ދިވެހި ފުލުހުން ތަކެއް: ފޮޓޯ/ ޕޮލިސް
ހަބަރު
05 Jan 2023 | 12:41
ފުލުހުންގެ ވަޒީފާ އަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

ފުލުހުންގެ ސްޕެޝިއަލް ކޮންސްޓެބުލަރީ ކޮންސްޓަބަލްގެ ވަޒީފާ އަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ފުލުހުން ބުނީ ފުލުހުންގެ ސްޕެޝިއަލް ކޮންސްޓެބުލަރީ ކޮންސްޓަބަލްގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ޖަނަވަރީ 15 ވަނަ ދުވަހުގެ 16:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން ވަޒީފާ އަށް ކުރިމަތިލާ ފަރާތްތަކަކީ، އެސް.އެސް.ސީ އިމްތިޙާން ނުވަތަ ޖީ.ސީ.އީ އޯ ލެވެލް އިމްތިޙާނުން މަދުވެގެން 3 (ތިނެއް) މާއްދާއިން ދަށްވެގެން "ސީ" ފާސް ހާސިލްކޮށްފައިވާ ނުވަތަ އެއާ އެއްވަރުގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވާ، ނުވަތަ ދިވެހި ފުލުހުންގެ ޚިދުމަތާއި ގުޅުންހުރި ދާއިރާއަކުން 02 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވާން ޖެހޭނެ އެވެ. 

އެ ޝަރުތު ހަމަވާ މީހުންގެ ތެރެއިން ފުލުހުންގެ ވަޒީފާ އަށް ވެއްދުމުގައި އިސްކޮޅުގައި ފިރިހެން 5 ފޫޓް 3 އިންޗި ހުރި ފިރިހެނުންނާއި އަންހެން ނަމަ 5 ފޫޓް އިސްކޮޅުގައި ހުންނަން ޖެހޭނެ އެވެ.

މީގެ އިތުރުން، ވަޒީފާ އަށް ކުރިމަތިލާ ފަރާތަކީ އެޗް.އެސް.ސީ އިމްތިޚާނުގެ ދިވެހި އަދި އިސްލާމް ނުހިމެނޭ ގޮތަށް އޭލެވެލްގެ 2 (ދޭއް) މާއްދާއިން ދަށްވެގެން "ސީ" ފާސް ހާޞިލްކޮށްފައިވާ ފަރާތް ތަކުގެ ތެރެއިން، ފިރިހެނަކު ނަމަ، އިސްކޮޅުން 5 (ފަހެއް) ފޫޓް 1 (އެކެއް) އިންޗި އަދި އަންހެނެއް ނަމަ، އިސްކޮޅުން 4 (ހަތަރެއް) ފޫޓް 8 (އަށެއް) އިންޗި ހާމަވާންޖެހެއެވެ.

އަދި ހަމައެހެންމެ، ވަޒީފާ އަށް ކުރިމަތިލާ ފަރާތަކީ މީލާދީ ގޮތުން 18 އަހަރާއި 39 އަހަރާ ދެމެދުގެ ފަރާތެއްކަމުގައިވާންޖެހޭއިރު، އެއީ "ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު" ގައި ބަޔާންކުރާ ރެކުރޫޓްކުރެވޭ ފުލުހުންގެ ޢާންމު ޝަރުޠު ފުރިހަމަވެފައިވާ ފަރާތެއްކަމުގައިވެސް ވާންޖެހެއެވެ.

ވަޒީފާ އަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ ގޮތުގައި 4,650 ރުފިޔާ އާއި، ސާވިސް އެލަވަންސްގެ ގޮތުގައި 5,000 ރުފިޔާ އާއި، ނޮން-ޕްރެކްޓިސް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 40 ޕަސަންޓަށްވާ 1,860 ރުފިޔާ އާއި، ޔުނީފޯމް އެލަވަންސްގެ ގޮތުގައި 300 ރުފިޔާ ދިނުމަށްވެސް ނިންމާފައިވެ އެވެ.

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުން ދިވެހި ފުލުހުންގެ ޚިދުމަތުން ދޫކުރާ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯޑް ބަލާ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 2023 ޖަނަވަރީ 15 ވަނަ ދުވަހުގެ 16:00 ގެ ކުރިން ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަން ނުވަތަ އަތޮޅުތަކުގައި ޤާއިމްކުރެވިފައިވާ ޕޮލިސް ސްޓޭޝަންތަކުގެ ރިސެޕްޝަނަށް ހުށަހެޅުމަށް ފުލުހުން އެދިފައިވެއެވެ. 

ފުލުހުންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ރިސެޕްޝަނުން ނުވަތަ އަތޮޅުތަކުގައި ޤާއިމްކުރެވިފައިވާ ޕޮލިސް ސްޓޭޝަންތަކުގެ ރިސެޕްޝަނުންނާއި ފުލުހުންގެ ވެބްސައިޓް www.police.gov.mv   އިން ޑައުންލޯޑްކުރެވޭނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
މަސްތުގެ ހާލަތުގައި ހުރެ، ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހާ 30 ދުވަހަށް ބަންދުކޮށްފި
މީނާއަކީ ތަކުރާރުކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނާއި ގަވާއިދުތަކާ ޚިލާފުވެފައިވާ މީހެއް ކަމަށާއި އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތްކަން ފުލުހުން އޭރު ވަނީ ފާހަގަކޮށްފައެވެ.
12 Oct 2026
ބޭންކަށް ލޯނު ފައިސާ ދައްކަން ކޯޓުން ވަލީދާއަށް ޙުކުމްކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ "ލުއި އެކްސްޕްރެސް" ލޯނެއްގެ ފައިސާ އާއި ކްރެޑިޓް ކާޑަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ދައްކާފައި ނުވާތީ އެފައިސާ ބޭންކަށް ދެއްކުމަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު އަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ. މި ޙުކުމް ކުރީ މިމަހު 11 ވަނަ ދުވަހުއެވެ.
12 Oct 2026
ލިވަޕޫލް އަތުން މެންޗެސްޓަރ ސިޓީ މޮޅުވެ، ތާވަލްގެ އެއްވަނައަށް
މި މޮޅާއެކު މެންޗެސްޓަރ ސިޓީ އޮތީ ލީގުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ޖުމްލަ 15 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. މިއީ މި ސީޒަނުގައި ލިވަޕޫލް ބަލިވި ފުރަތަމަ މެޗެވެ. އެ ޓީމު މިހާރު އޮތީ ހަ ޕޮއިންޓާއެކު ތާވަލުގެ ފަހަތުގައެވެ.
12 Oct 2026
ނަފްސާނީ މުހިންމު ބޭހެއް ރާއްޖޭއިން ހުސްވެފައި؛ ސްޓޭޓްފާމާގެ ޖަވާބެއް ނެތް
މި ބޭހުގެ ސްޓޮކް 10/26 ގައި މުއްދަތު ހަމަވާނެ ކަމަށް މައުލޫމާތު ލިބިފައިވާއިރު، އައު ސްޓޮކެއް އަންނާނެ ތާރީޚަކާ ގުޅޭގޮތުން ސްޓޭޓްފާމާގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރުއާ، މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ވޮއިސްއިން ތަކުރާރުކޮށް ސުވާލު ކުރުމުންވެސް، މިހާތަނަށް ޖަވާބެއް ލިބިފައެއް ނުވެއެވެ.
12 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި މަރުވި މީހުންގެ ދިޔަ މުފްތީއެއް
ސަޢޫދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން ފާއިތުވި ހޮނިހިރު ދުވަހު ދިން މިސައިލް ހަމަލާއެއްގައި، އުމްރާގެ އަޅުކަން އަދާކުރުމަށް ދަތުރުކުރަމުން ދިޔަ ބަންގްލަދޭޝްގެ މުފްތީއެއް ކަމަށްވާ ނަޞްރުالله އަލް-ބަދުރް މަރުވެއްޖެއެވެ. އޭނާ މަރުވިއިރު ހުރީ އިއުރާމް ހެދުމުގައެވެ.
12 Oct 2026
ޓީސީއަތުން މޮޅުވެ، އީގަލްސް ތާވަލްގެ އެންމެކުރިއަށް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް ޓީސީގެ މައްޗަށް އެޓީމް ކުރިހޯދީ 3-0 ގެ ނަތީޖާއިންނެވެ. އީގަލްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ ހަމަލާތައް އުފައްދަފައިވަނީވެސް އެޓީމުންނެވެ.
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.