ވިނަރެސް ފުލެޓް ތައް--
ހަބަރު
14 Sep 2023 | 14:32
ފުލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓު އަންނަ ހަފްތާގައި ނެރެނީ!

ގެދޮރުވެރިޔާ ސްކީމުގެ ވަގުތީ ލިސްޓާއި ގުޅިގެން ހުށަހެޅި ޝަކުވާތަށް ބަލައި، ފައިނަލް ލިސްޓު އަންނަ ހަފާތްގައި ނެރެވޭނެ ކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެފިއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ފުލެޓުތަކަށް އެދުމަށް މިދިޔަ އަހަރުގެ ޖޫން 26 ގައި ހުޅުވާލި ފުރުސަތުގައި 20،697 މީހުން ފްލެޓަށް އެދި ފޯމު ހުށަހަޅައިފައިވެއެވެ. އެތަނުން ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު ޕްލޭނިންގ މިނިސްޓްރީން އާއްމުކުރީ މިދިޔަ އޯގަސްޓް މަހުގެ 8 ވަނަ ދުވަހުއެވެ. އަދި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އޯގަސްޓް 22ގެ ނިޔަލަށް ހުޅުވާލިއެވެ.

ޝަކުވާތައް ބަލައި ގަނެ، ޕްލޭނިންގ ސްޓޭޓަސްއަށް އައި ބަދަލު މިހާރު ޕޯރޓަލްއިން ފެންނާނެ ކަމަށް ޕްލޭނިންގ މިނިސްޓްރީން ވަނީ ބުނެފައެވެ.

އަދި ފުލެޓަށް ކުރިމަތިލި މީހުންގެ ދިރިއުޅުމުގެ ހާލަތު ބެލުމުގެ މަސައްކަތް މިހާރު ޕްލޭނިންގ މިނިސްޓްރީން ފަށާފައިވާއިރު، ފުލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓް އަންނަ ހަފްތާގެ ތެރޭގައި ނެރުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެއެވެ.

ފުލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓުގައި ވާގޮތުން 15000ށް ވުރެ ގިނަ މީހުން ފްލެޓަށް ޝަރުތު ހަމަވެއެވެ. އެ ޝަރުތު ހަމަވި އެންމެނަށް ފުލެޓް ދޭން ސަރުކާރުން ނިންމާފައިވާއިރު، އެ މީހުންނަށް ފްލެޓު ދިނުމަށްޓަކައ އިތުރު 3،500 ޔުނިޓު އިމާރާތް ކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް، ހައުސިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަދި ފްލެޓު ކޮމިޓީގެ ޗެއާ އަކްރަމް ކަމާލުއްދީން ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ޖައިޝަންކަރުގެ އެފްރިކާ ދަތުރުފުޅު ނިންމަވާލައްވައިފި
މި ދަތުރުފުޅުގައި ޖައިޝަންކަރު ވަޑައިގަތީ ގާނާ، އައިވަރީ ކޯސްޓް އަދި އިތިއޯޕިއާ އަށެވެ
11 Oct 2026
އީގަލް ހިލްސްގެ މަޝްރޫއު ހުއްޓައިލުމަށް ޔާމީން ގޮވައިލައްވައިފި
މި މަޝްރޫޢަކީ ދިވެހި މުޖުތަމައުގެ އަގުތަކާއި އިސްލާމީ އުސޫލުތަކާ މުޅިން ޚިލާފު ކަމެއް ކަމަށާއި، މިކަމުގެ ސަބަބުން ދިވެހިންގެ މެދުގައި އެ ކުންފުންޏާ މެދު އޮތީ ނަފުރަތާއި ނުރުހުން ކަމަށްވެސް ރައީސް ޔާމީނު ވަނީ ބުނެފައެވެ. އެހެންކަމުން، ބުއްދިވެރި ގޮތަކީ މި މަޝްރޫޢު އިތުރަށް ކުރިއަށް ނުގެންގޮސް، މިހާރުން މިހާރަށް އުވާލުން ކަމަށް ބުނެ ވަނީ އިންޒާރު ދީފައެވެ.
11 Oct 2026
އެކްސިޑެންޓު ތަހުގީގަށް ހާއްސަ ޑިޖިޓަލް ސޮފްޓްވެއާއެއް ފުލުހުން ތައާރަފުކޮށްފި
މި ސޮފްޓްވެއާ ފަރުމާކޮށްފައި ވަނީ، ހާދިސާ ހިނގި ތަންތަނުގެ ކުރެހުންތައް ފަސޭހަކަމާ އެކު ތައްޔާރުކުރެވޭ ގޮތަށެވެ
11 Oct 2026
ޕްރިޒަން އޮފިސަރުންނަކީ ދައުލަތުގެ ސަލާމަތީ ވިއުގައިގައި ބޮޑު ގައުމީ ޒިންމާއެއް އުފުލާ ބައެއް: އިހުސާން
މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ, ބޭސިކް ކަރެކްޝަނަލް އޮފިސަރސްގެ ޓްރެއިނިންގ ޕްރޮގްރާމްގެ ތިންވަނަ ބެޗު ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
11 Oct 2026
ސީޖޭޕީގެ ލީޑަރުން ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފި
މި 3 މީހުން ހައްޔަރުކުރީ އިއްޔެ އެ މީހުން ދިއްލީގައި ބާއްވަން ރާވާފައިވާ މުޒާހަރާއެއްގައި ބައިވެރިވުމަށް ދަތުރުކުރި ފްލައިޓު ނިއު ދިއްލީއަށް ޖެއްސުމާއެކު ޓާމިނަލާ ފްލައިޓް ކައިރި ކުރި ވަގުތު ފުލުހުން ފްލައިޓަށް އަރައިގެންނެވެ.
11 Oct 2026
އަޒަރުބައިޖާނުގެ ސްކޫލްތަކުގައި ބުރުގާ މަނާކުރުމާ ދެކޮޅަށް ދަރިވަރުން ކުލާސް ބޮއިކޮޓްކޮށްފި
އެ ޤައުމުގެ ކެބިނެޓުން ސްކޫލް ޔުނީފޯމްގެ ޤަވާއިދު އިޞްލާޙުކޮށް، ޔުނީފޯމުގެ އެއްގޮތް ކަމަށް ބުރޫއަރާ އަދި ތަޢުލީމުގެ ސެކިއުލާ އުޞޫލާ ޚިލާފު ހެދުން އެޅުން ވަނީ މަނާކޮށްފައެވެ. ނަމަވެސް އެ ޤަރާރުގައި ސީދާ "ބުރުގާ" މި ބަސް ބޭނުންކޮށްފައި ނުވާ އިރު، ވަކި ދީނީ ހެދުމަކަށް ޚާއްޞަކޮށް އިޝާރާތްކޮށްފައެއް ނުވެއެވެ
11 Oct 2026
ހުއްދަ ނުނަގައި މިހާރުވެސް ގިނަ ފަރާތްތަކަކުން ކެމިކަލް ވިއްކަމުންދޭ
ކެމިކަލް އިމްޕޯޓް ނުކުރި ނަމަވެސް، މާލޭގެ ބޮޑެތި ފިހާރަތަކުން ގަނެގެން ކުދި ފިހާރަތަކުގައި ވިއްކާ ފަރާތްތަކާއި، ރަށްރަށަށް ގެންގޮސްގެން ވިއްކާ ފަރާތްތަކުން ވެސް ފިހާރަ ރަޖިސްޓްރީކޮށް ހުއްދަ ނަގަންޖެހޭނެ ކަމަށް ޒިދްނާ ވިދާޅުވިއެވެ. އަދި ކުދި ބޯޓުފަހަރުގެ އިތުރުން 200 ކިލޯއަށް ވުރެ ގިނައިން ގެންގުޅޭ ފަރާތްތަކުންވެސް ހުއްދަ ނަގަންޖެހޭ
11 Oct 2026
ތިން މީހުން އަރުވައިގެން ސައިކަލް ދުއްވީ، ބަންދުގައި ހުއްޓައި ފުލުހުން ދޫކޮށްލި މީހެއް
މިފަހުން އެކްސިޑެންޓް ހިނގާފައިވަނީވެސް ކްރިމިނަލް ކޯޓުން ކުރިއަށްދިޔަ މައްސަލައެއްގައި ބަންދުގެ މުއްދަތު ހަމަނުވަނީސް ފުލުހުން އޭނާ ދޫކޮށްލާފައިވަނިކޮށެވެ. އަދި އެކްސިޑެންޓް ހިނގީ އޭނާ ދޫކޮށްލި ދުވަހުކަމަށްވެސް މައުލޫމާތު ވަނީ ލިބިފައެވެ. ކޯޓުން ޖެހި ބަންދުގެ މުއްދަތު ހަމަވާން އޮތީ މިމަހުގެ 16 ވަނަ ދުވަހުއެވެ.