މައިނޯރިޓީ ލީޑަރު އަހުމަދު ސަލީމު/ ފޮޓޯ: ވޮއިސް
ހަބަރު
06 Feb 2023 | 16:03
މި އަހަރު އިއްވި ރިޔާސީ ބަޔާނަށް އިދިކޮޅުން ޖަވާބު ނުދޭން ނިންމައިފި

2023 ވަނަ އަހަރަށް މަޖިލިސް ހުޅުވާދެއްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އިއްވެވި ރިޔާސީ ބަޔާނަށް ޖަވާބު ނުދިނުމަށް އިދިކޮޅުން ނިންމައިފި އެވެ. 

ކޮންމެ އަހަރަކު ރައީސުލްޖުމްހޫރިއްޔާ އިއްވަވާ ރިޔާސީ ބަޔާނަށް ޖަވާބުދިނުމަކީ ގާނޫނު އަސާސީއިން މައިނޯރިޓީ ލީޑަރުގެ މައްޗަށް ލާޒިމްކުރާ ކަމެކެވެ. 

މިއަހަރުގެ ރިޔާސީ ބަޔާން މިއަދު ރައީސް ޞާލިހު މަޖިލީހުގައި އިއްވަވާފައިވާއިރު، އެ ބަޔާން އިއްވާފައިވަނީ މަޖިލީހުގެ އިދިކޮޅު މެމްބަރުން މަޖިލީހުން ނެރެ، މަޖިލިސް ބަންދުކޮށްގެންނެވެ. 

އެކަމާއި ގުޅޭގޮތުން އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ބ. އޭދަފުށީ ދާއިރާގެ ރައީސް އަހުމަދު ސަލީމު ވިދާޅުވީ އިބްރާހިމް މުހައްމަދު ޞާލިހު މިއަދު ރިިޔާސީ ބަޔާން އިއްވަވާފައިވަނީ ގާނޫނާއި ޚިލާފަށް ކަމަށެވެ. 

މައިނޯރިޓީ ލީޑަރު މަޖިލީހުން ބޭރުކޮށް ރިޔާސީ ބަޔާން އިއްވުމަށް ގާނޫނު ތަން ނުދޭކަމަށް ސަލީމު ވިދާޅުވި އެވެ. އެތައް ފަހަރެއްގެ މަތިން ރިޔާސީ ބަޔާން އަޑުއެހުމުގެ ފުރުސަތު ދީ، މަޖިލީހުގައި ބައިވެރިވުމަށް އެދުނު ނަމަވެސް އެ މަގު ފަހިކޮށްދެއްވާފައި ނުވާކަން ސަލީމުު ފާހަގަކުރެއްވި އެވެ. 

އޭގެ އިތުރުން ސަލީމު ވިދާޅުވީ މިއަދު މަޖިލީހުގައި ރިޔާސީ ބަޔާން އިއްވެވީ ރައީސުލްޖުމްހޫރިއްޔާކަމަށް ގަބޫލުފުޅު ނުކުރައްވާކަމަށެވެ.

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ދެ ބޭފުޅަކު ކުރައްވައިގެން ތިއްބެވިއިރު، އެކަމަކީ ގާނޫނީ ގޮތުން ފުށޫ އަރާކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާރު ހަގީގަތުގައި ރައީސް އަކީ އެންމެފަހުން ރައީސް ކަމުގެ ހުވާކުރެއްވި ފައިސަލް ނަސީމުކަމަށް އޭނާ ވިދާޅުވިއެވެ. 

އެކަން ފާހަގަކުރައްވާ ސަލީމު ވިދާޅުވީ މައިނޯރިޓީ ލީޑަރު ޖަވާބުދެއްވަން ޖެހެނީ ރައީސުލްޖުމްހޫރިއްޔާ އިއްވަވާ ރިޔާސީ ބަޔާނަށްކަމަށެވެ. އެ ނޫން ބޭފުޅަކު އިއްވަވާ ބަޔާނަކަށް ޖަވާބުދާރީ ނުވާނެކަމަށް އޭނާ ވިދާޅުވި އެވެ. 

"އަޅުގަނޑު މިއައީ ދޭ ހުރިހާ ބަޔާނަކަށް ޖަވާބުދެމުން.. އެހެން ނަމަވެސް މިއަދު އެ އިއްވެވީ ރައީސްކަމަށް ގަބޫލު ނުކުރަނީ. އެހެންވީމަ އެ ނުކުރާ ހާލަތު އަޅުގަނޑަކަށް ނުދެނޭ ޖަވާބުދޭން ޖެހޭ ތަނެއް، ގާނޫނީ ގޮތުން ކުރަން ޖެހޭކަމެއް އަޅުގަނޑުމެން ކުރާނަން.. އެހެން ނަމަވެސް މިފަހަރު މި ބަޔާނަށް ޖަވާބުދާރީ ވާކަށް ނުޖެހޭނެ"

މައިނޯރިޓީ ލީޑަރު އަހުމަދު ސަލީމު 

ސަލީމު ވިދާޅުވީ މައިނޯރިޓީއިން މީގެ ކުރިން ވާނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ބޭފުޅާ އިއްވެވި ރިޔާސީ ބަޔާންތަކަށް ވަރަށް ފުރިހަމައަށް ރައްދުދީ ޖަވާބުދާރީ ވެފައިކަމަށެވެ. 

މީގެ ކުރިން އެމްޑީޕީ މަޖިލީހުގެ މައިނޯރިޓީގެ ގޮތުގައި އޮތްއިރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ޒައާމަތުގައި އިއްވެވި އެއްވެސް ރިޔާސީ ބަޔާނަކަށް ޖަވާބުދާރީ ވެފައި ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ. 

އެކަން ފާހަގަކުރައްވާ ސަލީމު ވިދާޅުވީ އިދިކޮޅުން ރިޔާސީ ބަޔާނަށް ޖަވާބު ނުދޭން ނިންމެވީ މިއަދު އިއްވެވި ރިޔާސީ ބަޔާނަކީ ގާނޫނާއި ގަވައިދާއި ޚިލާފަށް އިއްވެވި ބަޔާނަކަށް ވުމުން ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.