މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސަޢީދު-- ފޮޓޯ/ މަޖިލިސް
ހަބަރު
29 Mar 2023 | 12:53
ނައިފަރުގެ ފެނާއި ނަރުދަމާގެ މައްސަލަ ތަކުގެ ވާހަކަ އަހާފައި ރައީސް ޞާލިހް ކީރިތި ކުރައްވާނެ: ސައީދު

ޅ. ނައިފަރުގައި ގާއިމް ކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމުގައި ހުރި މައްސަލަތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަމާލުކަމަށް އަތުވެއްޖެ ނަމަ ހަމަ ޔަގީނުންވެސް އެމަނިކުފާނު ކީރިތި ކުރައްވާނެ ކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. 

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ނައިފަރުގައި ގާއިމް ކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމުގައި ހުރި މައްސަލަތައް ހައްލު ކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ހުށަހަޅާފައިވާ ގަރާރުގެ ބަހުސް ކުރިއަށް ގެންގޮސްފައެވެ. 

އެ ގަރާރަށް ބަހުސް ކުރައްވަމުން ސަޢީދު ވިދާޅުވީ، ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ވެރިކަމުގައި 20 ރަށުގެ ނަރުދަމާގެ މަސައްކަތަށް 720 މިލިއަން ކަނޑައަޅާފައި ވުމުން އެ އަދަދު ބޮޑުވެ އެމްޑީޕީގެ މެންބަރުން އެކަމަށް ފާޑުވިދާޅުވެ އެކަން ކުށްވެރިކޮށް އެ އަދަދު މި ސަރުކާރުން މުރާޖަޢާ ކޮށްފައިވާ ކަމަށެވެ.

އެގޮތުން މުރާޖަޢާ ކުރުމަށްފަހު އެ އަދަދު 1.3 ބިލިއަން ރުފިޔާ އަށް އެ އަދަދު އިތުރު ކުރިކަން ސަޢީދު ފާހަގަކުރެއްވިއެވެ. 

1.3 ބިލިއަން ރުފިޔާއަށް ނިންމާލިއިރު.. އަޅުގަމޑުމެންނަށް މި އަޑު އިވެނީ ހުރިހާ ރަށެއްގެ ނަރުދަމާތައް ނިންމާލައިފީމޭ. ފެން ވެސް އަޅައި ނިންމައިފިއޭ. އެހެން ނަމަވެސް ދޭތެރޭ ދޭތެރެއިން ގަރާރެއް. ދޭތެރެ ދޭތެރެއިން ސިޓީއެއް، ކަންބޮޑުވުމެއް، ޕެޓިޝަނެއް މި ހުށަހަޅަނީ ތިމަންނަމެން މިރަށަށް އަޅަން އުޅޭ ނަރުދަމާގެ މަސައްކަތް އެމްޕީއެއް ނުވަތަ އެމްޕީއެއް ހިމެނޭ ކުންފުންޏަކަާ ހަވާލުކުރީމޭ... (އެކަމަކު) ކުރިއަށް ނުދާ ވާހަކަ. ހުސް ކޮރަޕްޝަން. 

މެންބަރު މުހައްމަދު ސަޢީދު

މިއާއެކު ސައީދު ވިދާޅުވީ ނައިފަރުގެ ފެނުގެ ނިޒާމާއި ނަރުދަމާގެ ނިޒާމުގައި ހުރި ކަމަށް ގަރާރުގައި ފާހަގަކޮށްފައިވާ މައްސަލަތައް ހާމަކޮށްދެއްވާފައެވެ. އެގޮތުން، ފެނުގައި ވަސް ހުރުމާއި، ދަބަރު ކުލަ ހުރުމާއި، ފެން ލީކުވުމާއި، އާރޯ ޕްލާންޓް ގައިވެސް މައްސަލަ ހުރުމާ، ފެން ދޫކުރާ ޕަންޕުގައިވެސް މައްސަލަތައް ހުރުމުގެ އިތުރުން ވެސް ގިނަ ކަންކަން އޭނާ ފާހަގަ ކުރެއްވި އެވެ. 

