށްފައިވާ ޙިދުމަތްތަކަށް ގަވައިދާ އެއްގޮތުގެ މަތިން ޖީއެސްޓީ ގެ ގޮތުގައި %6 ޗާޖުކުރުމުގެ ގޮތުން، ޑިސެމްބަރު 2022 ގެ ބިލް އަޅުގަނޑުމެން ޖެނެރޭޓް ކޮށްފައިވަނީ 31 ޑިސެމްބަރު 2022 ގައި. އެހެން ނަމަވެސް ސަރުކާރުން ޖީއެސްޓީ ގަވައިދަށް ގެނައި ބަދަލާ އެއްގޮތުގެ މަތިން 1 ޖެނުއަރީ 2023 ގެ ފަހުން ޖެނެރޭޓް ކުރާ ބިލް ތަކުގައި %8 ޖީއެސްޓީ ހިމެނޭނެ." އުރީދޫއިން ޑިސެމްބަރު މަހުގެ ބިލުގައި %6 ޖީއެސްޓީ ހިމެނި ސަބަބު ހާމަކޮށްދެއްވަމުން އުރީދޫ މޯލްޑިވްސް ޗީފް ކޮމާޝަލް އޮފިސަރ، ހުސެން ނިޔާޒް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
ހޫޘީން ސައުދީ އެއާޕޯޓަށް ދިން ހަމަލާއާ ގުޅޭ ވީޑިއޯއެއް
ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން މި އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ދިން ހަމަލާގެ ވަގުތު ދައްކުވައިދޭ ސީސީޓީވީ ފުޓޭޖް އަލް ޢަރަބިއްޔާ ނެޓްވޯކުން އާއްމުކޮށްފިއެވެ.
12 Oct 2026
މަސްތުގެ ހާލަތުގައި ހުރެ، ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހާ 30 ދުވަހަށް ބަންދުކޮށްފި
މީނާއަކީ ތަކުރާރުކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނާއި ގަވާއިދުތަކާ ޚިލާފުވެފައިވާ މީހެއް ކަމަށާއި އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތްކަން ފުލުހުން އޭރު ވަނީ ފާހަގަކޮށްފައެވެ.
12 Oct 2026
ބޭންކަށް ލޯނު ފައިސާ ދައްކަން ކޯޓުން ވަލީދާއަށް ޙުކުމްކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ "ލުއި އެކްސްޕްރެސް" ލޯނެއްގެ ފައިސާ އާއި ކްރެޑިޓް ކާޑަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ދައްކާފައި ނުވާތީ އެފައިސާ ބޭންކަށް ދެއްކުމަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު އަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ. މި ޙުކުމް ކުރީ މިމަހު 11 ވަނަ ދުވަހުއެވެ.
12 Oct 2026
ލިވަޕޫލް އަތުން މެންޗެސްޓަރ ސިޓީ މޮޅުވެ، ތާވަލްގެ އެއްވަނައަށް
މި މޮޅާއެކު މެންޗެސްޓަރ ސިޓީ އޮތީ ލީގުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ޖުމްލަ 15 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. މިއީ މި ސީޒަނުގައި ލިވަޕޫލް ބަލިވި ފުރަތަމަ މެޗެވެ. އެ ޓީމު މިހާރު އޮތީ ހަ ޕޮއިންޓާއެކު ތާވަލުގެ ފަހަތުގައެވެ.
12 Oct 2026
ނަފްސާނީ މުހިންމު ބޭހެއް ރާއްޖޭއިން ހުސްވެފައި؛ ސްޓޭޓްފާމާގެ ޖަވާބެއް ނެތް
މި ބޭހުގެ ސްޓޮކް 10/26 ގައި މުއްދަތު ހަމަވާނެ ކަމަށް މައުލޫމާތު ލިބިފައިވާއިރު، އައު ސްޓޮކެއް އަންނާނެ ތާރީޚަކާ ގުޅޭގޮތުން ސްޓޭޓްފާމާގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރުއާ، މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ވޮއިސްއިން ތަކުރާރުކޮށް ސުވާލު ކުރުމުންވެސް، މިހާތަނަށް ޖަވާބެއް ލިބިފައެއް ނުވެއެވެ.
12 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި މަރުވި މީހުންގެ ދިޔަ މުފްތީއެއް
ސަޢޫދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން ފާއިތުވި ހޮނިހިރު ދުވަހު ދިން މިސައިލް ހަމަލާއެއްގައި، އުމްރާގެ އަޅުކަން އަދާކުރުމަށް ދަތުރުކުރަމުން ދިޔަ ބަންގްލަދޭޝްގެ މުފްތީއެއް ކަމަށްވާ ނަޞްރުالله އަލް-ބަދުރް މަރުވެއްޖެއެވެ. އޭނާ މަރުވިއިރު ހުރީ އިއުރާމް ހެދުމުގައެވެ.
12 Oct 2026
ޓީސީއަތުން މޮޅުވެ، އީގަލްސް ތާވަލްގެ އެންމެކުރިއަށް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް ޓީސީގެ މައްޗަށް އެޓީމް ކުރިހޯދީ 3-0 ގެ ނަތީޖާއިންނެވެ. އީގަލްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ ހަމަލާތައް އުފައްދަފައިވަނީވެސް އެޓީމުންނެވެ.
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.