ޝިޔާމު އަލިފުށީ ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
29 Aug 2023 | 11:35
މިހާރުގެ ރަނިންމޭޓާއެކު ރައީސް ޞާލިހަށް 11:00 ގެ ކުރިން ސަރުކާރެއް ނުފެށޭނެ: ޝިޔާމު

މިއަހަރުގެ ރިޔާސީ އިންތިޚާބު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ކާމިޔާބު ވިޔަސް، މިފަހަރު އައްޔަންކުރައްވާފައި އެ ހުންނެވި ރަނިންމޭޓާއި އެކު އަވަހަށް އޮފީސް ހުޅުވާ ސަރުކާރުގެ ހިންގުމުގެ މަސައްކަތްޕުޅުތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.

ރައީސް ޞާލިހު މިފަހަރު ރަނިން މޭޓެއްގެ ގޮތުގައި ކަނޑައަޅުއްވާފައި ވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު މުހައްމަދު އަސްލަމްއެވެ.

ޝިޔާމު ވިދާޅުވި ގޮތުގައި އަސްލަމަކީ ގަޑިއަށް ފަރުވާކުޑަ ބޭފުޅެކެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކުގެ މަސައްކަތްޕުޅުތައް ވެސް އަސްލަމް ހެނދުނު ވަޑައިނުގަންނަވާތީ ފަސްކުރަން ޖެހޭކަމަށް ޝިޔާމު ވިދާޅުވި އެވެ. އަދި އޭނާ ވިދާޅުވީ އަސްލަމާއިއެކު ސަރުކާރު ހިންގަން ފެށޭނީ ހެނދުގެ ދަންފަޅި ނިމޭ ފަހުން ކަމަށެވެ.

ވެރިކަމަށް ވަޑައިގެންނެވުނު ނަމަވެސް އެފަދަ ބޭފުޅަކާއެކު ސަރުކާރު ބާރު ދުވެލީގައި ހިންގެވުމަކީ ރައީސް ޞާލިހަށް ކުރެއްވޭނެ ކަމެއް ނޫން ކަމަށް ޝިޔާމު ވިދާޅުވި އެވެ.

ރައިސް ޞާލިހުގެ ރަނިންމޭޓު އެމްޑީޕީގެ ޕީޖީ ލީޑަރު އަސްލަމް 

"މިހާރު އެ ހުންނެވި ރަނިންމޭޓާއި އެކީގައި ސަރުކާރެއް ނުފެށޭނެ 11:00 ޖެހުމުގެ ކުރިންނެއް. އެއީ ރައްޔިތުންގެ މަޖިލީހުގައި ވެސް ކަން ހިނގާ ގޮތް. އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ވަޑައިގަންނަވަންދެން މަޖިލީހުގެ ހުރިހާ ކޮމެޓީތަކެއް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ހުރިހާ ކޮމެޓީތަކެއް އޮންނަނީ ހުއްޓިފައި، އެހެންވީމަ އަޅުގަނޑަށް ފެންނަނީ މި ސަރުކާރު ރަނިންމޭޓާއި އެކީގައި ހުއްޓިފައި އޮންނާނެ ސަރުކާރެއް"

ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމު 

ޝިޔާމު ވިދާޅުވީ ހެނދުނާއި މަސައްކަތް ނުފެށި ހުއްޓިފައި އޮންނާނެ ސަރުކާރެއް ގެންނަން ޔަގީނުން ވެސް ދިވެހި ރައްޔިތުން ބޭނުން ނުވާނެ ކަމަށެވެ.

މިހާރު ވެސް މި ސަރުކާރު ދަމަހައްޓަން ބޭނުންވާ އެއްވެސް ސިޔާސީ ޕާޓީއެއް ނެތް ކަމަށާއި، ޚުދު ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ އާންމު މެމްބަރުން ވެސް ބޭނުންވަނީ މި ސަރުކާރު ބަދަލުކުރުމަށް ކަމަށް ޝިޔާމު ވިދާޅުވި އެވެ. 

އެ ވާހަކައާއި ގުޅުވާ ޝިޔާމު ވިދާޅުވީ މި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ބޭބޭފުޅުންނަށް ބަލާއިރު ރައްޔިތުން ބޭނުންވާ ސްޕީޑުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންގޮސްދެވޭނެ ގާބިލުކަން ހުރި ހަމައެކަނި ކެންޑިޑޭޓަކީ ޑރ މުއިއްޒު ކަމަށެވެ. އެމަނިކުފާނަކީ ރައީސް ޔާމީނުގެ ތަރައްގީގެ ޔުނިވާސިޓީއިން ތައުލީމު ހާސިލުކޮށް، އެ ތަޖުރިބާ ހޯއްދަވައިގެން ހުންނެވި ބޭފުޅަކަށްވުމުން ރައްޔިތުން އިޚްތިޔާރު ކުރައްވަންވީ ކެންޑިޑޭޓު ސާފުކަމަށް އޭނާ ވިދާޅުވި އެވެ. 

އެއާއެކު ޝިޔާމުގެ ވާހަކައިގައި ވަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމެއް އުފެއްދުމަށް ސެޕްޓެމްބަރު މަހުގެ 9 ގައި ޑރ މުއިއްޒަށް ވޯޓުލައްވާ، ވޯޓު ފޮށިތައް ފުރާލުމަށް ގޮވާލައްވާފަ އެވެ. އަދި ވިދާޅުވީ އެ ކޯލިޝަންގެ ވެރިކަމެއްގައި ރައްޔިތުންނަށް ތަރައްގީ ޔަގީންވާނެކަމާއި މެދު ޝައްކު ނުކުރެއްވުމަށް ވެސް އެދިވަޑައިގަންނަވާ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.