ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ދެކޮޅަށް ހިންގި އިހްތިޖާޖްގެ ތެރެއިން--
ހަބަރު
08 Jan 2023 | 15:44
ނޮވެމްބަރު މަހު ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 25 މައްސަލަ

ނޮވެމްބަރ 2022 ގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާ މައްސަލަ ތަކުގެ ތެރެއިން 25 މައްސަލަ އަކީ ކުޑަކުދިންނަށް ޖިންސީ ހާނިއްކަ ދިނުމުގެ މައްސަލަ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ. 

ނޮވެންބަރ 2022 ގައި ޖެންޑަރ މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާ މައްސަލަތަކުގެ ތަފާސްހިސާބު ދައްކާގޮތުންއެ މަހު ޖުމްލަ 252 މައްސަލަ ވަނީ އެ މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައެވެ. 

އެގޮތުން ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ ގުޅޭ 107 މައްސަލަ ނޮވެންބަރ މަހު ވަނީ ރިޕޯޓުކޮށްފައެވެ.

މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުވުމުގެ މައްސަލަތަކެވެ. އެ ގޮތުން އިހުމާލުވުމުގެ 28 މައްސަލައެއް ނޮވެންބަރ 2022 ގައި ރިޕޯޓުކޮށްފައިވެއެވެ.

މީގެ އިތުރުން ޖިންސީ ހާނިކައިގެ 25 މައްސަލަ، ޖިސްމާނީ ހާނިކައިގެ 18 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 17 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 9 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 3 މައްސަލަ ވަނީ ހުށަހަޅައިފަ އެވެ. 

އަދި މީގެ އިތުރުން ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ ތެރޭގައި ހިމެނޭ ބްލެކްމެއިލް ކުރުމުގެ 2 މައްސަލަ، ކުޑަކުދިނަނަށް ޖިންސީ ގްރޫމިންގ ކުރުމުގެ 2 މައްސަލަ، އިންޓަރނެޓް މެދުވެރިކޮށް ކުޑަކުދިންނަށް ޖިންސީ ގްރޫމިންގ ކުރުމުގެ 1 މައްސަލަ، ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 1 މައްސަލަ އަދި ނަހަމަ ގޮތުގައި ވިޔަފާރި ފައިދާއަށް ބޭނުންކުރުމުގެ 1 މައްސަލަ ވަނީ ހުށަހެޅިފައެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާ

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 50 މައްސަލަ ނޮވެންބަރ މަހު އެ މިނިސްޓްރީ އަށް ހުށަހަޅައިފައިވާއިރު މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހިމެނެނީ ޖިސްމާނީ އަނިޔާ ކުރުމުގެ މައްސަލަތަކެވެ.

އެގޮތުން މިބާވަތުގެ 21 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އަދި ނަފްސާނީ އަނިޔާކުރުން/ އަނގަބަހުން ކުރެވޭ އަނިޔާގެ 14 މައްސަލައަކާއި، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމާއިގުޅޭ 10 މައްސަލަ، ޖިންސީ ހާނިއްކަ ކުރުމުގެ 2 މައްސަލަ، މާލީ އިޤްތިޞާދީ ފުދުންތެރިކަން ފޯރުކޮށްދިނުމުގައި ހުރަސްއެޅުމުގެ 2 މައްސަލަ އަދި ޖިންސީ ފުރައްސާރަކުރުމުގެ 1 މައްސަލަ ވަނީ ނޮވެންބަރ މަހު މިނިސްޓްރީ އަށް ހުށަހެޅިފައެވެ.

ޢާއިލީ މައްސަލަތައް

ޢާއިލީ މައްސަލަތަކާއި ގުޅުންހުރި 18 މައްސަލައެއް ނޮވެންބަރ މަހު ޖެންޑަރ މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. 

މިފަދަ މައްސަލަތަކުގެ ތެރޭގައި ކުދިން ބެލުމުގައި ޖެހޭ 8 މައްސަލަ، ކުދިންނާއި ބައްދަލުކުރުމުގައި ޖެހޭ 5 މައްސަލަ އަދި ހަޟާނާތުގެ 5 މައްސަލައެއް ވަނީ ހުށަހެޅިފައެވެ.

