30 Jan 2019 | 08:09
އިސްލާމްދީނަށް ބަދަލުވި 8 ކަނބަލުންގެ ވާހަކަ!

އިސްލާމް ދީނަށް އަލަށް ބަދަލުވާ ފަރާތްތަކުގެ ވާހަކަށް އަޑުއެހުމަކީ ގިނަ މުސްލިމުން ލޯބިކުރާ އާދައެކެވެ. އީމާންކަން ވަރުގަދަވުމުގެ އިތުރުން، ގިނަ ބަޔަކު ދެކޭގޮތުގައި މިކަހަލަ ވާހަކަތަށް މިއީ ވަރަށް ޢިބުރަތްތެރި ވާހަކަތަކެކެވެ.

ސައުދީ އަރަބިޔާއަކީ އިސްލާމް ދީނަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ޙާއްސަ ތަފާތު ޢިލްމީ މަރުކަޒުތަކެއް ހިންގާ ޤައުމެކެވެ. ކުރިޔަށް މިއޮތީ ޖިއްދާގައި ހުންނަ މިފަދަ އެއް މަރުކަޒު ކަމަށްވާ "ސެއޮހަރްވި އެކެޑެމީ" އިން އިސްލާމްދީނާއި މެދު ޢިލްމު ހާސިލްކުރި 8 އަންހެން ކަނބަލުންގެ ވާހަކައެވެ.

އިސްލާމް ދީނަށް އަލަށް ބަދަލުވި ޑެންޓިސްޓެއް ކަމަށްވާ އީމާން ބުނާ ގޮތުގައި، އޭނާ އިސްލާމްދީނާއި ދިމާލަށް ކުރި ދިގު ދަތުރުވީ ދީނީ އަދި އިޖްތިމާއީ އެތައް އުނދަގޫތަކަކުން ފުރިގެންދިޔަ ދަތުރަކަށެވެ. އެކަމަކު އޭނާ ބުނާ ގޮތުގައި، ދިރިއުޅުމަށް ކުރިމަތިވި އަނދިރިގަނޑުން އޭނާއަށް އަރަިގަތުމަށް ލިބުނު އެންމެ ބޮޑު ހިތްވަރަކީ އިސްލާމް ދީނެވެ. އަދި އިސްލާމް ދީނުގެ އަލިކަމުުގެ އެހީގައި މިހާރު އޭނާ ވަނީ އޭނާގެ ނަފްސުގައި އުފެދުނު އަނދިރިކަމުން އަރައިގެންފަކަންވެސް ހާމަކޮށްފައިވެއެވެ.

ބަތޫލް އަކީ އިސްލާމްދީނަށް ބަދަލުވި ކްރިސްޓިއަނެކެވެ. ކްރިސްޓިއަން ދީނަށް އޭނާ ލޯބިކުރާވަރުން ވަނީ ޒަމާނެއްގައި ޗާޗެއް ބިނާކުރުމުގެ މަސައްކަތުގައިވެސް ބައިވެރިވެފައެވެ. ބަތޫލް ބުނާ ގޮތުގައި އޭނާ އޭރު އަބަދުވެސް މަސައްކަތްކުރީ، މަދުވާހެން ހީވާ ނަފްސުގެ އަމާންކަމެއް ހޯދުމަށެވެ.

ޢައިޝާ ބުނާ ގޮތުގައު އޭނާގެ ހިތް އިސްލާމް ދީނާއި ގާތްކޮށްދޭ އެންމެ ރަނގަޅު ވަސީލަތަކީ ކީރިތި ޤުރުޢާން ކިޔެވުމެވެ. އޭނާ ދެކޭ ގޮތުގައި މިއީ މުސްލިމަކަށް ތަޖުރިބާ ކުރެވޭނެ އެންމެ ރީތި އެއް އަޅުކަމެވެ. ޢައިޝާއަށް ޤުރުޢާން ކިޔަވަން ޚަތިމު ހުޅުވާލެވޭ ކޮންމެ ފަހަރަކު ޖާދުއީ އިހުސާސެއް ކުރެވޭކަމަށް އޭނާ ވަނީ ބުނެފައެވެ. އޭނާ ސިފަކޮށްދޭގޮތުގައި، އަލަށް އޭނާއަށް ސޫރަތުލް ފާތިޙާ ކިޔަވަން ލިބުނު ދުވަހު އޭނާގެ ހިތްވެސް ދިޔައީ އަވަސްވެގެންނެވެ. ޢައިޝާ އޭނާގެ މުޅި ޙަޔާތް ވަކިކުރަނީ ތަފާތު ދެ ދުވަސްތަކެއްގެ މައްޗަށެވެ. އެއީ އިސްލާމް ދީނަށް ވަނުމުގެ ކުރިން އޭނާ ހޭދަކުރި ދުވަސްތަކާއި، އިސްލާމް ދީނަށް ވަނުމުގެ ފަހުން އޭނާއަށް ތަޖުރިބާކުރަން ލިބުނު ދުވަސްތަކެވެ. ޢައިޝާއަށް އޭނާ އިސްލާމްދީނުން ބޭރުގައި ހޭދަކުރި ދުވަސްތައް ވެގެންދިޔައީ ހިތްހަމަޖެހުން ކުޑަ، ވާނުވާ ދުވަސްތަކަކަށެވެ. އަދި އިސްލާމް ދީނުގެ ހިދާޔަތަށްފަހު ޢައިޝާ ސިފަކުރާގޮތުގައި އޭނާގެ ދިރިއުޅުމަކީ ހިތްހަމަޖެހުމުން ފުރިގެންވާ ދިރިއުޅުމެކެވެ. އަދި އޭނާ ތަޖުރިބާކުރަންޖެހޭ ހާސްވުންތަކަކީ ވަގުތީ ކަންތައްތަކެއްކަންވެސް އޭނާއަށް މިހާރު ވިސްނެއެވެ.

