ޑރ މުހައްމަދު މުއިއްޒު
ހަބަރު
13 Sep 2023 | 10:35
ހުޅުމާލޭ ދެވަނަ ފިޔަވައްސަކީ ރައީސް ޔާމިނުގެ ތަރައްގީގެ ލެގަސީގެ ފުރިހަމަ މިސާލެއް: ޑރ މުއިއްޒު

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއިން ފެނިގެންދިޔައީ ހުޅުމާލެގެ ރައްޔިތުންނަށްޓަަކައި ރައީސް ޔާމިން ކުރެއްވެވި ގިނަ ގުނަ މަސައްކަތްތަކާމެދު ހުޅުމާލޭގެ ރައްޔިތުންވެސް ޝުކުރުވެރިވާކަން ކަމަށާއި ހުޅުމާލެއާއި ހާއްސަކޮށް ހުޅުމާލޭގެ ދެވަނަ ފިޔަވައްސަކީ ރައީސް ޔާމިނުގެ ތަރައްގީގެ ލެގަސީގެ ފުރިހަމަ މިސާލެއްކަމުގައި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަބުރުގެ ކެމްޕެއިންގައި ރޭ ހުޅުމާލޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރައްޔިތުން ފަދައިން ހުޅުމާލޭގެ ރައްޔިތުންގެ ފަރާތުންވެސް ފެނިގެން މިދަނީ ގައުމު އިސްކުރައްވާ މަންޒާރުކަމަށެވެ. 

މީގެ އިތުރުން ޕީޕީއެމް ޕީއެންސީގެ މެނިފެސްޓޯގައި ގެދޮރުވެރިކަމާއި ބެހޭ ބަޔަކީ އެންމެ މުހިއްމު އެއްބައިކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ، އެ މެނިފެސްޓޯގައި ހާއްސަ އިސްކަމެއް ދޭ ކަމެއްގެ ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަކި ހައްސަ ކަންތައްތަކެއް އޮތުން ހިމަނައިފައި ވާނެކަމަށެވެ.

އެގޮތުން މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، ޕީޕީއެމް ޕީއެންސީގެ ސަރުކާރެއްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަކި އަދަދަކަށް ހާއްސަ ފްލެޓް ތަކެއް ގާއިމްކުރެވިގެން ދާނެކަމުގައި އެ ޕާޓީގެ މެނިފެސްޓޯގައި ހިމެނިފައިވާނެކަމަށެވެ. 

މީގެ އިތުރުން މުއިއްޒު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މީހާރު ދެވިފައިވާ ފްލެޓްތަކަކީ އެފަދަ ފަރާތްތަކަށް ހާއްްސަކުރެވިގެން ފަރުމާ ކުރެވިފައިވާ ފްލެޓްތަަކެއް ނޫންކަމަށެވެ. 

އެހެންނަމަވެސް އަޅުގަޑުމެންގެ މެނިފެސްޓޯގައި ދެން އަޅާ ފްލެޓްތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ކުރެވޭ ފްލެޓް ތަކަކީ، އިންޓަރނޭޝަނަލް މިންގަނޑުތަކަށް ފެތޭގޮތަށް ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ގޮތަށް ޑިޒައިން ކުރެވިފައިވާ ފްލެޓްތަަކަކަށް ވާނެ 

ޑރ މުހައްމަދު މުއިއްޒު 

މީގެ އިތުރުން ރޭގެ ޖަލްސާގައި މުއިއްޒު ވަނީ ހުޅުމާލެއަކީ ގާނުނުގައި ބަޔާންކުރާ ގޮތަށް މާލޭ ސިޓީކައުންސިލްގެ ބެލުމުގެ ދަށުން ބަލަހައްޓަމުންދާ ތަނަކަށް ހަދައިދޭނެ ކަމަށެވެ. 

މީގެ އިތުރުން ރޭގެ ޖަލްސާގައި މުއިއްޒު ވަނީ އިންތިހާބުގެ ދެވަނަ ބުރުގައި ހުރިހާ ޕާޓީތަކުންވެސް ޕީޕީއެމް ޕީއެންސީއާ އެކުގައި މަސައްކަތް ކުރުމަށް ގުޅިވަޑައިގަތުމަށް އިލްތިމާސްކޮށްފައެވެ. 

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކޮށް ނާކާމިޔާބީ ލިބުނު އެމްއެންޕީން ވަނީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމް ޕީއެންސީއާއި އެކުގައި މަސައްކަތް ކުރުމަށް އެ ޕާޓީއާއި ގުޅި އެކަމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.