އުރީދޫގެ އައު އިމާރާތް
ވިޔަފާރި
26 Sep 2023 | 12:40
ޑިޖިޓަލް ދިވެހި ރާއްޖެއެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތް ރަމްޒު ކޮށްދޭ އުރީދޫގެ އައު ހެޑްކުއާޓާރު އިފްތިތާހުކޮށްފި!

އުރީދޫ މޯލްޑިވްސްގެ އެންމެ ޒަމާނީ އުރީދޫ މޯލްޑިވްސް ހެޑް ކުއާޓާސް ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.

11 ބުރީގެ މި އިމާރާތުގައި އުރީދޫ އެކްސްޕީރިއަންސް ސެންޓަރަކާއި ކްލަބް ޕްރިމިއާ ލައުންޖެއް ހުންނައިރު ކަސްޓަމަރުންނަށް ގިނަ ހިދުމަތްތަކެއް ލިބޭނެ ކަމަށް އުރީދޫއިން ބުނެއެވެ. 

ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އިމާރާތް ހުޅުވައިދެއްވީ ރާއްޖޭގެ ނައިބު ރައީސް އަލްފާޟިލް ފައިސަލް ނަސީމް އާއި އުރީދޫ ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އަލްފާޟިލް އަޒީޒް އަލް އުޘްމާން ފަޚްރޫ އާއި އުރީދޫ މޯލްޑިވްސްގެ ޗެއަރޕަރސަން އަލްފާޟިލާ ފާތިމާ އަލް ކުވާރީ އާދި އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޚާލިދު އަލް ޙަމާދީއެވެ. އުރީދޫ މޯލްޑިވްސް މި އިމާރާތް އިފްތިތާހު ކުރުމުގެ ގޮތުން މުޅި އިމާރާތް އަލިފާނުގެ ފަރުދާއަކާއި ހިތްގައިމު ހަވާ އެރުވުމުގެ ކުލަތަކުން މުޅި ޢިމާރާތް އަލިކޮށްލިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފައިސަލް ނަސީމް އުރީދޫ މޯލްޑިވްސް އަކީ ވޭތުވެދިޔަ 18 އަހަރުން ފެށިގެން އަޅުގަނޑުމެންގެ ޓެލެކޮމިއުނިކޭޝަން ދާއިރާގެ ތަނބެއް ކަމަށެވެ. އަދި އުރީދޫ ގެ ޓީމުން ރާއްޖޭގެ ޓެލެކޮމިއުނިކޭޝަންސް ދާއިރާ ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތަކީ އަގުނުކުރެވޭ ވަރުގެ ޚިދުމަތެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އެގޮތުން ރާއްޖޭގައި ފުރަތަމަ 4ޖީ ނެޓްވޯކް ތައާރަފްކުރުމާއި، އީޖާދީ ޑިޖިޓަލް ހިދުމަތްތައް ތައާރަފްކުރުމާއި، އިޖުތިމާއީ އަދި ތިމާވެށީގެ ކަންކަމަށާއި އެހެނިހެން އިޖްތިމާއީ ކަންކަމަށް އެހީތެރިކަން ފޯރުކޮށްދިނުން ފަދަ ގިނަ ގުނަ ހިދުމަތްތައް ހިމެނޭ. މީގެ އިތުރުން ހެޔޮ އަގުގައި ފެންވަރު ރަނގަޅު އުފެއްދުންތަކާއި ޚިދުމަތްތަކުން ދިވެހިން ގުޅާލަދީ ޑިޖިޓަލް ހިދުމަތްތަކަށް އަހުލުވެރިކޮށް، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށާއި ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކުރުމަށް އުރީދޫއިން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކޮށް މަރުހަބާކިޔަން. ކުރިއަށްއޮތްތަނުގައިވެސް އުރީދޫ ގްރޫޕާއި އުރީދޫ މޯލްޑިވްސް އާއި އެ ކުންފުނީގެ ޓީމުން ރާއްޖޭގައި ތިބި ކަސްޓަމަރުންނަށް ނަމޫނާ ހިދުމަތްތަކެއް ދެމުން ގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް." ފައިސަލް ނަސީމް ވިދާޅުވި އެވެ. 

