ކެނެޑާގެ ބޮޑުވަޒީރު--
ހަބަރު
19 Sep 2023 | 11:35
ކެނެޑާގައި ހުންނަ އިންޑިއަން އެމްބަސީގެ ޑިޕްލޮމެޓެއް އެ ގައުމުން ފޮނުވާލައިފި!

ކެނެޑާގެ ރައްޔިތެއް ކަމަށްވާ ސިކު އެކްޓިވިސްޓެއްގެ މަރާ އިންޑިއާ ސަރުކާރާ ގުޅުން ހުރިކަމަށް ބުނެ، ކެނެޑާގައި ހުރި އިންޑިއާގެ ޑިޕްލޮމެޓް އެގައުމުން ފޮނުވާލައިފިއެވެ. 

މިދިޔަ ޖޫން މަހު 18 ވަނަ ދުވަހު ބްރިޓިޝް ކޮލަމްބިއާގައި، މަރާލި ސިކް ލީޑަރު ހަރްދީޕް ސިންގް ނިއްޖާރު މަރާލުމުގައި އިންޑިއާ ސަރުކާރުގެ އެޖެންޓުންގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވޭ ކަމަށް ކެނެޑާގެ ގާނޫނު ހަދާ މަޖިލީހުގައި އިއްޔެ ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވަނީ ވިދާޅުވެފަ އެވެ. ހަރުދީޕް ސިންގަކީ އިންޑިއާގެ ސިކުންގެ ހައްގުތަކާ މެދު ވަކާލާތު ކުރި ކެނެޑާގެ އެކްޓިވިސްޓެކެވެ.

ކެނެޑާގެ ބޮޑުވަޒީރު ވިދާޅުވިގޮތުގައި ސިކު ލީޑަރު މަރާލި މައްސަލައާ ބެހޭ ވޮތުން ޖީ20 ސަމިޓުގެ ތެރެއިން ބައްދަލު ކުރައްވައި އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީއަށް ކަންބޮޑުވުން ފާޅުކުރެއްވި ކަމަށެވެ. އަދި ބޭރު ގައުމެއްގެ ސަރުކާރަކުން ކެނެޑާގެ ރައްޔިތަކު ކެނެޑާގެ ބިމުގައި މަރާލުމަކީ ކެނެޑާގެ "ސިޔާދަތަށް އަރައިގަތުން" އެއީ "ބަލައިގަނެވޭނެ ކަމެއް ނޫން" ކަމަށެވެ. އެހެން ކަމުން އިންޑިއާ ސަރުކާރަށް އޭނާ ގޮވައިލެއްވީ މައްސަލައިގެ އެންމެ އަޑިއަށް ދިއުމަށް ކުރަމުންދާ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދިނުމަށެވެ.

މި ކަމާއި ގުޅިގެން ކެނެޑާގެ ފޮރިން މިނިސްޓަރު މެލެނީ ޖޯލީ ވިދާޅުވި ސިކު ލީޑަރު މެރުމަކީ އެ ގައުމުގެ މިނިވަންކަމަށް އަރައިގަތުން ކަމުގައި ބެލެވޭ ކަމަށާ، މި މައްސަލައާ ގުޅިގެން ކެނެޑާއިން އެ ގައުމުގައި ހުންނަ އިންޑިއަން އެމްބަސީގެ ޑިޕްލޮމެޓެއް އެ ގައުމުން ފޮނުވައިލައިފައިވާ ކަމަށެވެ. 

އޭގެ ރައްދުގައި އިންޑިއާއިން ވަނީ އިންޑިއާގައި ހުންނަ ކެނެޑާގެ ސީނިއަރ ޑިޕްލޮމެޓެއްް އެގައުމުން ދިޔުމަށް އަންގާފައިވާނެ ކަމަށް ބުނެފައެވެ. އަދި އެކަމަށްޓަކައި އޭނާއަށް 5 ދުވަހުގެ މުއްދަތު ދީފައިވާނެ ކަމަށްވެސް އިންޑިއާއިން ބުނެއެވެ. 

