ހެލްމެޓް އަޅައިގެން އިން މީހަކު ސައިކަލު ދުއްވާފައި ދަނީ. --ފޮޓޯ: މިހާރު
ހަބަރު
26 Feb 2023 | 11:24
ހެލްމެޓް އަޅަން ނުޖެހޭއިރު އަޅައިގެން އުޅޭނަމަ ހުއްޓުވައި، ފާސްކުރާނަން: ފުލުހުން

ހެލްމެޓް އަޅަން ނުޖެހޭ ތަންތަނުގައި ހެލްމެޓް އަޅައިގެން އުޅޭނަމަ ހުއްޓުވައި، ފާސްކުރާނެކަމުގެ އިންޒާރު ފުލުހުން ދީފިއެވެ.

ފަހަކަށް އައިސް މާލޭގައި ހިންގާ ގްރޫޕް މާރާމާރީތަކުގައި ބައިވެރިވާ މީހުން ހެލްމެޓް އަޅައި، މޫނު އެއްކޮށް ނިވާކޮށްގެން ތިބޭ މައްސަލަތައް ވަނީ އިތުރުވެފައެވެ. 

އަދި ދާދިފަހުން، ހެލްމެޓް އަޅައިގެން ހުޅުމާލޭގައި ހުން ކެފޭ އަކަށް ވަދެ އެތަން ހަލާކުކޮށް ސުންނާފަތި ކޮށްލި މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ.

އެފަދައިން ހެލްމެޓް އެޅުމުގެ ސަބަބުން ކުށް ކުރާ މީހުން ހޯދަން ފުލުހުންނަށް ދަތިވެ، މާރާމާރީތަކާއި ކުށް ތައް ހުއްޓުވުން ފުލުހުންނަށް ވަނީ ދަތިވެފައެވެ. 

އެކަމާއި ގުޅިގެން، ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ހެލްމެޓް އެޅުން ގާނޫނު ތަކުން ލާޒިމްކުރާ ސަރަހައްދުތައް ފިޔަވައި އެހެނިހެން ސަރަހައްދުތަކުގައި ކުށްކުރުމުގެ ނިޔަތުގައި ހެލްމެޓް އަޅައިގެން އުޅޭކަން އެ އިދާރާއަށް ފާހަގަކުރެވިފައިވާ ކަމަށެވެ. 

އެހެންކަމުން، ހެލްމެޓް އެޅުން ލާޒިމް ކުރާ ސަރަހައްދުތައް ފިޔަވައި އެހެން ސަރަހައްދު ތަކުގައި ހެލްމެޓް އަޅައިގެން އެއްގަމު އުޅަނދު ދުއްވާ މީހުންނާއިމެދު ފުލުހުން ފާރަވެރިވެ، ތުހުމަތު ކުރެވޭ މީހުން ހުއްޓުވައި، ބަލައި ފާސްކުރަމުން ގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ. 

އަދި އެއީ އެންމެހައި ރައްޔިތުންގެ ރައްކާތެރިކަމާއި އަމާންކަމަށްޓަކައި އަޅާ ފިޔަވަޅެއް ކަމުގައިވެސް ފުލުހުން ބުނެފައި ވެއެވެ. 

ކޮމެންޓް
ހެލްމެޓް
ހެލްމެޓް އަޅަން ނުޖެހޭނީ ސައިކަލު ނުދުއްވާއިރު އެކަނި😜
26 Feb 2023
ގުޅޭ ލިޔުންތައް
12 Oct 2026
ބޭންކަށް ލޯނު ފައިސާ ދައްކަން ކޯޓުން ވަލީދާއަށް ޙުކުމްކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ "ލުއި އެކްސްޕްރެސް" ލޯނެއްގެ ފައިސާ އާއި ކްރެޑިޓް ކާޑަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ދައްކާފައި ނުވާތީ އެފައިސާ ބޭންކަށް ދެއްކުމަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު އަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ. މި ޙުކުމް ކުރީ މިމަހު 11 ވަނަ ދުވަހުއެވެ.
12 Oct 2026
ލިވަޕޫލް އަތުން މެންޗެސްޓަރ ސިޓީ މޮޅުވެ، ތާވަލްގެ އެއްވަނައަށް
މި މޮޅާއެކު މެންޗެސްޓަރ ސިޓީ އޮތީ ލީގުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ޖުމްލަ 15 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. މިއީ މި ސީޒަނުގައި ލިވަޕޫލް ބަލިވި ފުރަތަމަ މެޗެވެ. އެ ޓީމު މިހާރު އޮތީ ހަ ޕޮއިންޓާއެކު ތާވަލުގެ ފަހަތުގައެވެ.
12 Oct 2026
ނަފްސާނީ މުހިންމު ބޭހެއް ރާއްޖޭއިން ހުސްވެފައި؛ ސްޓޭޓްފާމާގެ ޖަވާބެއް ނެތް
މި ބޭހުގެ ސްޓޮކް 10/26 ގައި މުއްދަތު ހަމަވާނެ ކަމަށް މައުލޫމާތު ލިބިފައިވާއިރު، އައު ސްޓޮކެއް އަންނާނެ ތާރީޚަކާ ގުޅޭގޮތުން ސްޓޭޓްފާމާގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރުއާ، މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ވޮއިސްއިން ތަކުރާރުކޮށް ސުވާލު ކުރުމުންވެސް، މިހާތަނަށް ޖަވާބެއް ލިބިފައެއް ނުވެއެވެ.
12 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި މަރުވި މީހުންގެ ދިޔަ މުފްތީއެއް
ސަޢޫދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން ފާއިތުވި ހޮނިހިރު ދުވަހު ދިން މިސައިލް ހަމަލާއެއްގައި، އުމްރާގެ އަޅުކަން އަދާކުރުމަށް ދަތުރުކުރަމުން ދިޔަ ބަންގްލަދޭޝްގެ މުފްތީއެއް ކަމަށްވާ ނަޞްރުالله އަލް-ބަދުރް މަރުވެއްޖެއެވެ. އޭނާ މަރުވިއިރު ހުރީ އިއުރާމް ހެދުމުގައެވެ.
12 Oct 2026
ޓީސީއަތުން މޮޅުވެ، އީގަލްސް ތާވަލްގެ އެންމެކުރިއަށް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް ޓީސީގެ މައްޗަށް އެޓީމް ކުރިހޯދީ 3-0 ގެ ނަތީޖާއިންނެވެ. އީގަލްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ ހަމަލާތައް އުފައްދަފައިވަނީވެސް އެޓީމުންނެވެ.
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.