އިދިކޮޅު މުޒާހަރާގެ ތެރެއަށް ފުލުހުން ޕެޕާ ސްޕްރޭ ޖަހަނީ/ ފޮޓޯ: އަވަސް
ހަބަރު
20 Jun 2023 | 15:57
ނޫސްވެރިންނަށާއި އެއްވެ އުޅުމުގެ މިނިވަންކަމަށް ފުލުހުން ހުރަސްއެޅުން ޓްރާންސްޕޭރެންސީ އިން ކުށްވެރިކޮށްފި

ނޫސްވެރިންނަށާއި އެއްވެ އުޅުމުގެ މިނިވަންކަމަށް ފުލުހުން ހުރަސްއަޅަމުން ގެންދާ މައްސަލަ ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި މުޒާހަރާއެއްގައި ފުލުހުން ވަނީ ބާރުގެ ބޭނުން ބޭނުންކޮށް އިދިކޮޅުގެ މެމްބަރުންނަށާއި މުޒާހަރާ ކަވަރު ކުރަމުން ދިޔަ ނޫސްވެރިންނަށް ހުރަސް އަޅައި، ޕެޕާ ސްފްރޭ ޖަހާފައެވެ.

މިކަމާއި ގުޅިގެން މިއަދު ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އިދިކޮޅު ކޯލިޝަންގެ ރޭގެ މުޒާހަރާގައި ފުލުހުން ބޭނުންކޮށްފައިވާ ހަތިޔާރާއި ބާރަކީ އިންސާނީ ހައްގުތަކާއި، މި ފަދަ ކަންކަން ކޮންމެހެން ބޭނުންކުރެވޭ އުސޫލުތަކާއި، ބޭނުންކުރާ ނިސްބަތާއި، ގާނޫނީ ގޮތުން ހުއްދަވާ މިންވަރާއި މެދު އޮތް ކަންބޮޑުވުން ވަރުގަދަ ކުރުވާ ކަމެއް ކަމަށެވެ.

އެހެންކަމުން ޓްރާންސްޕޭރެންސީ އިން ވަނީ ހިއުމަން ރައިޓްސް ކޮމިޝަނާއި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި، ޕްރޮސެކިއުޓަރ ޖެނަރަލްސް އޮފީހަށް އެބަޔެއްގެ މައްޗަށް މަޖްބޫރުވާ ޒިންމާތައް އުފުލައި، ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގު ބޭނުންކޮށްފައިވާ ފަރާތްތަކުގެ މައްޗަށް ފުލުހުން ނަހަމަ ނިސްބަތަކަށް ބޭނުންކޮށްފައިވާ ބާރު ތަހްގީގު ކުރުމަށް ގޮވާލާފައެވެ.

މިއާއިއެކު މި ހައްގުތަކަށް އަރައިގަތުމުންވެސް ފުލުހުންނަށް އަދަބު ނުލިބި ދެމިއޮންނަ އޮތުމާއި ފުލުހުންގެ އިދާރާއާއި މުޒައްޒަފުން މިހާރުން މިހާރަށް ތަހްގީގު ކުރުމަށް ޓްރާންޕޭރެންސީއިން ވަނީ މި މުއައްސަސާތަކަށް ގޮވާލާފައެވެ.

މީގެ އިތުރުން ޓްރާންޕޭރެންސީއިން ވަނީ އިންސާނީ ހައްގުތަކާއި ބެހޭ ބައިނަލްއަޤްވާމީ ގާނޫނުތަކާއި އެއްގޮތަށް ރާއްޖޭގެ ގާނޫނު އަސާސީ ގެނައުމަށާއި، ސުލްހަވެރިކަމާއިއެކު އެއްވެ އުޅުން ނާޖާއިޒު ގޮތުގައި ހަނިކުރާ މާއްދާތައް ބާތިލް ކުރުމަށް ރާއްޖޭގެ ސަރުކާރާއި ރައްޔިތުންގެ މަޖިލިސް ގުޅިގެން މަސައްކަތްކުރުމަށް ގޮވާލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.