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުރީދޫ ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ، އަޒީޒް އަލް އުޘްމާން ފަޚްރޫ ވިދާޅުވީ ރާއްޖެ އަކީ ޑިޖިޓަލް ހިދުމަތްތަކުން މުޖުތަމައުތައް ބިނާކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުރީދޫ ގްރޫޕުން ކުރަމުން އަންނަ މަސައްކަތުގައި ވަރަށް ހާއްސަ ޖާގައެއް އޮތް ގައުމެއް ކަމަށެވެ. އަދި އާ ހެޑްކުއާޓަރަކީ، ޑިޖިޓަލް ދިވެހި ރާއްޖެއެއް ބިނާކުރުމުގެ އަޒުމުގައި ފާއިތުވި އަހަރުތަކުގައި އުރީދޫ އިން ކޮށްފައިވާ އިންވެސްޓްމަންޓްތަކުގެ ރަމްޒެއް ކަމަށްވެސް ވިދާޅުވި އެވެ. 

"ހަމަ އެހެންމެ ޑިޖިޓަލް ޙިދުމަތްތައް ކުރިއެރުވުމަށް ދުނިޔޭގެ ފެންވަރުގެ ޓެކްނޮލޮޖީތައް ގެނެސް ރާއްޖޭގެ ޑިޖިޓަލް މުސްތަގުބަލު ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އަޅުގަނޑުމެން ކުރާ މަސައްކަތުގައި ދެމެހެއްޓެނިވި ގޮތެއްގައި ދެމިތިބޭނެ ކަމުގެ ހެއްކެއް. މި ފުރުސަތުގައި އަޅުގަނޑުމެންގެ މި މަސައްކަތަށް އެއްބާރުލުންދީ މި މަސައްކަތުގައި ބައިވެރިވަޑައިގަންނަވާ ސްޓޭކްހޯލްޑަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން." އުރީދޫ ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ، އަޒީޒް އަލް އުޘްމާން ފަޚްރޫ ވިދާޅުވި އެވެ. 

ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ، ޚާލިދު އަލް ހަމާދީ ވިދާޅުވީ، އުރީދޫ މޯލްޑިވްސް ހެޑް ކުއާޓާސް ރަމްޒުކޮށްދެނީ ވޭތުވެދިޔަ 18 އަހަރުގެ ތެރޭގައި އުރީދޫގެ ހީވާގި ޓީމުން ކުރަމުން އައި ބުރަ މަސައްކަތުގެ ކާމިޔާބީތަކާއި ހާސިލްކުރެވިފައިވާ މޭލުގާތައް ކަމަށެވެ. އަދި އެ އިމާރާތަކީ ދިވެހި ރައްޔިތުންނާ އެކު އޮންނަ ގާތް ގުޅުމާއި، މުޖުތަމައުތަކުގެ ކުރިއެރުމަށް އުރީދޫން ކުރާ މަސައްކަތާ، މިހާރަށްވުރެ އުޖާލާ، ގުޅިލާމެހިފައިވާ މުސްތަޤްބަލެއް ޤާއިމުކުރުމުގައި ސާބިތުކަމާ އެކު ދެމިތިބޭނެ ކަމުގެ ރަމްޒެއް ކަމަށެވެ. 

"މި ފުރުސަތުގައި އުރީދޫ މޯލްޑިވްސްގެ ހީވާގި މުވައްޒަފުންގެ ބުރަ އަދި ކާމިޔާބު މަސައްކަތް ފާހަގަކޮށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވަން. އަދި އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި ޕާޓްނަރުންގެ ފަރާތުން ލިބެމުންދާ އެއްބާރުލާމާއި އިތުބާރަށް ފަށްފަށުން ޝުކުރުދަންނަވަން." ޚާލިދު އަލް ހަމާދީ ވިދާޅުވި އެވެ. 

