ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކު/ ފޮޓޯ: ވަހީދު
ހަބަރު
11 Jun 2023 | 19:42
މިނިވަން ޚާރިޖީ ސިޔާސަތެއް ތަންފީޒު ކުރެވޭނީ ލީޑަރުންނަކީ ކެރޭ ބަޔަކަށް ވެގެން: ޑރ ވަހީދު

ދިވެހިރާއްޖޭގައި މިނިވަން ޚާރިޖީ ސިޔާސަތެއް ތަންފީޒުކުރެވޭނީ ލީޑަރުންނަކީ ކެރޭ ބަޔަކަށް ވެގެންކަމަށް ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ. 

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު މިއަދު ބައްޓަންކޮށްފައިވާ ގޮތާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވަމުން ޗެނަލް-13 އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން ނެވެ. 

ޑރ ވަހީދު ވިދާޅުވީ ދިވެހިރާއްޖެ މިނިވަން ގައުމެއްގެ ގޮތުގައި ދެމިއޮތީ މީގެ ކުރިން ވެރިކަން ކުރެއްވި ބޭފުޅުން އަމާނާތްތެރިކަމާ އެކީގައި ގައުމު މިހާތަނަށް ވާސިލްކޮށްދިނުމަށް ކުރެއްވި މަސައްކަތްޕުޅުތަކުގެ ސަބަބުން ކަމަށެވެ. 

ގައުމުތަކުން ރާއްޖެއަށް އެކި މިންވަރުގެ ނުފޫޒުތައް ފޯރުވުމަށް މަސައްކަތް ކުރައްވާފައިވާ ކަމަށާއި، އެހެން ނަމަވެސް މީގެ ކުރިން ވެރިކަން ކުރެއްވި ފަރާތްތައް ވަރަށް ބޮޑަށް ދިވެހިންގެ ކަންކަން އަމިއްލައަށް ނިންމުމަށް އިސްކަންދެއްވިކަމަށް ޑރ ވަހީދު ވިދާޅުވި އެވެ. 

އެކަން ފާހަގަކުރައވާ އެމަނިކުފާނު ވިދާޅުވީ މިހާރު ފެންނަމުންދަނީ މިނިވަން ޚާރިޖީ ސިޔާސަތެއް ތަންފީޒުކުރުމަށް މީގެ ކުރީގެ ވެރިކަންތަކުން ކުރެއްވި މަސައްކަތް ވަރަށް ބޮޑަށް ދޫކޮށްލާފައިވާ މަންޒަރުތައް ކަމަށެވެ.

އަދި ޚާރިޖީ ސިޔާސަތެއް މިނިވަންކަމާއި ތަންފީޒު ކުރެއްވޭނީ ލީޑަރުގެ ކިބައިގައި ކެރުންތެރިކަން ހުރެގެންކަން ވެސް ޑރ ވަހީދުގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ. 

"ޚާރިޖީ ސިޔާސަތު އަމިއްލަވަންތަ އެއްޗެއްގެ ގޮތުގައި މިނިވަންކަމާއެކު އެކްސަސައިޒް ކުރުމަކީ އުނދަގޫކަމަށް ވެފަ މި އޮތީ. އެއީ ވެގެންދާނެ ގޮތެއް ނޫން. އަޅުގަނޑުމެން އެބަޖެހޭ މީގެކުރިންވެސް އަޅުގަނޑުމެން ތިބި ފަދައިން އަޅުގަނޑުމެންގެ ހުރިހާ ކަމެއްގައި ވެސް ބަސްކިޔޭ ބަޔަކަށް އަޅުގަނޑުމެން ވާން. އެކަން އެހެން ވާނީ އަޅުގަނޑުމެންގެ ލީޑަރުންގެ ސަޚްސިއްޔަތު އެހެން ހުރެގެން. އަޅުގަނޑުމެންގެ ލީޑަރުންނަކީ އެއީ ކެރޭ ބަޔަކަށް ވެގެން" 

ކުރީގެ ރައީސް ޑރ ވަހީދު 

ޑރ ވަހީދު ވިދާޅުވީ ރިޔާސީ އިންތިޚާބެއް ރައްޔިތުންގެ ކުރިމަތީގައި އޮތް އިރު ޤައުމުގެ މިނިވަންކަމާއި އިސްތިގުލާލާއި ދޭތެރޭ ރައްޔިތުން ވަރަށް ފުންކޮށް ވިސްނަން ޖެހޭ ކަމަށެވެ. 

ރާއްޖޭގެ ސިޔާސީ މަޝްރަހަށް ބަލާއިރު، މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކޮށް މިނިވަން ޚާރިޖީ ސިޔާސަތެއް ރާއްޖޭގައި ގާއިމްކުރެވޭނެ ބަޔަކީ ޕީޕީއެމްކަން ފެންނަން އޮތް ކަމަށާއި، އެ ޕާޓީގެ އެކި ގިންތީގައި ތިއްބެވި ބޭފުޅުންނަށް ބަލާލި ނަމަވެސް ފެނިގެންދަނީ ތައުލީމު ޤާބިލު ބޭފުޅުންކަމަށް ޑރ ވަހީދު ވިދާޅުވި އެވެ. 

ގައުމަށް މިހާރު ދިމާވެފައިވާ މައްސަލަތަކުން އަރައިގަންނާނެ ޙައްލުތައް ހޯދުމަށް ގައުމީ ވިސްނުން މިފަހަރު އިސްކުރަން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ރައްޔިތުންގެ މައްސަލަތައް ހައްލުކުރުމަށް ޕީޕީއެމް އަކީ ރަނގަޅު ޗޮއިސްއަކަށް ވާނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.