ސައީދު ވާހަކަ ކުރިއަށް ގެންދެވި އިރު ސަރުކާރަށް ތާއީދު ކުރައްވާ އެކި މެންބަރުން ވަނީ ތަކުރާރުކޮށް ނިޒާމީ ނުކުތާ ނަންގަވައި، ސައީދުގެ ވާހަކަ ހުއްޓުވައި ނައިފަރުގެ ފެނުގެ ނިޒާމާއި ނަރުދަމާގެ ނިޒާމުގެ މައްސަލަ ތަކަކީ ރައީސް ޔާމީންގެ ސަރުކާރުން މަސައްކަތް ކުރި އިރު "ފީކަޅާ" ކޮށް ކޮށްފައި ހުރުމުން ދިމާވާ މައްސަލަ ތައް ކަން ފާހަގަކުރައްވައި އެ ސަރުކާރަށް ފާޑުވިދާޅުވެފައެވެ. 

އެ މެންބަރުންގެ ވާހަކަތަކަށް ރައްދު ދެއްވަމުން ސައީދު ވަނީ އެ މައްސަލަ އަކީ 6000 އަށްވުރެ ގިނަ ރައްޔިތުންނާއި ގުޅިފައި ހުރި މައްސަލައެއް ކަމަށާ، އެހެން ނަމަވެސް ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުން އަންނަނީ އެކަމަށްވެސް ފާޑުވިދާޅުވެ ހަޖޫ ޖައްސަވަމުން ކަމަށެވެ. އެހެންނަމަވެސް، އެ މެންބަރުންވެސް އެފަދައިން ކަންކުރުމުގެ ބަދަލުގައި އެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުން މާ މުހިންމު ކަމަށް ސައީދު ވިދާޅުވި އެވެ. 

"ނިންމާލަމުންވެސް އަޅުގަމޑުމެންގެ ވާދަވެރި ބައެއް މެންބަރުންނަށް ދަންނަވާލަންލ، ތިބޭފުޅުން ތިހާ ފޯރި ހުންނާނެތޯ ތިލަމާލޭ ބްރިޖުގެ ވާހަކަ އަޅުގަނޑުމެން ގަރާރެއް ގޮތަށް ހުށަހަޅާލީމާ. ފެނުން ވޭލެއް ހެން މައްޗަށް ތިލަވާވާހަކަ އަޅުގަމޑުމެން އޮތީދެން ހުށަހަޅަން.." 

"އަޅުގަނޑު އެދެން ހުރިހާ މެންބަރުންނަށް. ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް މި މައްސަލަ ގެންނަވަން. ހަމަ ޔަގީނުންވެސް އެމަނިކުފާނު ކީރިތި ކުރައްވާނެ. މީގައި މިހިރަ ހުރިހާ މައްސަލައެއް އެޑްރެސް ކޮށް އެނގިލައްވާނަމަ. ނުވަތަ، މި މައްސަލަ ހައްލުކުރުމަށް ޓީމެއް ފޮނުއްވާނެ." 

