ވިޔަފާރި
05 Oct 2023 | 10:59
އުރީދޫ ނޭޝަން ގޭމާރސް ލޭންޑް: ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ގޭމިންގ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު

އުރީދޫ ނޭޝަން ގޭމާސް ލޭންޑް، ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ގޭމިންގ ފެސްޓިވަލްގައި ކުރިއަށް ދާ މުބާރާތްތަކުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އުރީދޫން ބުނީ، މި ގޭމިން ފެސްޓިވަލްގައި ބޭއްވޭ މުބާރާތްތަކުން މޮޅުވާ ފަރާތްތަކަށް ބޮޑެތި ފައިސާގެ އިނާމުތަކުގެ އިތުރުން ހުރިހާ އުމުރުފުރައެއްގެ ގޭމަރުންނަށްވެސް މަޖާ އަދި ހިތްގައިމު ތަޖުރިބާއެއް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. 

މި ގޭމިން ފެސްޓިވަލްގައި ބައިވެރިވުމަށް އުރީދޫ ނޭޝަން އިން ހުރިހާ ގޭމަރުންނަށްވެސް ވަނީ ދައުވަތު އަރުވާފައެވެ. އުރީދޫ ނޭޝަން ދަ ގޭމާސް ލޭންޑް ގޭމިންގ ފެސްޓިވަލްގައި ހިމެނޭ މުބާރާތްތަކުގައި ހިމެނެނީ: 

ރޭސިން ސިމް ޗެލެންޖް

ވަރޗުއަލްކޮށް ކާރު ދުއްވުމުގެ ހުނަރު ދައްކާލާ އެހެން ކުޅުންތެރިންނާ ވާދަ ކުރާ ރޭސިން ސިމް ޗެލެންޖުން މޮޅުވާ ފަރާތްތަކަށް ވަރަށް ހާއްސަ ފައިސައިގެ އިނާމުތައް ވަނީ ހަމަޖެހިފައެވެ. އެގޮތުން:

1 ވަނަ އަށް ދާ ފަރާތަށް 11،000ރ ގެ ފައިސާ ގެ އިނާމު

2 ވަނަ އަށް ދާ ފަރާތައް 8،000ރ ގެ ފައިސާ ގެ އިނާމު

3 ވަނަ އަށް ދާ ފަރާތަށް 6،000ރ ގެ ފައިސާ ގެ އިނާމު

ކޮސްޕްލޭ 

ކޮސްޕްލޭ ޗެލެންޖްގައި ބައިވެރިވުމަށް ރެޖިސްޓަރ ވާ ފަރާތްތަކުން އުރީދޫ ނޭޝަން ގޭމަރސް ލޭންޑް ގޭމިން ފެސްޓިވަލަށް އަންނަން ވާނީ އެ ބައިވެރިއަކަށް އެންމެ ކަމުދާ ކެރެކްޓަރ އެއްގެ ކޮސްޓިއުމުގައެވެ. 19 އަދި 20 އޮކޓޯބަރު ގައި މި ގޭމިންގް ފެސްޓިވަލްގައި ކޮސްޓިއުމްތައް ދައްކާލުމުގެ ފުރުސަތު ލިބިގެން ދާއިރު 3 ޖަޖުން ބައިވެރިންގެ ކޮސްޓިއުމްތައް ޖަޖް ކޮށް އެންމެ ފުރިހަމަ އަށް ކޮސްޓިއުމް ތައްޔާރު ކޮށްފައިވާ ބައިވެރިއަކަށް 10،000ރ ގެ ފައިސާގެ އިނާމު ލިބިގެންދާނެއެވެ. 

އީއޭއެފްސީ (ފީފާ) ޗެމްޕިއަންޝިޕް (އެފްސީ24)

ގޭމަރުންގެ މެދުގައި މަގުބޫލު ފުޓުބޯޅައިގެ ގޭމު ކަމަށް ވާ އީއޭއެފްސީ (ފީފާ) ޗެމްޕިއަންޝިޕް (އެފްސީ24) ގައި ވާދަކުރާފަރާތްތަކުގެ ތެރެއިން 1 ވަނަ 2 ވަނަ އަދި 3 ވަނަ ހޯދާ ފަރާތްތަކަށްވެސް އަގުހުރި ފައިސާގެ އިނާމުތަކެއް ވަނީ ހަމަޖެހިފައެވެ. 

