ހޯމް މިނިސްޓަރު ޢިމްރާން އަބްދުﷲ--ފޮޓޯ/ ޕޮލިސް
ހަބަރު
15 Jan 2023 | 10:32
"ސަރުކާރު ބަދަލުވުމުން ފުލުހުންގެ ލީޑަރޝިޕުގެ ބޭފުޅުން މުއައްސަސާ ދޫކޮށް ދާންޖެހުމުގެ ސަޤާފަތެއް އޮތް"

ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު ފުލުހުން ލީޑަރޝިޕުން ބޭފުޅުން މުއައްސަސާ ދޫކޮށް ދާންޖެހުމުގެ ސަޤާފަތެއް މީގެ ކުރިން އޮތް ކަމަށާ ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މަސައްކަތްޕުޅުން، ލީޑަރޝިޕް ހަރުދަނާވެ ބަދަހިވެފައިވާ ކަމަށް ހޯމް މިނިސްޓަރު ޢިމްރާން ވިދާޅުވެއްޖެއެވެ. 

އައްޑޫ ސިޓީގައި ޤާއިމުކޮށްފައިވާ ފުލުހުން ތަމްރީންކުރާ މަރުކަޒުގައި ހިންގި ފުރަތަމަ އަސާސީ ތަމްރީން ޕްރޮގްރާމުގެ ނިމުން ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ، ފުލުހުންގެ ޚިދުމަތް މަދަނީ މުއައްސަސާއަކަށް ބަދަލުވެ މިވީ 18 އަހަރުގެ ތެރޭގައި، މިހާރު މިދެކޭ ފަދަ ބޮޑު ކުރިއެރުމެއް ފުލުހުންގެ ޚިދުމަތަށް އައިސްފައި ނުވާކަމަށެވެ.

އަދި ރައީސް ޞާލިހު ވެރިކަމަށް ވަޑައިގެންނެވި އިރު، ދިވެހި ފުލުހުންގެ ޚިދުމަތުގެ އިންސާނީ ވަސީލަތާއި އުމްރާނީ ވަސީލަތުގެ ޙާލަތު އޮތީ ވަރަށް ދަށްކޮށްކަމަށެވެ. އެގޮތުން އެކަށީގެންވާ މިންވަރާ ގާތަށްވެސް އިންސާނީ ވަސީލަތް ޤާއިމުވެފައި ނުވާއިރު، ޕޮލިސް އަތޮޅު ތެރޭގައި ހުރި ސްޓޭޝަންތަކުގެ އަދަދު މަދުކަންވެސް އިމްރާން ފާހަގަކުރެއްވިއެވެ.  

ނަމަވެސް ރައީސް ޞާލިޙުގެ ވިސްނުންފުޅާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި ޕޮލިސް ޑެސްކުގެ ޚިދުމަތް ފަށައި، އަތޮޅުތަކުގެ 61 ރަށުގައި ޕޮލިސް ސްޓޭޝަން ޤާއިމުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ. 

"ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށް ރައީސް ފައްޓަވާފައިވާ ބޮޑު މަސައްކަތަކުގައި، ފުލުހުންގެ ޚިދުމަތަށް ހުނަރުވެރި ޤާބިލު މުވައްޒަފުން އިތުރުކުރެވިއްޖެ. ޔުނީފޯމް އެޅި މުވައްޒަފުންނާ، ސިވިލް މުވައްޒަފުންން ހިމެނޭހެން 1000 އާއި ގާތްކުރާ އަދަދަކަށް މުވައްޒަފުން އިތުރުކުރެވިއްޖެ." މިނިސްޓަރ ޢިމްރާން ވިދާޅުވިއެވެ.

މީގެ އިތުރުން ފުލުހުންގެ ލީޑަރޝިޕް ހަރުދަނާކުރެވި ފުލުހުންގެ ސަފުތަކަކީ އެއީ ހަރުދަނާ ބަދަހި ސަފަކަށް ހެދިއްޖެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
"ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު ފުލުހުން ލީޑަރޝިޕުން 10،12 ބޭފުޅުން މުއައްސަސާ ދޫކޮށް ދާންޖެހުމުގެ ސަޤާފަތެއް އޮތް. ލީޑަރޝިޕް އޮތީ ނިކަމެތިކޮށް. އެހެން އޮއްވާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ މަސައްކަތްޕުޅުން، ލީޑަރޝިޕް ހަރުދަނާވެ ބަދަހިވެއްޖެ" މިނިސްޓަރ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
ލިވަޕޫލް އަތުން މެންޗެސްޓަރ ސިޓީ މޮޅުވެ، ތާވަލްގެ އެއްވަނައަށް
މި މޮޅާއެކު މެންޗެސްޓަރ ސިޓީ އޮތީ ލީގުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ޖުމްލަ 15 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. މިއީ މި ސީޒަނުގައި ލިވަޕޫލް ބަލިވި ފުރަތަމަ މެޗެވެ. އެ ޓީމު މިހާރު އޮތީ ހަ ޕޮއިންޓާއެކު ތާވަލުގެ ފަހަތުގައެވެ.
12 Oct 2026
ނަފްސާނީ މުހިންމު ބޭހެއް ރާއްޖޭއިން ހުސްވެފައި؛ ސްޓޭޓްފާމާގެ ޖަވާބެއް ނެތް
މި ބޭހުގެ ސްޓޮކް 10/26 ގައި މުއްދަތު ހަމަވާނެ ކަމަށް މައުލޫމާތު ލިބިފައިވާއިރު، އައު ސްޓޮކެއް އަންނާނެ ތާރީޚަކާ ގުޅޭގޮތުން ސްޓޭޓްފާމާގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރުއާ، މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ވޮއިސްއިން ތަކުރާރުކޮށް ސުވާލު ކުރުމުންވެސް، މިހާތަނަށް ޖަވާބެއް ލިބިފައެއް ނުވެއެވެ.
12 Oct 2026
ބޭންކަށް ލޯނު ފައިސާ ދައްކަން ކޯޓުން ވަލީދާއަށް ޙުކުމްކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ "ލުއި އެކްސްޕްރެސް" ލޯނެއްގެ ފައިސާ އާއި ކްރެޑިޓް ކާޑަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ދައްކާފައި ނުވާތީ އެފައިސާ ބޭންކަށް ދެއްކުމަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު އަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ. މި ޙުކުމް ކުރީ މިމަހު 11 ވަނަ ދުވަހުއެވެ.
12 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި މަރުވި މީހުންގެ ދިޔަ މުފްތީއެއް
ސަޢޫދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން ފާއިތުވި ހޮނިހިރު ދުވަހު ދިން މިސައިލް ހަމަލާއެއްގައި، އުމްރާގެ އަޅުކަން އަދާކުރުމަށް ދަތުރުކުރަމުން ދިޔަ ބަންގްލަދޭޝްގެ މުފްތީއެއް ކަމަށްވާ ނަޞްރުالله އަލް-ބަދުރް މަރުވެއްޖެއެވެ. އޭނާ މަރުވިއިރު ހުރީ އިއުރާމް ހެދުމުގައެވެ.
12 Oct 2026
ޓީސީއަތުން މޮޅުވެ، އީގަލްސް ތާވަލްގެ އެންމެކުރިއަށް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް ޓީސީގެ މައްޗަށް އެޓީމް ކުރިހޯދީ 3-0 ގެ ނަތީޖާއިންނެވެ. އީގަލްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ ހަމަލާތައް އުފައްދަފައިވަނީވެސް އެޓީމުންނެވެ.
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.