އިދިކޮޅު މުޒާހަރާގެ ތެރެއަށް ފުލުހުން ޕެޕާ ސްޕްރޭ ޖަހަނީ/ ފޮޓޯ: އަވަސް
ހަބަރު
20 Jun 2023 | 10:08
މުޒާހަރާ ހަލަބޮލިކުރީ ސަރުކާރުން ފޮނުވި ގޭންގަކުން، ފުލުހުން އަނިޔާކުރުން ކުށްވެރިކުރަން: އިދިކޮޅު

ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމު މިނިވަންކުރުމަށް ގޮވާލާ އިދިކޮޅުން ހޯމަ ދުވަހުގެ ރޭ މާލޭގައި ކުރިއަށް ގެންދިޔަ ސުލްހަވެރި ހަރަކާތުގެ ތެރެއަށް ވަދެ ހަމަނުޖެހުން އުފައްދާ، މުޒާހަރާ ހަލަބޮލިކުރީ ސަރުކާރުން ފޮނުވި ގޭންގަކުން ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން (އިދިކޮޅުން) ބުނެފި އެވެ. 

އިދިކޮޅުން ހޯމަދުވަހުގެ ރޭ މާލޭގައި ކުރި މުޒާހަރާ ހުއްޓުވުމަށް ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްފަ އެވެ. އަދި މީހުންގެ ތެރެއަށް ޕެޕާ ސްޕްރޭ ޖެހުމުގެ ސަބަބުން، ގިނަ ބަޔަކަށް އަނިޔާވެ ބައެއް ފަރާތްތަކަށް ހޮސްޕިޓަލުގައި ފަރުވާ ވެސް ދޭން ޖެހުނެވެ. 

ފުލުހުންގެ އަމަލުތައް ކުށްވެރިކޮށް އިދިކޮޅުން ވަނީ ބަޔާނެއް ވެސް ނެރެފައެވެ. 

އެގޮތުން އިދިކޮޅުގެ ބަޔާނުގައި ބުނެފައިވަނީ ސުލްޙަވެރިކަމާއެކު ދިވެހި ރައްޔިތުން ކުރިއަށް ގެންދިޔަ އިޙުތިޖާޖު ހަލަބޮލިކުރުމަށް ސަރުކާރުން ފޮނުވި ގޭންގަކުން އިޙުތިޖާޖުގެ ބައިވެރިންގެ ތެރެއަށް ފުޅި އުކާ، ސަރުކާރުގެ އެންގުމަށް ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް، އިޙުތިޖާޖުގެ ބައިވެރިންގެ މޫނަށާއި އަނގައަށް އަމާޒުކޮށް ޕެޕަރ ސްޕްރޭ ޖެހުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. 

ރޭގެ އިޙުތިޖާޖުގެ ތެރޭގައި ޕިޕީއެމްގެ ސެނެޓަރ އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފްގެ މޫނަށާއި އަނގައަށް އަމާޒުކޮށް ޕެޕަރ ސްޕްރޭ ޖެހުމުން، ނެވާއަށް އުނދަގޫވެ ހާސްވުމުގެ ސަބަބުން އެބޭފުޅާއަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހުނުކަމަށާއި، ޕީޕީއެމްގެ ސެނެޓަރ މިކޯލިޝަންގެ ޙަރަކާތު ކޮމިޓިގެ ޗެއަރ މުޙައްމަދު އިސްމާޢީލްގެ ލޮލަށް އަމާޒުކޮށް ޕެޕަރ ސްޕްރޭ ޖުހުމުން ލޯލަށް ނުފެންނަ ވަރަށް ލޯ ދުޅަވެފައިވާކަމަށް އިދިކޮޅުން ވަނީ ބުނެފަ އެވެ. 

އޭގެ އިތުރުން މީޑިއާ ފާސް އަޅުއްވައިގެން ތިއްބެވި ނޫސްވެރިންނަށް އަމާޒުކޮށް ޕެޕަރ ސްޕރޭ ޖަހާ ނޫސްވެރިން ގެންގުޅުނު އަގުބޮޑު ސާމާނަށްވެސް ފުލުހުން ގަސްތުގައި ގެއްލުން ދިނުމާއި ސުލްޙަވެރިކަމާއެކު ތިއްބެވި ބައިވެރިންގެ މޫނަށާއި އަނގަޔަށް ޢަމާޒުކޮށް ޕެޕަރ ސްޕްރޭ ޖަހާ އަނިޔާދީފައިވާކަން ވެސް އިދިކޮޅުން ފާހަގަކޮށްފައި ވެއެވެ. 

އިދިކޮޅުން ބުނީ އްސަ އެހީއަށް ބޭނުންވާ ފަރާތަކަށާއި އަންހެނުންނަށާއި އިސް ރަށްވެހިންނަށްވެސް އެއްވެސް ބެލުމެއް ނެތި އަނިޔާވެރިވުމަކީ މިހާރަކަށްއައިސް ފުލުހުންގެ ކިބައިން ފެންނަމުންދާ ވަރަށްވެސް ދަށު ދަރަޖައިގެ އަމަލުތަކެއް ކަމަށެވެ. 

ފުލުހުން ވަނީ ދިވެހި ރައްޔިތުންނަށް އަނިޔާވެރިވުމުގައި ހައްދުފަހަނަ އަޅާދިޔައީ، އެފަދަ ލާއިންސާނީ ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނީ ޒިންމާ ޙަވާލުކުރެވިފައިވާ މުއައްސަސާތަކުން އެފަރާތްތަކާއި ޤާނޫނުއަސާސީއާއި ޤާނޫނުތަކުން ޙަވާލުކުރެވިފައިވާ ޒިންމާ އަދާ ކުރުމަށް ފަސްޖެހޭތީކަމަށް އިދިކޮޅުން ބުނެފައިވެއެވެ. 

އެއާއެކު އިދިކޮޅުން ވަނީ އެކަންކަން ހުއްޓުވުމުގެ ޤާނޫނީ ޒިންމާ ޙަވާލުވެފައިވާ މުއައްސަސާތަކުން މިކަންކަމަށް ދޭންވާ ސަމާލުކަން ދިނުމަށާއި އަދި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ފަސް ނުޖެހުމަށް ނަސޭހަތްތެރިވެ، އެ މައްސަލަތައް ބަލައިދިނުމަށް ކަމާ ގުޅުންހުރި މުއައްސަސާތަކަށް ގޮވާލައްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.