މީގެ އިތުރުން އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމާއި ގުޅޭ 25 މައްސަލަ ނޮވެންބަރ މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ. 

އަދި ހަމަ އެހެންމެ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 22 މައްސަލަ ނޮވެންބަރ މަހު އެ މިނިސްޓްރީއަށް ހުށަހަޅައިފައިވާއިރު، މިގޮތުން ހުށަހަޅާފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 18 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 4 މައްސަލައެކެވެ.

މީގެ އިތުރުން ސިއްހީ ފަރުވާ ފޯރުކޮށްދިނުމުގެ ކުޅަދާނަކަން ނެތުމާއި ގުޅޭ 2 މައްސަލައެއް ނޮވެންބަރ މަހު ވަނީ އެ މިނިސްޓްރީއަށް ހުށަހެޅިފައެވެ.

މި މައްސަލަ ތަކުގެ އިތުރުން، ކުޑަކުދިންގެ އަޚުލާޤާއި ގުޅުން ހުރި 20 މައްސަލައެއް ނޮވެންބަރ މަހު ޖެންޑަރ މިނިސްޓްރީއަށް ވަނީ ހުށަހެޅިފައެވެ. 

އެގޮތުން ސްކޫލަށް ދާން ބޭނުން ނުވުމުގެ 6 މައްސަލަ، ސުލޫކީ 4 މައްސަލަ، ރުޅި އިސްކުރުމާއި/ ރުޅިގަދަވެގެން އުޅުމުގެ 3 މައްސަލަ، ކުށުގެ ވެއްޓަށް ހުށަހެޅިދާނެފަދަ އަމަލުތަކުގެ 2 މައްސަލަ، އެހެން ކުދިންނަށް ގާނާ ކުރުމުގެ 2 މައްސަލަ، ގެއިން ނިކުމެގެން ދިއުމުގެ 2 މައްސަލަ އަދި އެހެން ކުދިންނަށް އިންޓަރނެޓް މެދުވެރިކޮށް ގަނާ ކުރުރުމުގެ 1 މައްސަލަ ހިމެނެއެވެ.

ކުޑަކުދިންގެ ޙައްޤުތަކާއި ގުޅުންހުރި 5 މައްސަލަ ނޮވެންބަރ މަހު ރިޕޯޓުކޮށްފައިވާ އިރު، މިބާވަތުގެ މައްސަލަތަކުގެ ގޮތުގައި ކުދިން ސްކޫލަށް ނުފޮނުވުމުގެ 2 މައްސަލަ، އުފަންވުން ރަޖިސްޓްރީ ކުރުމާބެހޭ 1 މައްސަލަ، އައިޑީ ކާޑު ޕާސްޕޯޓް ފޯރުކޮށްނުދިނުމުގެ 1 މައްސަލަ އަދި ސިއްޙީ ފަރުވާ ފޯރުކޮށް ނުދިނުމުގެ 1 މައްސަލަ ވަނީ ހުށަހެޅިފައެވެ. 

މީގެ އިތުރުން، ކުށުގެ ވެއްޓަށް ހުށަހެޅިދާނެފަދަ އަމަލުގެ ގޮތުގައި ނޮވެންބަރ މަހު ހުށަހެޅިފައިވަނީ 3 މައްސަލައެވެ. 

ޖެންޑަރ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ނޮވެމްބަރ މަހުގެ ނިޔަލަށް ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ ޢަދަދަކީ 189 އެވެ.