ހުޅުމާލޭގެ މެދުގައި ބިނާކުރެވިފައިވާ މި އާ އިމާރާތުގައި އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ގެ ވަސީލަތްތައް ހިމެނޭއިރު، މި އިމާރާތުގައި މުވައްޒަފުންނަށް އުފެއްދުންތެރިކަމާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކާއިއެކު ކުރިއެރުމަށް މަގުފަހިވާ ފަދަ ހިތްފަސޭހަ އަދި ރައްކާތެރި މަސައްކަތުގެ މާހައުލެއް ގާއިމްކުރެވިފައިވެއެވެ. ޒަމާނީ ޑިޒައިންގެ މައްޗަށް ބިނާކުރެވިފައިވާ މި އިމާރާތުގައި ހައި ޕާފޯމަންސް އޮފީސް ސްޕޭސް، މުނިފޫހިފިލުވުމަށް ހާއްސަ އޭރިއާ އާއި، ކުއަޓް ރޫމްސް، ޓައުން ހޯލް އޭރިއާ، ކެފޭ، މީޓިން ރޫމް، ޕާކިން އޭރިއާ ގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ސަރަހައްދަކާއި ޖިމް ފެސިލިޓީ ފަދަ ޒަމާނީ ވަސީލަތްތައް ހިމެނެ އެވެ.

