އިންޑިއާގެ އެންމެ ބާރަށް ދުވާ ރެއިލުގެ ފުރަތަމަ ދަތުރުގައިވެސް މައްސަލަތަކެއް

16 Feb 2019 | 21:19

އިންޑިއާގެ މިހާތަނަށް އުފެއްދި އެންމެ ބާރަށް ދުވާ ރެއިލްގެ ފުރަތަމަ ދަތުރުގައިވެސް ރެއިލްއަށް މައްސަލަތަކެއް ދިމާވެއްޖެއެވެ.

ވަންދޭ މާތަރަމް އެކްޕްރެސްގެ ނަމުގައި އިންޑިއާގެ ޕްރައިމް މިނިސްޓަރ ނަރެންދްރަ މޯދީ އިއްޔެ އިފްތިތާހުކުރި ރެއިލްގެ ފުރަތަމަ ދަތުރު ފަށާފައިވަނީ މިއަދުއެވެ.

ނަމަވެސް އެދަތުރުގެ ތެރެއިންވެސް އެ ރެއިލްއަށް ވަނީ މައްސަލަތަކާއި ކުރިމަތިވެފައެވެ. އިންޑިއާގެ ނޫސްތަކުގައިވާ ގޮތުން އެރެއިލަށް މައްސަލަ ޖެހިފައިވަނީ އެރެއިލްގެ ފުރަތަމަ ދަތުރު އިންޑިއާގެ ވަރަނާސީ އިން ދިއްލީއަށް ދަތުރުކުރަމުން އައި މަގުމަތީގައެވެ.

އެގޮތުން މައްސަލަ ޖެހިފައިވަނީ އެ ރެއިލްގެ ބްރަކި ސިސްޓަމަށެވެ. އަދި އެއާއެކު މުޅި ރެއިލުން ވަނީ ކަރަންޓް ކެނޑިފައެވެ.

ރެއިލްގައި މައްސަލަ ޖެހުނުއިރު އެންމެ ރެއިލްގައި ގިނައިން ތިބީ ނޫސްވެރިންނާއި ރެއިލްވޭގެ އޮފިޝަލުން ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

އެމީހުން ދިއްލީއަށް ގެންގޮސްފައިވަނީ އެހެން ރެއިލެއްގައިކަމަށްވެސް ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ. އެހާދިސާއާއި ގުޅިގެން ރެއިލަށް މާބޮޑު ގެއްލުމެއް ލިބިފައި ނުވާކަމަށް އިންޑިއާގެ ކަމާއި ބެހޭ ފަރާތްތަކުން ބުނެފައިވެއެވެ.

ރެއިލްގެ ދަތުރުތައް ދިއްލީއާއި ވަރަނާސީއާއި ދެމެދު އާންމު ދަތުރުތައް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. މި ރެއިލާއެކު ވަރުނާސީއާއި ދިއްލީއާއި ދެމެދު ކުރާ ރެއިލް ދަތުރުތައް ހަގަޑި އިރަށް ކުޑަވެގެންދާނެ ކަމަށް އިންޑިއާގެ ކަމާއި ބެހޭ ފަރާތްތަކުން ބުނެފައިވެއެވެ.

Advertisement

ކޮމެންޓް