ޑރ މުއިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލުކުރެއްވުން/ ފޮޓޯ" ވޮއިސް
ހަބަރު
29 Oct 2023 | 09:05
ބޯހިޔާވަހިކަމަށް އެދި ހުށައެޅި އެއްވެސް ފޯމެއް ބާތިލެއް ނުކުރާނަން: ޑރ މުއިއްޒު

ސަރުކާރުން އިއުލާނުކުރި ބޯހިޔާވަހިކަމުގެ މަޝްރޫއަށް އެދި އެއްވެސް ރައްޔިތަކު ހުށައެޅި ފޯމެއް ބާތިލެއް ނުކުރާނެ ކަމަށް އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ހުޅުމާލޭ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ މި ސަރުކާރުން އިންތިގާލީ މަރުހަލާ ކުރިއަށް ދާއިރުވެސް ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ހުޅުވާލާ މިފަހުން ވެސް ފޯމުތަކެއް ހުށައަޅާފައިވާ ކަމަށެވެ. އަދި ސަރުކާރު ބަދަލުވުމާއެކު އެ މަޝްރޫއުތަކަށް ވާނެ ގޮތްތަކާއި މެދު ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް އޮތްކަން ފާހަގަކުރެވިފައިވާކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

އެކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ ރައްޔިތަކަށް އުންމީދަށް ލިބޭ އެއްވެސް މަޝްރޫއެއް، ނުވަތަ ބޯހިޔާވަހިކަމަށް އެދި ރައްޔިތަކުން ހުށައަޅާފައިވާ އެއްވެސް ފޯމެއް އެމަނިކުފާނުގެ ސަރުކާރުގައި ބާތިލް ނުކުރައްވާނެ ކަމަށެވެ. 

އެގޮތުން މި ސަރުކާރުން އެންމެ ފަހުން އިއުލާނުކުރި މަޝްރޫއަށް ހުށައެޅި ފޯމުތަކާއި، އޭގެ ކުރިން ހުށައެޅި ފޯމުތައް ވެސް ބާތިލު ނުކުރައްވާނެ ކަމަށާއި، އަދި ފޯމު ހުށައެޅި ރައްޔިތުން އަލުން އެ ފޯމުތައް ހުށައެޅުމުގެ ބުރަ ޑރ މުއިއްޒުގެ ސަރުކާރުން ނުޖައްސާނެކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

"މިސާލަކަށް މި ދައުރު ނިމުމުގެ ކުރީގައި އެބޭފުުން އެއްކޮށް ޕްރޮސެސް ނިންމާ ފައިނަލް ލިސްޓު ނެރެ ރައްޔިތުންނަށް އެކަމުގައި ޔަގީންކަމެއް ދެވޭ ހިސާބަށް ގެންގޮސްފިއްޔާ، އެ ގެންދިޔަ ހިސާބެއްގައި ހިފަހައްޓާނަން. އަޅުގަނޑު ނުވާކަން މި ސަރުކާރުން އައިއްސަ ކުރީގައި ރއީސް ޔާމީން ސަރުކާރުގައި ގެދޮރު ލިބޭނެކަމަށް ލިޔުންދީ ދާއިމީ ގެޒެޓު ކުރެވުނު މީހުންނާއި ދޭތެރޭގައި ކަންކުރިގޮތަށް ކުރާނެ މީހަކަށް"

އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު

އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން މަސައްކަތް ކުރަމުން ގެންދާނީ ރައްޔިތުންނަށް ވީހާ ވެސް ތަކުލީފު ކުޑަވާނެ ގޮތަށް މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ކަމަށެވެ. 

މި ސަރުކާރުން އިއުލާނު ކުރި މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ވެސް އެންމެ ގިނަ ރައްޔިތުންނަށް ބައިވެރިވެވޭނެ، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކީ ކޮބައިތޯ ބަލައިގެން ކުރިއަށް ގެންދާނެކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

އޭގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ބޯހިޔާވަހިކަމުގެ ސިޔާސަތަކީ އެމަނިކުފާނުގެ ވެރިކަމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނެ ސިޔާސަތު ކަމަށެވެ. އަދި އެއްވެސް ރައްޔިތަކު ތަފާތުކުރުމެއް ނެތި ހުރިހާ ރައްޔިތުންނަށް ވެސް އެކަށީގެންވާ ބޯހިޔާވަހިކަމެއް ފޯރުކޯށްދިނުމަކީ އެމަނިކުފާނުގެ ސަރުކާރުގެ އަމާޒުކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