1 ވަނަ އަށް ދާ ފަރާތަށް 20،000ރ ގެ ފައިސާ ގެ އިނާމު

2 ވަނަ އަށް ދާ ފަރާތައް 10،000ރ ގެ ފައިސާ ގެ އިނާމު

3 ވަނަ އަށް ދާ ފަރާތަށް 5،000ރ ގެ ފައިސާ ގެ އިނާމު

ޓެކްކެން މުބާރާތް 

ޓެކްކެން މުބާރާތުގައި ބައިވެރިވާ ފަރާތްތަކަށް ވެސް ހާއްސަ ފައިސާގެ އިނާމުތަކެއް ހަމަޖެހިފައި ވާ އިރު، މި މުބާރާތް ކުރިއަށް ދާނީ 19 އަދި 20 ވަނަ ދުވަހު އެވެ. ޓެކްކެން މުބާރާތުގައި ވާދަކޮށްގެން 1 ވަނަ 2 ވަނަ 3 ވަނަ ހޯދާ ފަރާތްތަކަށް ލިބޭ އިނާމުތަކުގެ ތެރޭގައި: 

1 ވަނަ އަށް ދާ ފަރާތަށް 5،000ރ ގެ ފައިސާ ގެ އިނާމު

2 ވަނަ އަށް ދާ ފަރާތައް 3،000ރ ގެ ފައިސާ ގެ އިނާމު

3 ވަނަ އަށް ދާ ފަރާތަށް 2،000ރ ގެ ފައިސާ ގެ އިނާމު

މި މުބާރާތްތަކުގައި ބައިވެރިވާން ބޭނުންވާ ގޭމަރުންނަށް 15 އޮކްޓޯބަރު 2023 ވާ ބުރާސްފަތި ދުވަހުގެ ރޭ 11:59 ގެ ކުރިން  http://ore.do/gamersland މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޕަބްޖީ މުބާރާތް ކަމަށްވާ އުރީދޫ ނޭޝަން ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުތައްވެސް މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ 19އުރީދޫ ނޭޝަން – ގޭމާސް ލޭންޑް ގޭމިން ފެސްޓިވަލްގައި ކަމަށް އެ ކުންފުނިން ބުނެއެވެ.

އުރީދޫން އިތުރަށް ބުނީ، 2022 ވަނަ އަހަރު ބޭއްވި ރޯޑް ޓު 100ކޭ ކޮލިފައިން މުބާރާތްތައް ކަމަށްވާ ކޮންޓެންޑަރ ސީރީޒް 1، 2 އަދި 3 ގެ އިތުރުން ވައިލްޑް ކާޑް އެންޓްރީ ސީރީޒް ކާމިޔާބުކުރި ޖުމްލަ 16 ޓީމުން ފައިނަލްގައި ވާދަކުރާނެ ކަމަށެވެ. 

ޕަބްޖީ މުބާރާތުން ވަނަތައް ހޯދާ ފަރާތްތަކަށް ލިބޭ ފައިސާ ގެ އިނާމުތަކުގެ ތެރޭގައި 1 ވަނަ އަށް ދާ ޓީމަށް 50،000ރ ގެ ފައިސާ ގެ އިނާމު، 2 ވަނަ އަށް ދާ ޓީމަށް 20،000ރ ގެ ފައިސާ ގެ އިނާމު، 3 ވަނަ އަށް ދާ ޓީމަށް 10،000ރ ގެ ފައިސާ ގެ އިނާމު، 4 ވަނަ އަށް ދާ ޓީމަށް 5،000ރ ގެ ފައިސާ ގެ އިނާމު ގެ އިތުރުން 5 ވަނައިން ފެށިގެން 10 ވަނަ އަށް ދާ ޓީމުތަކަށް 1،500ރ ގެ ފައިސާ ގެ އިނާމު އަދި 11ވަނަ އިން ފެށިގެން 16 ވަނަ އާއި ހަމައަށް ވަނަ ހޯދާ ޓީމުތަކަށް 1،000ރ ގެ ފައިސާ ގެ އިނާމު ވަނީ ހަމަ ޖެހިފައެވެ. 