ނޮވެމްބަރ މަހުގައި ދައުލަތަށް އަލަށް 7 ކުއްޖެއް ނެގިފައިވާއިރު، 1 ކުއްޖަކު އާއިލާއަށް ރީއިންޓަރގްރޭޓް ކުރެވި އަދި 18 އަހަރު ފުރުމާއި ގުޅިގެން 1 ކުއްޖަކަށް ވަޒީފާ ހޯދަދެވިފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Aug 2026
މަހާއި ރިހާކުރު ކައްކާ އަދި ހަވާދު ހަދާ މީހުންނަށް ޒޯނެއް ކަނޑައަޅާ ފުރުސަތު ދެނީ
މިކަން ދިރާސާކުރުމަށް ފޮނުވާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 12 ވަނަ ރަސްމީ އާންމު ޖަލްސާގަ އެވެ.
12 Aug 2026
ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ އިންޖެކްޝަނެއްގެ ނަކަލު ރާއްޖެ އެތެރެކޮށްފި
ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ "އޮޕްޑިވޯ" ބްރޭންޑުގެ އިންޖެކްޝަނެއްގެ ނަކަލު (ފޯލްސިފައިޑް) ބެޗެއް ރާއްޖެއަށް އެތެރެކޮށްފައިވާތީ، އެ ބޭނުންކުރުމާއި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން މަނާކޮށްފިއެވެ.
12 Aug 2026
އެއިމްގެ ސަބަބުން ދާއިރާއަށް ގާބިލު މީހުން ބިނާކުރުން ހަލުވިވާނެ
އޭވިއޭޝަން އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (އެއިމް) އިފްތިތާހުކުރުމާއެކު، ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށް ބޭނުންވާ ގާބިލު ފަންނީ މީހުން ބިނާކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަލުވިވެގެންދާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އަދި މެނޭޖިން ދިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.
12 Aug 2026
އެމްއޭސީއެލްގެ އޭވިއޭޝަން ތަމްރީނު އިންސްޓިޓިއުޓް ހުޅުވައިފި
އެމްއޭސީއެލްގެ އޭވިއޭޝަން ތަމްރީނު އިންސްޓިޓިއުޓް "އެއިމް" ރަސްމީކޮށް އިފްތިތާޙުކޮށް، އެއަރޕޯޓް ސެކިއުރިޓީ މެނޭޖްމަންޓް ކޯސް ފުރިހަމަކުރި 29 ދަރިވަރަކަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.
12 Aug 2026
މަންފާގެ ފުރަތަމަ ޤުރުއާން ކޭމްޕް މަހިބަދޫގައި، ތަފާތު ގިނަ ހަރަކާތްތަކާއި މުބާރާތްތައް
"މަންފާ ޤުރުއާން ކޭމްޕް" އަކީ ކޮންމެ އަހަރަކު ރަށެއްގައި ސިލްސިލާކޮށް ކުރިއަށް ގެންދަން ނިންމާފައިވާ ކޭމްޕެކެވެ. ފުރަތަމަ ކޭމްޕް ބޭއްވުމަށް ހަމަޖެހިފައިވަނީ މަހިބަދޫގައި އޮގަސްޓް 26 އިން 28 އަށެވެ.
12 Aug 2026
ތަކެތީގެ އަގުތައް މިދާވަރުން އުފުލިގެން ދާނަމަ ހައިޕާ އިންފްލޭޝަނަކަށް ގޮސްދާނެ
ކަޅު ބާޒާރުގައި ޑޮލަރެއް ލިބޭ އަގު 22 ރުފިޔާ އާ ހިސާބަށް ހިނގައްޖެކަމަށާއި، މިގޮތަށް ޑޮލަރުގެ އަގު އުފުލުމާއެކު ތަކެތީގެ އަގުތައް މައްޗަށްގޮސް އެންމެފަހުން ބައްދަލުކުރާނީ ހައިޕާ އިންފްލޭޝަނަކާކަން ރައީސް ނަޝީދު ވިިދާޅުވިއެވެ
12 Aug 2026
ދިރާގުން ހިއްސާދާރުންގެ ޓެކްސް ރެސިޑެންސީ މަޢުލޫމާތު އަޕްޑޭޓްކުރުމަށް އެދިއްޖެ
ޑިވިޑެންޑް ޓެކުހުގެ ގަވާއިދުތަކާ އެއްގޮތަށް ފައިދާ ދޫކުރުމަށްޓަކައި ހިއްސާދާރުން ޓެކްސް ދައްކަންޖެހޭ ޤައުމުގެ މަޢުލޫމާތު ސައްޙަތޯ ކަށަވަރުކޮށް އެ މަޢުލޫމާތު އަޕްޑޭޓްކުރުމަށް ދިރާގުން އިލްތިމާސްކޮށްފިއެވެ.
12 Aug 2026
މަޖިލީހުގެ ދައުރު ދަންމާލަން ފާސްކޮށްފި
މުހިންމު މަސައްކަތް ނުނިމި ހުރި ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ދަންމާލުމަށް މިއަދު ފާސްކޮށްފިއެވެ.