އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ-- ފޮޓޯ/ މަޖިލިސް
ހަބަރު
10 Apr 2023 | 13:03
މުޒާހަރާއެއް ކޮށްލާއިރަށް، އަޅުގަނޑުމެން އުސޫލުތަކަށް ބަދަލެއް ނުގެންނަން: ޑރ. ޢާއިޝަތު ޢަލީ

ސަރުކާރުން އުސޫލުތަކަށް ބަދަލު ގެންނަނީ ކަންކަން ބެލުމަށްފަހުގައިކަމަށާއި، މުޒާހަރާއެއް ކޮށްލާ އިރަށް ބަދަލު ނުގެންނަކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަރު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޢާއިޝަތު ޢަލީ މިފަދައިން ވިދާޅުވީ މިއަދުގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. 

"އަޅުގަނޑަށް ހަމަ ޔަޤީން އެޑިއުކޭޝަން ދާއިރާގައިވެސް ޕޮލިސީތަކެއް، ވަކި އުސޫލުތަކެއް ހުންނާނެ. އެހެން ނަމަވެސް މި ސަރުކާރުގައި އަޅުގަޑުމެންނަށް ވަރަށް ބޮޑަށް އެބަ ފާހަގަކުރެވޭ، ސްޓޭންޑް ބަދަލުކުރާނެ ވަރަށް އަވަހަށް. އެ އޮންނަ އުސޫލުތައް އެ ހަމަތައް، ފުދޭ ވަރަކަށް އަވަހަށް ބަޔަކު ނުކުމެ، މުޒާހަރާއެއް ކުރިއްޔާ، ނޫހެއްގައި ލިޔެލާއިރަށް ބަދަލު ކުރަމުންދޭ. އެޑިއުކޭޝަން ދާއިރާގައިވެސް އަޅުގަނޑަށް ފާހަގަކުރެވެމުންދޭ، އެޑިއުކޭޝަން ކަންކަމާއި ގުޅޭގޮތުން ބައެއް ޕޭރެންޓުން ނުކުމެ، ނޫނީ ސުކޫލުގެ ދަރިވަރުން ނުކުމެ އިހްތިޖާޖު ކޮށްލާއިރަށް އެހުންނަ ޕޮލިސީ ބަދަލުވާތަން އާދޭ. ކީއްވެގެންތޯ މި ޕޮލިސީ އެހާ އަވަހަށް މި ބަދަލުވަނީ" ޢާޒިމް ސުވާލު ކުރެއްވި އެވެ. 

ޢާޒިމްގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޢާއިޝަތު ޢަލީ ވިދާޅުވީ، އެޑިއުކޭޝަން މިނިސްޓްރީގެ ޕޮލިސީތަކަށް ބަދަލު ގެނައުމުގައި މަރުހަލާތަކެއް ހުންނަކަމަށެވެ.

ފުރަތަމަ، އުސޫލެއްގައި މައްސަލައެއް އުޅޭކަން އަޅުގަމޑުމެންނަށް އެ އުސޫލެއް ތަންފީޒް ކުރާ ހިސާބަކުން އައިއްސިކަމުގައި ވެއްޖެއްޔާ، އަޅުގަނޑުމެންގެ އޮންނާނެ ޓެކްނިކަލް ކޮމިޓީއެއް. ޓެކްނިކަލް ކޮމިޓީން ބަލާފައި، އުސޫލަކަށް ބަދަލެއް ގެންނަންޖެހޭ ހާލަތެއް އޮތްކަމުގައި ވެއްޖެއްޔާ އެ އުސޫލަށް ބަދަލު ގެންނާނެ. ދެން އަނެއްހެން މުޒާހަރާއެއްކޮށްލާއިރަށް، އަޅުގަނޑުމެން އުސޫލުތަކަށް ބަދަލެއް ނުގެންނަން.

