އައްބާސް ޢާދިލް ރިޒާ--
ހަބަރު
23 May 2023 | 16:42
އަޅުގަނޑަކީ ދައުލަތުގެ އިދާރާއަކަށް ފިލައިގެން އުޅޭ މީހެއް ނޫން: އައްބާސް

ދައުލަތުގެ އެއްވެސް އިދާރާއަކަށް ފިއްލަވައިގެން ނޫޅުއްވާކަމަށް ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު އަދި އިންޑިއާ އެންބަސީގައި ހުޅުޖަހަން ހިތްވަރުދޭ ފަދަ މޭރުމަކުން މީސްމީޑިއާގައި ވާހަކަ ދެއްކި އައްބާސް އާދިލް ރިޒާ ވިދާޅުވެއްޖެއެވެ.

ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން، ކޯޓަށް ހާޒިރު ކުރަން ބޭނުންވެ ހާޒިރު ކުރެވިފައިނުވާ ކަމަށްބުނެ، ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އައްބާސް އާދިލް ރިޒާ ހޯދުމަށް ފުލުހުން މިއަދު ވަނީ އިއުލާން ކޮށްފައެވެ.

އެކަމާއ  ގުޅިގެން އޭނާ ނެރުނު ބަޔާނެއްގައި ވިދާޅުވީ، 25 ޑިސެމްބަރު 2022 ވަނަ ދުވަހު ޗެނަލް 13ގެ ހެނދުނުގެ ޕްރޮގްރާމެއް ނިންމާފައި ނުކުތް ތަނާ ފުލުހުން އޭނާ ހައްޔަރުކޮށްގެން ގެންގޮސް ލާ އިންސާނީ އަނިޔާ ކޮށްފައިވާކަމަށެވެ. އަދި އެ މައްސަލަތައް އޭނާގެ ފަރާތުން ހިއުމަންރައިޓްސް ކޮމިޝަނަށް ހުށަހަޅާފައިވާކަމަށާއި ގާނޫނުގައިވާ ގޮތުގެ މަތިން 30 ދުވަހުގެ ތެރޭގައި އެ ކޮމިޝަނުން ތަހްގީގުކޮށް ރިޕޯޓެއް ދޭން އޮތްނަމަވެސް ނަމަވެސް މިއަދާ ހަމައަށް ވެސް އޭނާގެ އެ ހައްގު ނިގުޅައިގަނެވިފައިވާކަމަށް އެ ބުނެފައިވެއެވެ.

މިއާއެކު އައްބާސް ވިދާޅުވީ ކްރިމިނަލް ކޯޓުން އޭނާ ބަންދުގައި ބަހައްޓަން ނުފެންނަކަމަށް ކަނޑައަޅާ މިއަހަރުގެ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ދޫކޮށްލާފައިވާކަމަށާއި ޝަރުތަކަށް ކަނޑައެޅީ 30 ދުވަހުގެ ތެރޭގައި ފުލުހުން އެ މައްސަލަ ތަހްގީގުކޮށް ނިންމުމާ އެ މުއްދަތުގައި ފުލުހުންގެ ތަހްގީގަށް އޭނާ އެއްބާރުލުން ދިނުންކަމަށެވެ.

އަދި އެ މުއްދަތު 13 ފެބުރުއަރީ 2023 އަށް ހަމަވެފައިވާކަމަށާއި އޭނާގެ ބައްޕާގެ ފުރާނައަށް ނުރައްކާވާ އާލާސްކަންފުޅެއްގައި ރާއްޖެއިން ބޭރަށް ފަރުވާ ހޯދުމަށް ދާން ޖެހި އެހީތެރިއެއްގެ ގޮތުގައި އޭނާ ރާއްޖެއިން ބޭރަށް ފުރީ އޭނާގެ މައްޗަށް ރާއްޖޭގެ އެއްވެސް ކޯޓެއްގައި މައްސަލައެއް ހުށަހެޅިފައި އޮތް ވަގުތަކު ނޫންކަމަށްވެސް އައްބާސް އާދިލް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އޭނާ ރާއްޖެއިން ފުރީ ދިވެހިރާއްޖޭގެ އެންމެހާ ގާނޫނާއި ގަވައިދުގެ ތެރޭގައިކަން ސަރުކާރުގެ އިދާރާތަކަށް އެނގެން އޮންނާނެކަމަށާ، އޭނާގެ ޓިކެޓާއި ދަތުރުކުރީ ކޮން އެއާލައިނެއްކަމާއި އޭނާގެ ޑެސްޓިނޭޝަން އޮތީ ކޮން ގައުމަކަށް ކަމާއި މި ވަގުތުވެސް އެނާ ހުރީ ކޮން ގައުމެއްގައިކަމާއި އޭނާގެ ބައްޕާފުޅުގެ ބޭސްފަރުވާ ހޯއްދަވަނީ ކޮން ހޮސްޕިޓަލެއްގައިކަމާއި އެ އެންމެހާ މައުލޫމާތު ދިވެހި ސަރުކާރުގެ އިދާރާތަކުގައި ހުންނާނެކަމަށްވެސް އައްބާސް ވިދާޅުވެފައިވެއެވެ.

އައްްބާސް ވިދާޅުވީ މި ސަރުކާރުން އޭނާ ބަދުނާމުކުރުމުގެ ކެމްޕޭނެއް ހިންގަމުން އެ ގެންދަނީ ކްލަބުހައުސްގައާއި އެ ނޫންވެސް ސޯޝަލް މީޑިއާގައި އިންޑިއާގެ އަޅުވެތިކުރުމުގެ ސިޔާސަތުތަކާއި ދެކޮޅަށް ދައްކަމުންދާ ހޭލުންތެރި ކުރުވުމުގެ އަޑު ކަނޑުވާލުމުގެ ނިޔަތުގައި ކަމަށެވެ. 

އެކަން ކުށްވެރިކުރައްވައި އޭނާ ވިދާޅުވީ އޭނާ އަކީ މިއަދާއި ހަމައަށްވެސް އެއްވެސް ކުށުގެ ރިކޯޑެއް އޮތް މީހެއް ނޫން ކަމަށާ، އަދި ދައުލަތުގެ އެއްވެސް އިދާރާއަކަށް ފިލައިގެން އުޅޭ މީހެއް ނޫން ކަމަށް ވެސް ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.