މި މުބާރާތްތަކުގެ އިތުރުން ގޭމިން ފެސްޓިވަލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ކްލޯ މެޝިނާއި، އެންމެ ފަހުގެ ވީޑިއޯ ގޭމްތައް އެކްސްޕްލޯކުރުމާއި، ތްރޯ ދަ ހޫޕް ފަދަ ގޭމުތަކުގެ އިތުރުން ތަފާތު ހަރަކާތްތައް ކުރިއަށް ގެންދެވޭނެ ކަމަށާ އަދި ކުޑަކުދިންނަށް ހާއްސަ ކިޑްސް އެރީނާ އަދި ޔޫވީ ފޭސް ޕެއިންޓު ސްޓޭށަންގެ އިތުރުން ފޮޓޯ ބޫތުއެއްވެސް ހިމެނިގެންދާނެ ކަމަށް ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ސީޖޭޕީގެ ލީޑަރުން ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފި
މި 3 މީހުން ހައްޔަރުކުރީ އިއްޔެ އެ މީހުން ދިއްލީގައި ބާއްވަން ރާވާފައިވާ މުޒާހަރާއެއްގައި ބައިވެރިވުމަށް ދަތުރުކުރި ފްލައިޓު ނިއު ދިއްލީއަށް ޖެއްސުމާއެކު ޓާމިނަލާ ފްލައިޓް ކައިރި ކުރި ވަގުތު ފުލުހުން ފްލައިޓަށް އަރައިގެންނެވެ.
11 Oct 2026
އަޒަރުބައިޖާނުގެ ސްކޫލްތަކުގައި ބުރުގާ މަނާކުރުމާ ދެކޮޅަށް ދަރިވަރުން ކުލާސް ބޮއިކޮޓްކޮށްފި
އެ ޤައުމުގެ ކެބިނެޓުން ސްކޫލް ޔުނީފޯމްގެ ޤަވާއިދު އިޞްލާޙުކޮށް، ޔުނީފޯމުގެ އެއްގޮތް ކަމަށް ބުރޫއަރާ އަދި ތަޢުލީމުގެ ސެކިއުލާ އުޞޫލާ ޚިލާފު ހެދުން އެޅުން ވަނީ މަނާކޮށްފައެވެ. ނަމަވެސް އެ ޤަރާރުގައި ސީދާ "ބުރުގާ" މި ބަސް ބޭނުންކޮށްފައި ނުވާ އިރު، ވަކި ދީނީ ހެދުމަކަށް ޚާއްޞަކޮށް އިޝާރާތްކޮށްފައެއް ނުވެއެވެ
11 Oct 2026
ހުއްދަ ނުނަގައި މިހާރުވެސް ގިނަ ފަރާތްތަކަކުން ކެމިކަލް ވިއްކަމުންދޭ
ކެމިކަލް އިމްޕޯޓް ނުކުރި ނަމަވެސް، މާލޭގެ ބޮޑެތި ފިހާރަތަކުން ގަނެގެން ކުދި ފިހާރަތަކުގައި ވިއްކާ ފަރާތްތަކާއި، ރަށްރަށަށް ގެންގޮސްގެން ވިއްކާ ފަރާތްތަކުން ވެސް ފިހާރަ ރަޖިސްޓްރީކޮށް ހުއްދަ ނަގަންޖެހޭނެ ކަމަށް ޒިދްނާ ވިދާޅުވިއެވެ. އަދި ކުދި ބޯޓުފަހަރުގެ އިތުރުން 200 ކިލޯއަށް ވުރެ ގިނައިން ގެންގުޅޭ ފަރާތްތަކުންވެސް ހުއްދަ ނަގަންޖެހޭ
11 Oct 2026
ތިން މީހުން އަރުވައިގެން ސައިކަލް ދުއްވީ، ބަންދުގައި ހުއްޓައި ފުލުހުން ދޫކޮށްލި މީހެއް
މިފަހުން އެކްސިޑެންޓް ހިނގާފައިވަނީވެސް ކްރިމިނަލް ކޯޓުން ކުރިއަށްދިޔަ މައްސަލައެއްގައި ބަންދުގެ މުއްދަތު ހަމަނުވަނީސް ފުލުހުން އޭނާ ދޫކޮށްލާފައިވަނިކޮށެވެ. އަދި އެކްސިޑެންޓް ހިނގީ އޭނާ ދޫކޮށްލި ދުވަހުކަމަށްވެސް މައުލޫމާތު ވަނީ ލިބިފައެވެ. ކޯޓުން ޖެހި ބަންދުގެ މުއްދަތު ހަމަވާން އޮތީ މިމަހުގެ 16 ވަނަ ދުވަހުއެވެ.
11 Oct 2026
ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނުން މިހާރު ދަނީ ރޮނާލްޑޯއާ މެދު އަމަލުކުރާނެ ފައިނަލް ގޮތެއް ނިންމުމަށް ޑިސިޕްލިނަރީ މައްސަލަ ބަލަމުންނެވެ
11 Oct 2026
ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
މެޗަށްފަހު ރެއާލް މެޑްރިޑް ޕޮއިންޓް ތާވަލްގެ ތިންވަނައަށް ޖެހިލިއިރު ވިޔަރެއާލް އުޅެނީ ތާވަލްގެ 10 ވަނާގައެވެ.
11 Oct 2026
މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފަހުބައި ފުރިހަމަކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ
11 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި 12 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ
ސައުޒީ ގެޒެޓުން މިއަދު ބުނީ ސައުދީގެ ސިވިލް އެވިއޭޝަން އޮތޯރިޓީން މިއަދު ހެނދުނު ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ސައުދީ އަރަބިއްޔާގެ ހަތަރު ރައްޔިތުންނާއި، ބަންގްލަދޭޝްގެ ދެ މީހުންގެ އިތުރުން އެމެރިކާ، މިސްރު، އުރުދުން، ސޫރިޔާ، ފަލަސްތީން އަދި ސޫދާނަށް ނިސްބަތްވާ މީހެކެވެ