ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ-- ފޮޓޯ/ މަޖިލިސް
ހަބަރު
05 Apr 2023 | 16:28
މަސްތުވާތަކެތި އެތެރެކުރާ ގިނަ ބިދޭސީންގެ ބޮޑެތި ބަލިތައް ހުރޭ: މާރިޔާ

މަސްތުވާތަކެތި އެތެރެކުރާ ގިނަ ބިދޭސީންގެ ބޮޑެތި ބަލިތައް ހުންނަ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވިދާޅުވެއްއެވެ.

މާރިޔާ މިހެން ވިދާޅުވީ، ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރާ ބިދޭސީން ހައްޔަރުނުކޮށް އަނބުރާ ޤައުމަށް ފޮނުވައިލާ ގޮތަށް އެކުލަވައިލި ޤަވާޢިދާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) މިއަދު މަޖިލީހުގެ ތަޅުމުގައި ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މާރިޔާ ވިދާޅުވީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބިދޭސީންގެ ތެރެއިން ވަރަށް ގިނަ މީހުންނަކީ ބޮޑެތި ބަލިތައް ތަހައްމަލުކުރާ މީހުން ކަމަށެވެ. އަދި އެމީހުން ހައްޔަރުކޮށް ޖަލުގައި ބައިތިއްބަންޖެހެނީ ދައުލަތުން ވަރަށް ބޮޑު ޚަރަދެއްކޮށްގެން ކަމަށެވެ.

"ރާއްޖެއަށް މަސްތުވާތަކެތި ހިފައިގެން ގިނައިން އަންނަނީ ޓާމިނަލް އިލްނަސަސް ހުރި މީހުން. އެގޮތުން އެއިޑްސްއާއި ކިޑްނީގެ ބޮޑެތި ބަލިހުރި މީހުންނާއި އެކަހަލަ އެތައް ބައެއް މިވަގުތުވެސް އެބަތިބި ޖަލުގައި،" މާރިޔާ ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ ޤާނޫނަށް ގެނައި އިސްލާހެއްގެ ސަބަބުން، އެފަދަ މީހުންނާ ގުޅޭ ގޮތުން ކޯޓުން ވަކި ގޮތަކަށް ހުކުމްކުރުމުން އެމީހުން އަނބުރާ ފޮނުވައިލެވޭ ގޮތްވެސް އޮންނަ ކަމަށާއި ޖަލުގައި ގިނަ ދުވަސްތަކެއް ހޭދަ ކުރުމަށްފަހު ފޮނުވާލުމަށް މަސައްކަތް ކުރާއިރު އެތައް ދަތިތަކެއް ކުރިމަތިވާ ކަމަށ މާރިޔާ ފާހަގަ ކުރެއްވިއެވެ.

ކޮމެންޓް
އަލި
ރާއްޖެއަށް މަސްތުވާ އެއްޗެތި އެތެރެކުރާ ގިނަ މީހުންނަކީ ތިމަންނަމެންގެ އޯޑަރަށް ތަކެތި ގެންނަ މީހުނޭ މުނިއްޔާ މާ ތާހިރުވާނެ.
05 Apr 2023
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.