އަލީނާއަކީ 2001 ވަނަ އަހަރު ކެތޮލިކް ކްރިސްޓިއަނުންގެ ދީނުގެ މައްޗަށް އިސްލާމް ދީން ޚިޔާރުކުރި އަންހެނެކެވެ. އޭނާ އިސްލާމް ދީނަށް ތަޢާރަފްކޮށްދިނީ އޭނައާއިއެކު މަސައްކަތްކުރި އެކުވެރިންނެވެ. އަލީނާ ބުނާގޮތިގައި އޭނާގެ ރަހުމަތްތެރިން އޭނާއަށް ހަދިޔާ ކުރި ކީރިތި ޤުރުޢާނުގެ އިނގިރޭސި ތަރުޖަމާ ވެގެންދިޔައީ އޭނާއަށް ތެދުމަގު ފެންނަން މެދުވެރިވި އެންމެ މުހިންމު އެއް ވަސީލަތަށެވެ. އަދި މާތް ﷲގެ އެއްކައުވަންތަކަން އިހުސާސްކުރެވުން އެއީ އޭނާގެ މުޅި ޙަޔާތުގަވެސް ދިމާވި އެންމެ ރަނގަޅު ކަންތަށް ކަމަށް އަލީނާ ވަނީ ސިފަކޮށްފައެވެ. އަލީނާ އަދިވެސް ދެރަވަނީ އޭނާ އިސްލާމް ދީން ޤަބޫލުކުރަން އެހާ ގިނަ ދުވަސް ހޭދަވެގެންދިޔުމުންނެވެ.

ކުރީގައި ލިންޑާ، މިހާރު ފާތިމާ ޖޮއީ ވެސް ވަނީ އޭނާ އިސްލާމް ދީނަށް ބަދަލުވާން މެދުވެރިވި ދިގު ވާހަކަ ހިއްސާކޮށްފައެވެ. އޭނާ ބުނި ގޮތުގައި އިސްލާމް ދީނާއި ދިމާލަށް އޭނާ ކުރި ދަތުރަކީ މާމެލާމެލީގެ ދޫލައަކާއި ދިމާލަށް އޭނާ ކުރި ދަތުރެއް ނޫނެވެ. އަދި އޭނާއަށް ދިމާވި ހުރިހާ ގޮންޖެހުންތަކެއްގެ މައްޗަށް އަރައިގަނެވުނީ މާތް ﷲގެ ކުޅަދުންވަންތަކަމުން އެކަނިކަންވެސް އޭނާ ފާހަގަކޮށްފައިވެއެވެ. ދުނިޔެވީ ކަންތައްތަކަށް ގޮސް ހުސްވާން ފާތިމާއަށް ގިނަ ފުރުސަތުތަކެއް ލިބިފައިވާއިރު، އޭނާއަށް ހުރިހާ ދަނޑިވަޅެއްގައިވެސް މަދަދުވެރިވީ މާތް ﷲ އެވެ. އުމުރުން 4 އަހަރުގައި ސައުދީ އަރަބިއްޔާއަށް ދިރިއުޅުން ބަދަލުކުރން ޖެހުނު ފާތުމާއަށް މުސްލިމުންގެ ކިބައިން އެންމެ ކުރިން ލިބިގަންނަން ޖެހުނީ ވަރަށް ހިތި ތަޖުރިބާތަކެކެވެ. އެހެންނަމަވެސް މިހާރު ޚުދު އޭނާވެސް ހުރީ އިސްލާމް ދީނުގެ ހިދާޔަތުގެ ދަށުގައެވެ.

އުމްމު ޚުދައިފާއަކީ މީގެ ކުރިން ކަލަކު ވޮޑިގެންވާކަންވެސް ޤަބޫލުކުރި މީހެއް ނޫނެވެ. މީގެ ކުރިން ސްކާލެޓް ޖޭން ކޮންޑޮން ނަމަކަށް ކިޔާ މި އަންހެންމީހާ އުފަންވީ ކްރިސްޓިއަން އާއިލާއަކަށްވިޔަސް، އޭނާއަކީ ކަލަކު ވޮޑިގެންވާކަމަށް ޤަބޫލުނުކުރާ ޙާލު ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާ މީހެކެވެ.

ނުތަނަވަސްކަމެއް އިހުސާސްކުރެވިގެން އެހެން ދީންތަކާއި މެދު މަޢުލޫމާތު އެއްކުރަން ފެށި އުމްމު ޚުދައިފާ އެންމެ ކުރިން ޝައުޤުވެރިވީ ހިންދޫއިންގެ ދީނަށާއި ބުދިޒަމްއާއި މެދުއެވެ. އިސްލާމް އާއި މެދު ތަންކޮޅެއް ފަހުން ހޭލުންތެރިވި އުމްމު ޚުދައިފާ އިސްލާމީ އުސޫލުތަކަށް ވަރަށް ލޯބިކުރެއެވެ. އޭނާ ދެކޭ ގޮތުގައި، އިސްލާމް ދީނަކީ އޭނާ މިހާތަނަށް ކިޔެވި އެންމެ ހަމަޖެހޭ ދީނެވެ. އަދި މިހާރު އުމްމު ޚުދައިފާ އޭނާގެ ދުވަސްތަށް ހޭދަކުރަނީ ދުނިޔޭގައި މުސްލިމުން ދިރިއުޅޭ ތަފާތު ހިސާބުތަކަށް ދަތުރުކޮށް، އިސްލާމް ދީނާއި މުސްލިމުންނާއި ބެހޭ އިތުރު ކަންތައްތައް ދަސްކުރުމުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.