މާލޭގައި ދުއްވާ ޓެކްސީ---ފޮޓޯ: ކޯޕޮރޭޓް މޯލްޑިވްސް
ހަބަރު
08 Jun 2023 | 09:02
150،000ރ ގެ މުދަލުގެ މައްސަލައިގައި ޑްރައިވަރު އެތަކެތި ހަވާލުކުރަން މަސައްކަތް ކުރި: ފުލުހުން

ޖުމްލަ 150،000 ރުފިޔާގެ އިލެކްޓްރޯނިކް ސާމާނު ގެންދަންޖެހޭ ހިސާބަށް ނުގެންދާކަމުގެ މައްސަލައިގައި، ފުލުހުން ޓެކްސީ ހޯދަން މަސައްކަތް ކުރިއިރު ޓެކްސީ ޑްރައިވަރުވެސް އެތަކެތި ހަވާލު ކުރަން މަސައްކަތް ކޮށްފައިވާކަން އެނގިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

އެ މައްސަލައިގައި މިދިޔަ ހުކުރު ދުވަހު ފުލުހުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، ބުރާސްފަތި ދުވަހު ހަވީރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓެކްސީ ކިއުއިން ނެގި ކާރަކަށް އެރުވި 150،000 ރުފިޔާގެ އިލެކްޓްރޯނިކް ސާމާނު، ގެންދަންޖެހޭ ހިސާބަށް ނުގެންދާކަމުގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެކަމާ ގުޅިގެން މާފަންނުގެ ފުލުހުން ވަނީ ސީސީޓީވީ ފުޓޭޖު ބެލުމަށްފަހު އެ ޓެކްސީ ދެނެގަނެ، އެތަކެތި ހޯދުމަށްފަހު އޭގެ ވެރިފަރާތާއި ހަވާލުކޮށްފައި ކަމަށް ބުނެފައިވެއެވެ.

ނަމަވެސް އެކަމާ ގުޅިގެން ޑްރައިވަރު "ވޮއިސް" އަށް ބުނީ އެތަކެތި ފުލުހުން ހޯދައި ވެރިފަރާތަށް ހަވާލުކޮށްފައިވާކަމަށް ފުލުހުން ބުނުމަކީ އޮޅުވާލުން ކަމަށެވެ. އަދި ތަކެތި އަތުގައި ހުރިކަމަށް އަމިއްލައަށް ރިޕޯޓު ކޮށްފައިވާނެ ކަމަށެވެ.

އެކަމާ ގުޅިގެން އޭރު ފުލުހުން ބުނީ، މައްސަލައިގެ ތަހުގީގު ހިނގަމުންދާތީ، ތަހުގީގުގެ ތެރެއިން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ފުލުހުން ރޭ "ވޮއިސް" އަށް މައުލޫމާތު ދެއްވި ގޮތުގައި، ޖޫން 2 ވަނަ ދުވަހު ފުލުހުން ކޮށްފައިވާ ޓުވީޓަކީ އެއާޕޯޓް ކިއުއިން ނެގި ޓެކްސީއަކަށް އެރުވި މުދާ ވެރިފަރާތަށް ހޯދައިދެވިފައިވާކަން ހާމަކުރުމުގެ ގޮތުންނާ އަދި ކަމެއް ދިމާވާ ހިނދު ވީއެންމެ އަވަހަކަށް ފުލުހުންނާ ހިއްސާކޮށް އަދި ރިޕޯޓުކުރުމަށް އިލްތިމާސްކޮށް، ކޮށްފައިވާ ޓުވީޓެއް ކަމަށެވެ.

އެ ޓުވީޓުގައި އެއީ ކޮން ޓެކްސީއެއްކަން ނުވަތަ ޓެކްސީ ސެންޓަރުގެ ނަން ނުވަތަ މީހާގެ ވަނަވަރު ހާމަކޮށްފައި ނުވާނެ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި، މުދާ ގެއްލިގެން މާފަންނު ޕޮލިސް ސްޓޭޝަނަށް ރިޕޯޓު ކޮށްފައި ވަނީ ޖޫން 1 ވަނަ ދުވަހުގެ 17:27 އެހައިކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް މައްސަލަ ހުށަހެޅި ފަރާތަށް، ތަކެތި އެރުވި ޓެކްސީގެ ރަޖިސްޓްރީ ނަމްބަރު ފިޔަވައި އިތުރު މައުލޫމާތެއް އެނގިފައި ނުވާތީ އެ ޓެކްސީ ދެނެގަތުމަށް ސީސީޓީވީ ފުޓޭޖު ބަލައި ޓެކްސީ ދެނެގަނެވި، ޓެކްސީ ދުއްވި ފަރާތާ ގުޅި، 18:00 އެހައިކަންހާއިރު ވެރިފަރާތާ އެތަކެތިވަނީ ހަވާލުކޮށްފައި ވާނެ ކަމަށް ފުލުހުން ބުންޏެވެ.

"ފުލުހުން އެ ޓެކްސީ ހޯދުމަށް މަސައްކަތްކުރަމުން ދިޔައިރު، ވެރިފަރާތާ ތަކެތި ހަވާލުކުރުމަށް، ޓެކްސީ ދުއްވި ފަރާތުން ވެސް މަސައްކަތްކޮށްފައިވާކަން މިހާތަނަށް އެނގިފައިވޭ. އަދި މިކަން ހިނގާފައިވަނީ ކާރަށް މުދާ އެރުވުމަށްފަހު ދެ ފަރާތުން ކުރަންޖެހޭ މުއާމަލާތް ރަނގަޅަށް ނުކުރެވި އޮތުމުންކަމަށްވެސް މިހާތަނަށް ބެލިބެލުމުން އެނގިފައިވޭ" ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި މީގެ ކުރިން "ވޮއިސް"އާ ވާހަކަ ދައްކަމުން ކާރުގެ ޑްރައިވަރު މުހައްމަދު ހުސައިންވެސް ބުނެފައި ވަނީ ދެފަރާތުން ނަންބަރު ބަދަލު ނުކުރުމަކީ މިކަންތައް ދިމާވުމަށް މެދުވެރިވި ސަބަބު ކަމަށެވެ.

"ދެފަރާތުން ކުރެ ފަރާތަކުން ނަންބަރެއް ބަދަލެއް ނުކުރަން. އަޅުގަނޑުވެސް ޑަންލާފަ ނައްޓާލީ، ނައްޓާލާފަ އެ އައިގޮތަށް އައިސް ބިސްބުރު ކައިރީ އެބުރުނުއިރުވެސް (އެބުނާ) މީހަކު ނުފެނުނު" ހާދިސާ ކިޔައިދެމުން މުހައްމަދު ބުންޏެވެ.

މުހައްމަދު ބުނީ މުދާ ހަވާލު ކުރުމަށްފަހު އެރޭވެސް މުދަލުގެ ވެރިފަރާތަށް ގުޅި ކަމަށާއި އަދި މުދާ ހަމަކަން ޔަގީންކުރި ކަމަށެވެ. އެ މައްސަލައިގައި ފުލުހުން ޓުވީޓު ކޮށްފައިވާ ގޮތުން ޑްރައިވަރު ވަރަށް ބޮޑަށް ބަދުނާމުވާ ކަމަށް މުހައްމަދު ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.