އަލފުށީގައި ބޭއްވި ޖަލްސާގައި ޑރ މުއިއްޒު ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
29 Aug 2023 | 11:47
އަލިފުށީ އެއާޕޯޓުގެ މަސައްކަތް މިހާރަށްވުރެ ހަލުވި ސްޕީޑުގައި ނިންމާނަން: ޑރ މުއިއްޒު

މި ސަރުކާރުން ފެށި ނަމަވެސް، އަލިފުށީ އެއާޕޯޓުގެ މަސައްކަތް މިހާރަށްވުރެ ހަލުވި ސްޕީޑުގައި ކުރިއަށް ގެންގޮސް ނިންމާދެއްވާނެކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ޑރ މުއިއްޒު މިފަދައިން ވިދާޅުވެފައި ވަނީ ރ އަތޮޅަށް އެމަނިކުފާނު ކުރައްވާ ރިޔާސީ ކެމްޕޭނު ދަތުރުފުޅުގައި އެ އަތޮޅު އަލިފުއްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި މުޚާތަބުކުރައްވާ ވާހަކަދައްކަވަމުން ނެވެ. 

އެ ޖަލްސާގައި ވާހަކަދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ މި ސަރުކާރުން ފެށި ނަމަވެސް އަލިފުށީގައި އެއާޕޯޓު އެޅުމަކީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޭނުންވި، އެ ކޯލިޝަންގެ ތަސައްވުރެއް ކަމަށެވެ.

އެހެންކަމުން، މި ވެރިކަން ބަދަލުވި ނަމަވެސް އެއާޕޯޓުގެ މަސައްކަތް ހުއްޓާނުލާނެ ކަމަށާއި، އެއާޕޯޓުގެ މަސައްކަތް މިހާރަށް ވުރެ ހަލުވި ސްޕީޑުގައި ކުރިއަށް ގެންގޮސް ނިންމާލައްވަނެ ކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

އަލިފުށީގައި ބޭއްވި ޑރ މުއިއްޒުގެ ރިޔާސީ ކެމްޕޭނު ޖަލްސާގެ ތެރެއިން 

"މި ރަށުގެ (އަލިފުށީ) އެއާޕޯޓު މަޝްރޫއަކީ އެބޭފުޅުންނަށް ވުރެ ބޮޑަށް އަޅުގަނޑުމެން ތި ބޭފުޅުންނަށްޓަކައި ކޮށްދޭން ބޭނުންވާ ކަމެއް. މިހާރަށްވުރެ ފުރިހަމަކޮށް މިހާރަށް ވުރެ ބާރަށް ގެންގޮސް އިރާދަކުރެއްވިއްޔާ އެއާޕޯޓުގެ މަސައްކަތް ނިންމާ، އެ ހުވަފެން ހަގީގަތަކަށް ހަދައިދޭނަން"

ޑރ މުހައްމަދު މުއިއްޒު

ޑރ މުއިއްޒުގެ ވާހަކައިގައި ވަނީ ޕްރިގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމެއްގައި އަލިފުއްޓަށް ކޮށްދެއްވާނެ އިތުރު ކަންކަން ވެސް ހާމަކުރައްވާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ: 

1. ސިނާއީ މަސައްކަތް ކުރުމަށް ބިން އިތުރުން

2. ބޭންކު ބުރާންޗެއް ހުޅުވާ ޚިދުމަތް ދޭން ފެށުން 

3. އަލިފުށީ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކޮށް ޚިދުމަތް ފުޅާކުރުން 

4. ފުޓުބޯޅަ ދަނޑާއެކު ޒުވާނުންނަށް ބޭނުންވާ ކުޅިވަރު ވަސީލަތްތައް ގާއިމްކޮށްދިނުން

5. ކުނި މެނޭޖުކުރުމުގެ ނިޒާމު ގާއިމްކުރުން 

ޑރ މުއިއްޒު ވިދާޅުވީ މި ސަރުކާރު ބަދަލުވެއްޖެ ނަމަ މިހާރު ފަށާފައިވާ މަޝްރޫއުތައް ހުއްޓާލާނެކަމަށް ބުނެ ސަރުކާރަށް ނިސްބަތްވާ ފަރާތްތައް ވާހަކަދައްކަވަމުން ދަނީ ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެއްދުމަށް ކަމަށެވެ. އެއީ އެ ފަރާތްތަކުން ކުރައްވާ ވަރަށް ނާ ތަހުޒީބު އަމަލެއްގެ ގޮތުގައި ޑރ މުއިއްޒު ސިފަކުރެއްވި އެވެ. 

އެއާއެކު އެމަނިކުފާނު ވިދާޅުވީ މިހާރު ފަށާފައިވާ އެއްވެސް މަޝްރޫއަކީ ރައްޔިތުންނަށް ފައިދާ ކުރަނިވި މަޝްރޫއެއް ކަމަށްވާނަމަ އެކަން ހުއްޓާނުލައްވާ، މިހާރަށްވުރެ ބާރު ސްޕީޑުގައި ނިންމާދެއްވާނެ ކަމަށެވެ. އަދި މި ސަރުކާރުން ވަޒާފާދިން އެއްވެސް މީހަކު ވަޒީފާއިން ވަކިނުކުރާނެ ކަމަށާއި، އެކަމާއި ރައްޔިތުން ބިރުނުގަތުމަށް ޑރ މުއިއްޒު ވަނީ އެދިވަޑައިގެންފަ އެވެ. 

ޑރ މުއިއްޒު ވިދާޅުވީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓީމު އޮތީ ރައްޔިތުންނަށް ޚިދުމަތްކޮށްދިނުމަށް ތައްޔާރަށް ކަމަށެވެ. އަދި އެ ފުރުސަތު ރައްޔިތުން ދެއްވައިފިނަމަ ނަތީޖާ ނެރެދެއްވާނެކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.