މިނިސްޓަރު ވިދާޅުވީ މި ފަހުން އުސޫލުތަކަށް ބަދަލު އައީ ތަޢުލީމާއި ބެހޭ ގާނޫނަށް އައި ބަދަލުތަކާއި ގުޅިގެން ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި
ޔޫކްރެއިންގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ ދެކޭ ގޮތުގައި މި ޑީލުގެ ސަބަބުން ރަޝިޔާއަށް އިތުރަށް މީހުން މެރުމާއި ދިގު މުއްދަތަކަށް ހަނގުރާމަ ކުރިއަށް ގެންދިޔުމަށް ފުރުސަތު ހުޅުވޭނެއެވެ.
10 Oct 2026
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި
އެ ޕާޓީން ކަނޑައަޅާފައިވާ ގޮތުގައި، މި އިންތިހާބުގައި ބައިވެރިވެވޭނީ މި އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް ޕާޓީގެ މެންބަރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.
10 Oct 2026
ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން އަހަރުގެ މިހާތަނަށް 336 މިލިއަން ޑޮލަރު ހޭދަކޮށްފި
ބީއެމްއެލުން ބުނި ގޮތުގައި މިއަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި އެކި ބޭނުންތަކަށް ކަސްޓަމަރުންނަށް ޖުމްލަ 722 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ. މިއީ އެވްރެޖުކޮށް މަހެއްގެ މައްޗަށް ބަލާއިރު 80 މިލިއަން ޑޮލަރެވެ.
10 Oct 2026
ދިއްލީއަށް މުޒާހަރާކުރަން ދިޔަ ސީޖޭޕީގެ ލީޑަރު, ފްލައިޓުން ނުފޭބެނީސް ހައްޔަރުކޮށްފި
ދިއްލީ ފުލުހުން ބުނާ ގޮތުގައި، މިފަދަ މުޒާހަރާއެއް ބޭއްވުމުގެ 10 ދުވަސް ކުރިން އެ އިދާރާއަށް އަންގަން ޖެހޭނެއެވެ. ނަމަވެސް، ސީޖޭޕީން މި މުޒާހަރާ ބާއްވާ ކަމަށް މުޒާހަރާ ފެށުމުގެ އެންމެ 3 ދުވަސް ކުރިން ފުލުހުން ގާތުގަ ބުނުމުގެ ސަބަބުން، ފުލުހުންނަށް މި ހަރަކާތައް ތައްޔާރުވުމަށް ފުރުސަތު ލިބިފައިނުވާ ކަމަށް ދިއްލީ ފުލުހުން ފާހަގަކޮށްފައިވެއެވެ
10 Oct 2026
ހައްޖު ކޯޕަރޭޝަނުން އަންނަ ރޯދަ މަހު އައްޑޫއިން ޖިއްދާއަށް ސީދާ ދަތުރުތައް ފަށަނީ
ހައްޖު ކޯޕަރޭޝަނުން ބުނީ، މި ނިންމުމުގެ ބޭނުމަކީ، އައްޑޫ ސިޓީއާއި ދެކުނުގެ އެހެން އަތޮޅުތަކުގެ ރައްޔިތުން މާލެ ނައިސް އުމްރާގެ އަޅުކަމަށް ފުރޭނެ ފަސޭހަ މަގެއް ހޯދައިދިނުން ކަމަށެވެ. ގަމުން ޖިއްދާއަށް ފުރާ ފްލައިޓް ޝެޑިއުލް ކޮށްފައި އޮތީ ފެބްރުއަރީ 20 ވަނަ ދުވަހަށެވެ
10 Oct 2026
ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ދަނީ ކުރިއަށް
ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ރައްޔިތުންގެ ބޭނުންތަކާ އެއްގޮތަށް، ނަފްސާނީ ބަލިތަކުގެ ތަޖުރިބާ ހުރި ފަރާތްތަކުގެ ބަހާއި އިރުޝާދުގެ އަލީގައި، ހަމަހަމަކަމާއި އޯގާތެރިކަމާއެކު ފަސޭހައިން ޚިދުމަތް ލިބޭނެ ނަފްސާނީ ޞިއްޙަތުގެ ނިޒާމެއް ބިނާކުރުމުގެ މުހިންމު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ
10 Oct 2026
އައު އުސޫލުތަކާއެކު، ބޭރުގެ ފަރާތްތަކަށް ބައެއް ވިޔަފާރިތައް ކުރުން މަނާވެއްޖެ
މި ވިޔަފާރިތައް ކުރަމުން އައި ފަރާތްތަކަށް އުސޫލްގެ ތެރެއިން ކަންކަން ފުރިހަމަކުރުމަށް ދިން މުއްދަތު މިދިޔަ ބްރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ
10 Oct 2026
ޕާކިސްތާނުގައި 1,200 އަށްވުރެ ގިނަ ހަމަލާ؛ ސަލާމަތީ ނުރައްކާ ބޮޑުވަނީ
ރިޕޯޓުގައިވާ ގޮތުން، ނިމިދިޔަ ސެޕްޓެމްބަރު މަހަކީ ފާއިތުވި 12 އަހަރުގެ ތެރޭގައި އެންމެ ގިނައިން ހަމަލާތައް ދިން މަހެވެ. އެގޮތުން އެ މަހު އެކަނިވެސް 225 ހަމަލާއެއް ދީފައިވާއިރު، އެ ހަމަލާތަކުގައި 545 މީހުން ވަނީ މަރުވެފައެވެ. މީގެ ތެރެއިން އެންމެ ގިނައިން މަރުވެފައިވަނީ ފުލުހުންނާއި ސިފައިންނެވެ