މުހައްމަދު އިސްމާއިލް-- ފޮޓޯ/ ވޮއިސް
ހަބަރު
13 Jun 2023 | 11:31
އިހުތިޖާޖު ކުރާ މީހުންނަށް ފުލުހުން އަނިޔާ ކުރާއިރު، އެޗްއާރުސީއެމް އާއި އެންއައިސީ އޮތީ ނިދާފައި: މުހައްމަދު

އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާއި ގުޅިގެން އިދިކޮޅުން ސިލްސިލާކޮށް ކުރަމުންދާ މުޒާހަރާގެ ތެރެއިން، އިހްތިޖާޖުގެ ބައިވެރިންނަށް ފުލުހުން އަނިޔާ ކުރާއިރު، ހިޔުމަންރައިޓްސް ކޮމިޝަނާއި، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އޮތީ ނިދާފައި ކަމަށް ޕީޕީއެމްގެ ހަރަކާތު ކޮމިޓީގެ ޗެއާރ އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ. 

އިދިކޮޅުން ސިލްސިލާކޮށް ކޮންމެ ރެއަކު ކުރިއަށް ގެންދާ އިހްތިޖާޖުގެ ތެރެއިން، އެ އިހްތިޖާޖުގެ ބައިވެރިން ހައްޔަރުކޮށް، ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރަމުންދާ ކަމަށާ، އެފަދައިން ކަން ކުރަނީ ސަރުކާރުން އަންގައިގެންކަން އިދިކޮޅުން އަންނަނީ ތުހުމަތު ކުރަމުންނެވެ. 

އެގޮތުން، މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާއި ދެމެދު ހިނގައިދިޔަ ކުރިމަތި ލުމެއްގެ ވީޑިއޯ ހިއްސާ ކުރައްވައި މުހައްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިދިކޮޅުން ބުރިޖް ޕުލެޓްފޯމް ކައިރީގައި ކުރިއަށް ގެންދަނީ ސުލްހަވެރި އިހްތިޖާޖެއް ކަމަށާ، އެ އިހްތިޖާޖު ކުރިއަށް ގެންދަނީ ރައްޔިތުންނަށާ ދުއްވާ އެއްޗެއްސައް ދަތިނުވާނެ ގޮތަށްކަމަށެވެ. އަދި އެ ތަނުގައި އިހްތިޖާޖު ކުރަނީ، އެ ތަން ބޭނުން ކުރުމުގެ ހުއްދަ މާލޭ ސިޓީ ކައުންސިލްއިން ނަގައިގެން ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

އެހެން ނަމަވެސް، ދިވެހި ފުލުހުންގެ ހިދުމަތުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް ހަރަކާތުގެ ބައިވެރިންނަށް ބޮޑެތި އަނިޔާތައް ދެމުންދާ ކަމަށާ، އެފަދައިން ކަން ކުރަމުންދާއިރު ނެސަނަލް އިންޓަރ ގުރެޓީ ކޮމިިޝަނާ ހިއުމަން ރައިޓުސް ކޮމިިޝަން އޮތީ ނިދާފައި ކަމަށްވެސްްއޭނާ ވިދާޅުވި އެވެ. އަދި އެއީ ދިވެހިރާއްޖެ ދެކެމުންދާ ޑިިމޮކްރަސީގައި ފަހަތައް އަޅަމުންދާ ފިޔަވަޅު ތަކަކައް ނޫނީނުވާނެ ކަމަށްވެސް މުހައްމަދު ވިދާޅުުވިއެވެ.  

މީގެ އިތުރުން ވެސް މުހައްމަދު ކުރެއްވި ޓުވީޓެއްގައި ވަނީ، އިދިކޮޅުގެ ސުލްހަވެރި އިހްތިޖާޖްތައް ފުލުހުން ރޫޅަމުންދަނީ ކޮންއަސާސެއްގެ މައްޗަށް ބިނާ ކުރައްވައިތޯ ސުވާލުކުރައްވާފައެވެ.

އަދި ހަމައެހެންމެ، އެއްވެސް އިންޒާރު ދިނުމެއް ނެތި މުޒާހަރާގެ ބައިވެރިންގެ މޫނުގައި ޖައްސައި، ލޮލަށް އަމާޒު ކުރައްވައި ޕެޕާ ސްޕްރޭ ޖަހަމުންދާކަމާ، އެކަން ފުލުހުން ކުރައްވަމުންދަނީ ގާނޫނުގެ ކޮން މާއްދާއެއްގެ ދަށުންތޯވެސް އޭނާ ވަނީ ސުވާލު ކުރައްވާފައެވެ. 

އަދި މިފަދަ ކަންކަން ހިނގަމުންދާއިރު ހިޔުމަންރައިޓްސް ކޮމިޝަން ހިމޭނުން އޮތް އޮތުން ރައްޔިތުން އަންނަނީ ގާތުން ބަލަމުން ކަމަށްވެސް މުހައްމަދު ވިދާޅުވިއެވެ. 

މިއާއެކު އޭނާ ވިދާޅުވީ، މި އަނިޔާވެރިކަން ބަދަލުވުމުން ގާނޫނުގެ ދިގު އަތް ފޯނުވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.