މި އިމާރާތުގައި ތިމާވެށީގެ ދެމެހެއްޓެނިވި އެތައް ސިފަތަކެއް ހިމެނޭ އިރު، އިރުގެ ހޫނުން ސަލާމަތްވުމުގެ އިތުރުން ކަރަންޓު ބޭނުންކުރާ މިންވަރު މަދުކުރުމަށް އިމާރާތުގެ ބޭރުގައި ބޭނުންކުރެވިފައިވަނީ ލެމިނޭޓެޑް ޓެމްޕަރޑް ބިއްލޫރިއެވެ. މި އިމާރާތުގައި ތާޒާ ވައިގެ ސަޕްލައި ސިސްޓަމަކާއި ލައިޓިން މެނޭޖްމަންޓް ސިސްޓަމާއި ސޯލާ ޕެނަލްގެ އިތުރުން ފެން ޚަރަދު ސަލާމަތް ކުރުމަށް ވާރޭ ފެން ރައްކާކުރެވޭނެ ނިޒާމެއް ވެސް ހިމެނެ އެވެ. މީގެ އިތުރުން އިމާރާތް ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން އެންމެ ފުރިހަމައަށް ކަށަވަރުކުރުމަށް ފަޔަރ ރޭޓެޑް ދޮރުތަކާއި ފަޔަރ ރޭޓެޑް ބިއްލޫރި އަދި އޮޓޮމެޓިކް ފަޔަރ ސޭފްޓީ ސިސްޓަމް ގާއިމްކުރެވިފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކޮށް މުޖުތަމައުތަކުގެ ދިރިއުޅުން މުއްސަނދިކޮށް އައު ފުރުސަތުތަކާ ގުޅުވާލަދިނުމުގައި އުރީދޫ މޯލްޑިވްސް އިން ދެމިތިބޭނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް މި ހަފަލާގާ އުރީދޫ އިން އަރުވާފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ސީޖޭޕީގެ ލީޑަރުން ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފި
މި 3 މީހުން ހައްޔަރުކުރީ އިއްޔެ އެ މީހުން ދިއްލީގައި ބާއްވަން ރާވާފައިވާ މުޒާހަރާއެއްގައި ބައިވެރިވުމަށް ދަތުރުކުރި ފްލައިޓު ނިއު ދިއްލީއަށް ޖެއްސުމާއެކު ޓާމިނަލާ ފްލައިޓް ކައިރި ކުރި ވަގުތު ފުލުހުން ފްލައިޓަށް އަރައިގެންނެވެ.
11 Oct 2026
އަޒަރުބައިޖާނުގެ ސްކޫލްތަކުގައި ބުރުގާ މަނާކުރުމާ ދެކޮޅަށް ދަރިވަރުން ކުލާސް ބޮއިކޮޓްކޮށްފި
އެ ޤައުމުގެ ކެބިނެޓުން ސްކޫލް ޔުނީފޯމްގެ ޤަވާއިދު އިޞްލާޙުކޮށް، ޔުނީފޯމުގެ އެއްގޮތް ކަމަށް ބުރޫއަރާ އަދި ތަޢުލީމުގެ ސެކިއުލާ އުޞޫލާ ޚިލާފު ހެދުން އެޅުން ވަނީ މަނާކޮށްފައެވެ. ނަމަވެސް އެ ޤަރާރުގައި ސީދާ "ބުރުގާ" މި ބަސް ބޭނުންކޮށްފައި ނުވާ އިރު، ވަކި ދީނީ ހެދުމަކަށް ޚާއްޞަކޮށް އިޝާރާތްކޮށްފައެއް ނުވެއެވެ
11 Oct 2026
ހުއްދަ ނުނަގައި މިހާރުވެސް ގިނަ ފަރާތްތަކަކުން ކެމިކަލް ވިއްކަމުންދޭ
ކެމިކަލް އިމްޕޯޓް ނުކުރި ނަމަވެސް، މާލޭގެ ބޮޑެތި ފިހާރަތަކުން ގަނެގެން ކުދި ފިހާރަތަކުގައި ވިއްކާ ފަރާތްތަކާއި، ރަށްރަށަށް ގެންގޮސްގެން ވިއްކާ ފަރާތްތަކުން ވެސް ފިހާރަ ރަޖިސްޓްރީކޮށް ހުއްދަ ނަގަންޖެހޭނެ ކަމަށް ޒިދްނާ ވިދާޅުވިއެވެ. އަދި ކުދި ބޯޓުފަހަރުގެ އިތުރުން 200 ކިލޯއަށް ވުރެ ގިނައިން ގެންގުޅޭ ފަރާތްތަކުންވެސް ހުއްދަ ނަގަންޖެހޭ
11 Oct 2026
ތިން މީހުން އަރުވައިގެން ސައިކަލް ދުއްވީ، ބަންދުގައި ހުއްޓައި ފުލުހުން ދޫކޮށްލި މީހެއް
މިފަހުން އެކްސިޑެންޓް ހިނގާފައިވަނީވެސް ކްރިމިނަލް ކޯޓުން ކުރިއަށްދިޔަ މައްސަލައެއްގައި ބަންދުގެ މުއްދަތު ހަމަނުވަނީސް ފުލުހުން އޭނާ ދޫކޮށްލާފައިވަނިކޮށެވެ. އަދި އެކްސިޑެންޓް ހިނގީ އޭނާ ދޫކޮށްލި ދުވަހުކަމަށްވެސް މައުލޫމާތު ވަނީ ލިބިފައެވެ. ކޯޓުން ޖެހި ބަންދުގެ މުއްދަތު ހަމަވާން އޮތީ މިމަހުގެ 16 ވަނަ ދުވަހުއެވެ.
11 Oct 2026
ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނުން މިހާރު ދަނީ ރޮނާލްޑޯއާ މެދު އަމަލުކުރާނެ ފައިނަލް ގޮތެއް ނިންމުމަށް ޑިސިޕްލިނަރީ މައްސަލަ ބަލަމުންނެވެ
11 Oct 2026
ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
މެޗަށްފަހު ރެއާލް މެޑްރިޑް ޕޮއިންޓް ތާވަލްގެ ތިންވަނައަށް ޖެހިލިއިރު ވިޔަރެއާލް އުޅެނީ ތާވަލްގެ 10 ވަނާގައެވެ.
11 Oct 2026
މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފަހުބައި ފުރިހަމަކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ
11 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި 12 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ
ސައުޒީ ގެޒެޓުން މިއަދު ބުނީ ސައުދީގެ ސިވިލް އެވިއޭޝަން އޮތޯރިޓީން މިއަދު ހެނދުނު ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ސައުދީ އަރަބިއްޔާގެ ހަތަރު ރައްޔިތުންނާއި، ބަންގްލަދޭޝްގެ ދެ މީހުންގެ އިތުރުން އެމެރިކާ، މިސްރު، އުރުދުން، ސޫރިޔާ، ފަލަސްތީން އަދި ސޫދާނަށް ނިސްބަތްވާ މީހެކެވެ