ހަރުދީޕް ސިންގްގެ މައްސަލާގައި އިންޑިއާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިންޑިއާގައި ޚާލިސްތާނުގެ ނަމުގައި ވަކި ގައުމެއް އުފައްދަން މަސައްކަތް ކުރާ ސިކް ޓެރަރިސްޓް ގްރޫޕަށް ކެނެޑާއިން ވާގިވެރިވަމުން އަންނަ ކަމަށެވެ. އަދި ހަރުދީޕް ސިންގުގެ މަރާ އިންޑިއާ އާ ގުޅުވަނީ އެ ތުހުމަތުތަކުން ސަލާމަތްވުމަށް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ޖައިޝަންކަރުގެ އެފްރިކާ ދަތުރުފުޅު ނިންމަވާލައްވައިފި
މި ދަތުރުފުޅުގައި ޖައިޝަންކަރު ވަޑައިގަތީ ގާނާ، އައިވަރީ ކޯސްޓް އަދި އިތިއޯޕިއާ އަށެވެ
11 Oct 2026
އީގަލް ހިލްސްގެ މަޝްރޫއު ހުއްޓައިލުމަށް ޔާމީން ގޮވައިލައްވައިފި
މި މަޝްރޫޢަކީ ދިވެހި މުޖުތަމައުގެ އަގުތަކާއި އިސްލާމީ އުސޫލުތަކާ މުޅިން ޚިލާފު ކަމެއް ކަމަށާއި، މިކަމުގެ ސަބަބުން ދިވެހިންގެ މެދުގައި އެ ކުންފުންޏާ މެދު އޮތީ ނަފުރަތާއި ނުރުހުން ކަމަށްވެސް ރައީސް ޔާމީނު ވަނީ ބުނެފައެވެ. އެހެންކަމުން، ބުއްދިވެރި ގޮތަކީ މި މަޝްރޫޢު އިތުރަށް ކުރިއަށް ނުގެންގޮސް، މިހާރުން މިހާރަށް އުވާލުން ކަމަށް ބުނެ ވަނީ އިންޒާރު ދީފައެވެ.
11 Oct 2026
އެކްސިޑެންޓު ތަހުގީގަށް ހާއްސަ ޑިޖިޓަލް ސޮފްޓްވެއާއެއް ފުލުހުން ތައާރަފުކޮށްފި
މި ސޮފްޓްވެއާ ފަރުމާކޮށްފައި ވަނީ، ހާދިސާ ހިނގި ތަންތަނުގެ ކުރެހުންތައް ފަސޭހަކަމާ އެކު ތައްޔާރުކުރެވޭ ގޮތަށެވެ
11 Oct 2026
ޕްރިޒަން އޮފިސަރުންނަކީ ދައުލަތުގެ ސަލާމަތީ ވިއުގައިގައި ބޮޑު ގައުމީ ޒިންމާއެއް އުފުލާ ބައެއް: އިހުސާން
މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ, ބޭސިކް ކަރެކްޝަނަލް އޮފިސަރސްގެ ޓްރެއިނިންގ ޕްރޮގްރާމްގެ ތިންވަނަ ބެޗު ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
11 Oct 2026
ސީޖޭޕީގެ ލީޑަރުން ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފި
މި 3 މީހުން ހައްޔަރުކުރީ އިއްޔެ އެ މީހުން ދިއްލީގައި ބާއްވަން ރާވާފައިވާ މުޒާހަރާއެއްގައި ބައިވެރިވުމަށް ދަތުރުކުރި ފްލައިޓު ނިއު ދިއްލީއަށް ޖެއްސުމާއެކު ޓާމިނަލާ ފްލައިޓް ކައިރި ކުރި ވަގުތު ފުލުހުން ފްލައިޓަށް އަރައިގެންނެވެ.
11 Oct 2026
އަޒަރުބައިޖާނުގެ ސްކޫލްތަކުގައި ބުރުގާ މަނާކުރުމާ ދެކޮޅަށް ދަރިވަރުން ކުލާސް ބޮއިކޮޓްކޮށްފި
އެ ޤައުމުގެ ކެބިނެޓުން ސްކޫލް ޔުނީފޯމްގެ ޤަވާއިދު އިޞްލާޙުކޮށް، ޔުނީފޯމުގެ އެއްގޮތް ކަމަށް ބުރޫއަރާ އަދި ތަޢުލީމުގެ ސެކިއުލާ އުޞޫލާ ޚިލާފު ހެދުން އެޅުން ވަނީ މަނާކޮށްފައެވެ. ނަމަވެސް އެ ޤަރާރުގައި ސީދާ "ބުރުގާ" މި ބަސް ބޭނުންކޮށްފައި ނުވާ އިރު، ވަކި ދީނީ ހެދުމަކަށް ޚާއްޞަކޮށް އިޝާރާތްކޮށްފައެއް ނުވެއެވެ
11 Oct 2026
ހުއްދަ ނުނަގައި މިހާރުވެސް ގިނަ ފަރާތްތަކަކުން ކެމިކަލް ވިއްކަމުންދޭ
ކެމިކަލް އިމްޕޯޓް ނުކުރި ނަމަވެސް، މާލޭގެ ބޮޑެތި ފިހާރަތަކުން ގަނެގެން ކުދި ފިހާރަތަކުގައި ވިއްކާ ފަރާތްތަކާއި، ރަށްރަށަށް ގެންގޮސްގެން ވިއްކާ ފަރާތްތަކުން ވެސް ފިހާރަ ރަޖިސްޓްރީކޮށް ހުއްދަ ނަގަންޖެހޭނެ ކަމަށް ޒިދްނާ ވިދާޅުވިއެވެ. އަދި ކުދި ބޯޓުފަހަރުގެ އިތުރުން 200 ކިލޯއަށް ވުރެ ގިނައިން ގެންގުޅޭ ފަރާތްތަކުންވެސް ހުއްދަ ނަގަންޖެހޭ
11 Oct 2026
ތިން މީހުން އަރުވައިގެން ސައިކަލް ދުއްވީ، ބަންދުގައި ހުއްޓައި ފުލުހުން ދޫކޮށްލި މީހެއް
މިފަހުން އެކްސިޑެންޓް ހިނގާފައިވަނީވެސް ކްރިމިނަލް ކޯޓުން ކުރިއަށްދިޔަ މައްސަލައެއްގައި ބަންދުގެ މުއްދަތު ހަމަނުވަނީސް ފުލުހުން އޭނާ ދޫކޮށްލާފައިވަނިކޮށެވެ. އަދި އެކްސިޑެންޓް ހިނގީ އޭނާ ދޫކޮށްލި ދުވަހުކަމަށްވެސް މައުލޫމާތު ވަނީ ލިބިފައެވެ. ކޯޓުން ޖެހި ބަންދުގެ މުއްދަތު ހަމަވާން އޮތީ މިމަހުގެ 16 ވަނަ ދުވަހުއެވެ.