ސެމްބެ ތ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން - ފޮޓޯ ޕީޕީއެމް
ހަބަރު
25 Aug 2023 | 17:23
ތިން ބާރުގެ ތެރެއިން އެއްބާރު އޮތީ ހުއްޓިފައި, އަނެއް ބާރު އޮތީ މުށުތެރެއަށް ލާފައި: ހުސެއިން

ދައުލަތް ހިންގުމުގެ ތިން ބާރުގެ ތެރެއިން އެއްބާރު ކަމުގައިވާ ރައްޔިތުންގެ މަޖިލިސް އޮތީ ހުއްޓުމަށަ އައިސްފައި ކަމަށާ، އަދި އަނެއް ބާރު ކަމުގައިވާ ޝަރުޢީ ނިޒާމް އޮތީ ރައީސުލްޖުމްހޫރިއްޔާގެ މުށުތެރޭގައި ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރަނިންގމޭޓް ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕެއިނަށް ތ.ވިލުފުއްޓަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ވާހަކަ ދައްކަވަމުން ސެމްބެ ވިދާޅުވީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލް ގައްޔޫމަކީ މިދިވެހި ގައުމަށް ދިރުން ގެނެސް ދެއްވި ވެރިއެއް ކަމަށާ އެހެން ނަމަވެސް އެމަނިކުފާނު މިވަގުތު އޮންނެވީ ބައެއްގެ އަނިޔާވެރި ކަމުގެ ދަށުގައި ކަމަށެވެ.

ރާއްޖެއަށް މިއިން ދުވަހަކުވެސް ނުގެންނަ ވަރުގެ ބިޔަ ބޮޑެތި މަޝްރޫއުތަކެއް ގެނެސްދެއްވާ، ރާއްޖޭގެ ރައްޔިތުންނަށް ފުދުންތެރިކަން ގެނެސްދެއްވާ، ރައްޔިތުންގެ ޖީބަށް މިހާރު ތިވާ އުނދަގޫތައް އެއިރު ނުވޭ، ފަސޭހަކަމާއި އެކީގައި އަނބިދަރިން ގޮވައިގެން އުޅެވޭނެ މަގު ފަހިކޮށްދެއްވި ލީޑަރު މިއަދު އޮތީ ޖަލުގައި، ބައެއްގެ އަނިޔާވެރި ކަމާއި އެކީގައި."

ހުސައިން މުހައްމަދު ލަތީފް (ސެމްބެ)

އެހެންކަމުން އިދިކޮޅުުން ކުރަމުންދާ މަސައްކަތަކީ އެމަނިކުފާނު މިނިވަން ކުރުމުގެ މަސައްކަތް ކަމަށާ، އެމަނިކުފާނު ޖަލުން ސަލާމަތް ކުރެވެން އޮތީ، ސެޕްޓްމެބަރު ނުވައެއްގައި ނަގާ ވޯޓުން ކަމަށް ސެމްބެ ވިދާޅުވި އެވެ. އަދި އެ ވޯޓަކީ ބޮޑު ބަޑި އަކަށްވުރެވެސް ވަރުގަދަ ހަތިޔާރެއް ކަމަށް ސެމްބެ ވަނީ ސިފަކުރައްވާފައެވެ. 

"އެ ވޯޓަކީ ރައްޔިތުންނަށް ލިބިދީފައިވާ ބޮޑު ބަޑިއަކަށްވުރެވެސް މާ ވަރުގަދަ ހަތިޔާރެއް، ބޮޑެތި ޓޭންކަރުތަކާއި ބޮޑެތި ޖެޓްތަކަށްވުރެވެސް ރައްޔިތަކަށް ލިބިފައިވާ އެންމެ ބާރުގަދަ ހަތިޔާއަކީ އެ ދުވަހު ލިބޭ ވޯޓު ކަރުދާހުގައި ޖަހާ ފާހަގަ. މީގެން އެ ނިންމާލެވެނީ ރައްޔިތުންގެ މުސްތަގުބަލު. ރައްޔިތުންގެ ދަރިންގެ މުސްތަގުބަލާމެދު ނިންމާ ނިންމުން. ގައުމުގެ ހާލަތާއި މެދު ނިންމާ ނިންމުން."

ހުސައިން މުހައްމަދު ލަތީފް (ސެމްބެ)

ސެމްބެ ތ.އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން - ފޮޓޯ: ޕީޕިއެމް

ސެމްބެ އިތުރަށް ވިދާޅުވީ ސަރުކާރުން ދައުލަތް ހިންގުމަށްޓަކައި ވަލިއްޔުލް އަމުރަކަށް ހަވާލުކޮށްފައި ހުރި ބޭފުޅާއަށް މި ގައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލު ކުރަން ނޭނގޭ ކަަމަށާ އެހެންކަމުން އެމަނިކުފާނަށް ދެވަނަ ދައުރެއް ދޭންޖެހޭ ސަބަބެއް ނުފެންނަ ކަމަށެވެ.

"ދައުލަތުގެ ހިމެނެނީ ތިން ބާރު، އެއީ ދައުލަތް ހިންގުމުގެ ބާރު (އެއީ ސަރުކާރު)، ގާނޫނު ހަދާ މަޖިލީސް (އެއީ ރައްޔިތުންގެ މަންދޫބުން)، ޝަރުއީ ނިޒާމް. މި ތިން ބާރުގެ ތެރެއިން މި އޮތީ އެއް ބާރު ހުއްޓުމަކަށް އައިސްއޭ ދެންނެވޭނީ، އަނެއް ބާރު އެ އޮތީ މުށުތެރެއަށް ލާފައި ވިއްދާފައި، މިހެން އޮތް ނިޒާމަކަށް ރައްޔިތުންނަށް ކޮން އިތުބާރެއްތޯ އޮތީ، މާދަމާ އަނެއްކާ ވެރިކަމަށް ވަޑައިގެން ކޮން ކަންތައްތަކެއް ރައްޔިތުންނާއި ކުރިމަތިލާން ޖެހޭނީ."

ހުސެއިން މުހައްމަދު ލަތީފު (ސެމްބެ)

ސެމްބެ ވިދާޅުވިީ މިހާރު ފެންނަމުން ދަނީ ރައްޔިތުން ނިކަމެތި ވަމުންދާ ތަން ކަމަށެވެ. އެހެންކަމުން ހިޔާލު ތަފާތުވުންތަކެއް ހުރިކަމުގައިވިޔަސް، އެ ހިޔާލު ތަފާތުވުންތައް އެއްފަރާތް ކޮށްލެއްވުމަށްފަހު ކުރިއަށް އޮތް އިންތިހާބުގައި ކާމިޔާބަށް ވާސިލްވުމަށް މަސައްކަތްކޮށްދިނުމަށް އޭނާ ވަނީ އެދިވަޑައިގަންނަވާފައެވެ.

"އޭރުން ކުރިއަށް އޮތް ފަސް އަހަރަކީ الله ގެ ތަނަވަސް ރަހުމަތުން ތިޔާގި އުފާވެރި ދުވަސްތަކެއް ކަމުގައި ލައްވާނެ." ސެމްބެ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.