އަލަށް ހުޅުވައި މިއަދު ކިޔަވައިދޭން ފެށި ޞަލާހުއްދީން ސްކޫލްގެ މުވަޒަފުން ރީނދޫކުލައިގެ ހެދުމުގައި ސްކޫލްއަށް އައުމަށް ވަނީ އަންގާފައި
ހަބަރު
06 Aug 2023 | 11:07
ޞަލާހުއްދީން ސްކޫލްގެ ކުލައަކަށް ރީނދޫ! ކިޔެވުން ފެށުނު އިރު މަސައްކަތްވެސް ނުނިމޭ!

ހުޅުމާލޭގައި ސަރުކާރުން އަލަށް އިމާރާތްކުރި ސްކޫލުގެ ތިމް ކުލައަކަށް ރީނދޫކުލަ ހަމަޖައްސައި މިއަދު އެ ސްކޫލުގައި ކިޔަވައިދޭން ފަށައިފިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި މި ސްކޫލުގެ ކިޔެވުން މި ދިރާސި އައު އަހަރާއެކު މިއަދު ފެށީ، ސްކޫލުގެ އިމާރާތުގެ މަސައްކަތްވެސް އެއްކޮށް ނުނިންމައިކަމުން ޢާންމުންގެ މީސްމީޑީއާގައި އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ސަލާހުއްދީން ސްކޫލުގެ މަސައްކަތް ނުނިމި އެ ސްކޫލުގައި ކިޔަަވައިދޭން މިއަދު ފެށި އިރު އިމާރާތުގެ ބައެއް ސަރަހައްދުތަކުގައި ދަވާދާއި ކުލަ ނުހިކޭކަމަށާއި އަދި އިމާރާތުގެ އެކި ސަރަހައްދުތަކުގައި ބޯ ހިރަފުސް ހުރިކަމުގައި ބުނެ ގިނަ ބަޔަކު އަންނަނީ މީސް މީޑިޔާގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ޞަލާހުއްދީން ސްކޫލްގެ ތަސްވީރުތަކެއް ޓުވީޓާގައި ހިއްސާ ކުރަމުން އާންމު ފަރާތަކުން ބުނެފައިވަނީ މަސައްކަތް ނުނިމޭކަމަށާއި ހިރަފުހުން ފުރިފައިވާ މާހައުލެއްގައި ކިޔަވައިދިނުމަކީ ރައްކާތެރިކަމެއް ނޫންކަމުގައެވެ. 

ރިޔާސީ އިންތިހާބާއި ދިމާކޮށް ސަރުކާރުން އިމާރާތްކުރި ސީއެޗްއެސްސީ ގެ އައު އިމާރާތުގައިވެސް މިއަދު ކިޔެވުން ފެށި އިރު، އެ ސްކޫލުގެ މަސައްކަތްތައްވެސް އެއްކޮށް ނިމިފައެއް ނުވެއެވެ.

އެގޮތުން މިއަދު ކިޔެވުން ފެށުނު އިރުވެސް އެ އިމާރާތުގެ މަސައްކަތް ކުރާ ފަރާތްތަކުން އިމާރާތުގެ އެކި ތަންތަނުގައި ދަވާދުލަމުންދިޔަ ކަމަށް މައުލޫމާތު ލިބެއެެވެ. 

އަލަށް ހުޅުވައި މިއަދު ކިޔަވައިދޭން ފެށި ޞަލާހުއްދީން ސްކޫލްގެ މުވަޒަފުން ރީނދޫކުލައިގެ ހެދުމުގައި ސްކޫލްއަށް އައުމަށް ވަނީ އަންގާފައި

އިންތިހާބުގެ ދުވަސް މިހާ ކައިރި ވެފައިވަނިކޮށް ސަރުކާރުން ހުޅުވި އައު ސްކޫލުގެ މަސައްކަތް ނުނިންމާ ސަރުކާރު ހިންގާ ޕާޓީގެ ކުލައާއި ގުޅުވައިގެން ސްކޫލުގެ ކުލަ ހަމަޖެއްސުމުން ތައުލީމީ ދާއިރާއަށްވެސް ސިޔާސީ ކުލަވަރު ވައްދަން ސަރުކާރުން މަސައްކަތް ކުރާކަމުގެ ތުހުމަތު ގިނަ ބަޔަކު އަންނަނީ ކުރަމުންނެވެ. 

ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު ފެށިފައިވާއިރު، ކިޔެވުމަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ފުރިހަމަ ކުރެވިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވާއިރު، އޭގެތެރެއިން  ދަރިވަރުންނަށް ބޭނުންވާ ޓެކްސް ފޮތްތައް ސްކޫލުތަކަށް ފޮނުވުމުގެ މަސައްކަތްވެސް މިހާރު ނިމިފައިވާކަމަށާއި، ސްކޫލުތަކަށް ބޭނުންވާ މުދައްރިސުންވެސް މިހާރު ހަމަވެފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެގޮތުން ސަރުކާރު ސްކޫލުތަކުގައި ދިވެހި 6516 މުދައްރިސުންނާއި، 1843 ބިދޭސީ މުވައްޒަފުން މަސައްކަތް ކުރާނެ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ކޮމެންޓް
ހީލާ
ކޮނމެކުލައެއްލާފާހުއްޓަސް ބޭނުންވަނީ ރަގަޅު ތަޢުލީމެއް ކުދިންނައްދިނުން ވަރިހަމަ ފަންޖިފުޑިއެއްގާ ކިޔަވާ ދިނަސް ބޭނުންވަނީ ރަގަޅުތައުލީމަކާތަރުބިއްޔަތެއްލިބުން
06 Aug 2023
ޏަމްނަމް
ކޮބާތަ މައްސަލައަކީ. އުޅޭގޭގެ މަސައްކަތްވެސް ނުނިމޭ ވަދެ ދިރިއުޅެނީ.
06 Aug 2023
ލޮލް
ގެޒެޓް ބަލާލީމަ އެނގޭނެ ޓީޗަރުން ހަމަ ވަރު 😂
06 Aug 2023
ދީފްރަމް
ސްކޫލް އޮފް ހާމުދުރުން
07 Aug 2023
ގުޅޭ ލިޔުންތައް
05 Oct 2026
ޓީޗަރުން ކުރައްވާ ބުރަ މަސައްކަތައް ޝުކުރު އަދާކުރަން: މެޑަމް ސާޖިދާ
އެކަމަނާ އެކްސްގައި ޝާއިޢުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދަރިވަރުން ބިނާކޮށް ބައްޓަންކުރުމުގައި މުދައްރިސުން ވަރަށް މުހިންމު ދައުރެއް އަދާކުރައްވާ ކަމަށާއި މިއަދު ފެންނަ ބަދަހި މުޖުތަމަޢުތައް ބިނާކުރުމުގައި އެ ބޭފުޅުންގެ ޙިއްޞާ ވަރަށް ބޮޑު ކަމަށެވެ.
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.