މެންބަރު މުހައްމަދު ސަޢީދު

އެހެންކަމުން ކަމުން ސައީދު ވަނީ ނައިފަރުގެ އެ މައްސަލަތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަމާލު ކަމަށް ގެނެސް ދިނުމަށް ތަކުރާކޮށް މެންބަރުންގެ ކިބައިން އެދިލައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި
ޔޫކްރެއިންގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ ދެކޭ ގޮތުގައި މި ޑީލުގެ ސަބަބުން ރަޝިޔާއަށް އިތުރަށް މީހުން މެރުމާއި ދިގު މުއްދަތަކަށް ހަނގުރާމަ ކުރިއަށް ގެންދިޔުމަށް ފުރުސަތު ހުޅުވޭނެއެވެ.
10 Oct 2026
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި
އެ ޕާޓީން ކަނޑައަޅާފައިވާ ގޮތުގައި، މި އިންތިހާބުގައި ބައިވެރިވެވޭނީ މި އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް ޕާޓީގެ މެންބަރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.
10 Oct 2026
ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން އަހަރުގެ މިހާތަނަށް 336 މިލިއަން ޑޮލަރު ހޭދަކޮށްފި
ބީއެމްއެލުން ބުނި ގޮތުގައި މިއަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި އެކި ބޭނުންތަކަށް ކަސްޓަމަރުންނަށް ޖުމްލަ 722 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ. މިއީ އެވްރެޖުކޮށް މަހެއްގެ މައްޗަށް ބަލާއިރު 80 މިލިއަން ޑޮލަރެވެ.
10 Oct 2026
ދިއްލީއަށް މުޒާހަރާކުރަން ދިޔަ ސީޖޭޕީގެ ލީޑަރު, ފްލައިޓުން ނުފޭބެނީސް ހައްޔަރުކޮށްފި
ދިއްލީ ފުލުހުން ބުނާ ގޮތުގައި، މިފަދަ މުޒާހަރާއެއް ބޭއްވުމުގެ 10 ދުވަސް ކުރިން އެ އިދާރާއަށް އަންގަން ޖެހޭނެއެވެ. ނަމަވެސް، ސީޖޭޕީން މި މުޒާހަރާ ބާއްވާ ކަމަށް މުޒާހަރާ ފެށުމުގެ އެންމެ 3 ދުވަސް ކުރިން ފުލުހުން ގާތުގަ ބުނުމުގެ ސަބަބުން، ފުލުހުންނަށް މި ހަރަކާތައް ތައްޔާރުވުމަށް ފުރުސަތު ލިބިފައިނުވާ ކަމަށް ދިއްލީ ފުލުހުން ފާހަގަކޮށްފައިވެއެވެ
10 Oct 2026
ހައްޖު ކޯޕަރޭޝަނުން އަންނަ ރޯދަ މަހު އައްޑޫއިން ޖިއްދާއަށް ސީދާ ދަތުރުތައް ފަށަނީ
ހައްޖު ކޯޕަރޭޝަނުން ބުނީ، މި ނިންމުމުގެ ބޭނުމަކީ، އައްޑޫ ސިޓީއާއި ދެކުނުގެ އެހެން އަތޮޅުތަކުގެ ރައްޔިތުން މާލެ ނައިސް އުމްރާގެ އަޅުކަމަށް ފުރޭނެ ފަސޭހަ މަގެއް ހޯދައިދިނުން ކަމަށެވެ. ގަމުން ޖިއްދާއަށް ފުރާ ފްލައިޓް ޝެޑިއުލް ކޮށްފައި އޮތީ ފެބްރުއަރީ 20 ވަނަ ދުވަހަށެވެ
10 Oct 2026
ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ދަނީ ކުރިއަށް
ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ރައްޔިތުންގެ ބޭނުންތަކާ އެއްގޮތަށް، ނަފްސާނީ ބަލިތަކުގެ ތަޖުރިބާ ހުރި ފަރާތްތަކުގެ ބަހާއި އިރުޝާދުގެ އަލީގައި، ހަމަހަމަކަމާއި އޯގާތެރިކަމާއެކު ފަސޭހައިން ޚިދުމަތް ލިބޭނެ ނަފްސާނީ ޞިއްޙަތުގެ ނިޒާމެއް ބިނާކުރުމުގެ މުހިންމު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ
10 Oct 2026
އައު އުސޫލުތަކާއެކު، ބޭރުގެ ފަރާތްތަކަށް ބައެއް ވިޔަފާރިތައް ކުރުން މަނާވެއްޖެ
މި ވިޔަފާރިތައް ކުރަމުން އައި ފަރާތްތަކަށް އުސޫލްގެ ތެރެއިން ކަންކަން ފުރިހަމަކުރުމަށް ދިން މުއްދަތު މިދިޔަ ބްރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ
10 Oct 2026
ޕާކިސްތާނުގައި 1,200 އަށްވުރެ ގިނަ ހަމަލާ؛ ސަލާމަތީ ނުރައްކާ ބޮޑުވަނީ
ރިޕޯޓުގައިވާ ގޮތުން، ނިމިދިޔަ ސެޕްޓެމްބަރު މަހަކީ ފާއިތުވި 12 އަހަރުގެ ތެރޭގައި އެންމެ ގިނައިން ހަމަލާތައް ދިން މަހެވެ. އެގޮތުން އެ މަހު އެކަނިވެސް 225 ހަމަލާއެއް ދީފައިވާއިރު، އެ ހަމަލާތަކުގައި 545 މީހުން ވަނީ މަރުވެފައެވެ. މީގެ ތެރެއިން އެންމެ ގިނައިން މަރުވެފައިވަނީ ފުލުހުންނާއި ސިފައިންނެވެ