އާދަމް ޝަރީފު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
11 Oct 2023 | 12:41
އެމްޑީޕީން ޖުޑިޝަރީ އިސްލާހުކުރާ ވާހަކަ މިހާރު ދައްކަނީ ކަނޑައެޅިގެން ޖެއްސުމަށް: އާދަމް ޝަރީފް

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީން) ޖުޑިޝަރީ އިސްލާހުކުރާ ވާހަކަ މިހާރު ދައްކަވަމުންދަނީ ކަނޑައެޅިގެން ޖެއްސުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ. 

އާދަމް ޝަރީފު މިފަދައިން ވިދާޅުވެފައި ވަނީ ސަރުކާރުގެ ފަރާތުން ހިތަދޫ އުތުރުދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ހުށައަޅުއްވާފައިވާ ޖުޑިޝަލް ސާވިސްކޮމިޝަންގެ ޤާނޫނަށް އިސްލާހުގެނައުމުގެ ބިލަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސްކުރައްވަމުން ނެވެ. 

އާދަމް ޝަރީފު ވިދާޅުވީ ޝަރުއީ ދާއިރާއަށް އޮތް ސިޔާސީ ނުފޫޒު ނައްތާލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަންގެ ކޮމްޕޮސިޝަން ބަދަލުކުރުމަކީ އެމްޑީޕީން ވީ ވައުދެއް ކަމަށެވެ.

އެ ވައުދު ފުއްދުމަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ ރައްޔިތުން އެމްޑީޕީއަށް ދީފައިވާ ކަމަށާއި، އަދި މިހާރުވެސް މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީގެ އަތުގައި އޮތް އިރު، އެކަން ކުރުމަށް މިހާތަނަށް އެމްޑީޕީން މަސައްކަތްކޮށްފައި ނުވާކަމަށެވެ. 

އެހެންކަމުން، އެމްޑީޕީގެ ސަރުކާރު ނިމުމުން، އަދި މަޖިލީހުގެ މި ދައުރު ނިމެން ކައިރިވުމުން ޖުޑިޝަރީ އިސްލާހުކުރާ ވާހަކަ މިހާރު ދައްކަވަމުން ދަނީ އެއްވެސް އިޚްލާސްތެރި ނިޔަތެއްގައި ނޫން ކަމަށާއި، އެއީ ކަނޑައެޅިގެން ޖެއްސުމަށް ދައްކަވަމުންދާ ވާހަކަތަކެއް ކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ. 

"އެއްވެސް އިރެއްގައެއް އެމްޑީޕީއަކުންނެއް ޖުޑިޝަރީ އިސްލާހުކުރާކަށް މަސައްކަތެއް ނުކުރޭ. މިހާރު މިވާހަކަ ފަށައިގެން މި އުޅެނީ ކަނޑައެޅިގެން... ކަނޑައެޅިގެން ޖެއްސުމަށް"

ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފު

އާދަމް ޝަރީފު ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލީސް އެމްޑީޕީއަށް ދިނުމުން، ހުރިހާ ބާރެއް މުށުތެރެއަށް ލައިގެންތިބެ، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ނުގެންދެވޭގޮތަށް މުޅި މަޖިލީސް "ޚަރާބުކުރީ" އެމްޑީޕީންކަން ރައްޔިތުންނަށް އެނގޭކަމަށެވެ. އަދި އެއީ ޖުޑިޝަރީ އިސްލާހުކުރާ ވާހަކަ ދައްކައިގެން އޮޅުވާލެވޭނެ ކަމެއް ނޫން ކަމަށެވެ. 

އެމްޑީޕީގެ ވައުދު ފުއްދުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު 3 ފަހަރުމަތިން ޖޭއެސްސީ އިސްލާހުކުރާ ބިލު ވަނީ މަޖިލީހަށް ހުށައަޅާފައެވެ. އެހެން ނަމަވެސް އެމްޑީޕީގެ މެޖޯރިޓީ ބޭނުންކޮށްގެން ތިން ފަހަރު ވެސް އެ ބިލު ވަނީ ބޭރުކޮށްލާފަ އެވެ. އަދި އޭރު ބުނަމުން ގޮސްފައިވަނީ ޖޭއެސްސީ އިސްލާހުކުރާ ވަގުތު އަދި ނުޖެހެނީ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