ރާއްޖޭގެ ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ކުރަނީ
ހަބަރު
02 Nov 2023 | 09:04
ބަޖެޓު 2024: ޕީއެސްއައިޕީ މަޝްރޫއުތަކަށް 8.6 ބިލިއަން ރުފިޔާ ހިމަނައިފި

ސަރުކާރުގެ ޕީއެސްއައިޕީ މަޝްރޫއުތައް ހިންގުމަށް 8.6 ބިލިއަން ރުފިޔާ އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށައަޅާފައިވާ ބަޖެޓުގައި ހިމަނައިފި އެވެ. 

ކެޕިޓަލް ޚަރަދުގެ އެންމެ ބޮޑު ބައެއް ހިއްސާކުރާ ޕީއެސްއައިޕީގެ ޚަރަދަކީ 2024 ވަނަ އަހަރުގެ ބަޖެޓުގެ 17.5 އިންސައްތަ އެވެ. މިއީ 2023 ވަނަ އަހަރުގެ ޕީއެސްއައިޕީ ޚަރަދާ އަޅަބަލާއިރު 26 އިންސައްތަ ދަށް މިންވަރެކެވެ. 

2024 ވަނަ އަހަރުގެ ބަޖެޓުގައި ޖުމްލަ 1،780 ޕީއެސްއައިޕީ މަޝްރޫއަކަށް 8،665.3 މިލިއަން ރުފިޔާ ހަރަދުކުރަން ވަނީ ހިމަނާފަ އެވެ.

އޭގެ ތެރޭގައި އަލަށް ފަށާ 317 މަޝްރޫއަކަށް 1،1660.3 މިލިއަން ރުފިޔާ ހިމަނާފައިވާއިރު، މިހާރު ހިނގަމުންދާ 487 މަޝްރޫއެއް ކުރިއަށް ގެންދަން 6،259.6 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އަދި މީގެ ކުރިން ބަޖެޓުގައި ހިމަނާފައިވީ ނަމަވެސް އަމަލީ މަސައްކަތް އަދި ނުފެށިފައިވާ 813 މަޝްރޫއަކަށް ބޭނުންވާ 1،093.8 މިލިއަން ރުފިޔާ ވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވެ އެވެ.

2024 ވަނަ އަހަރަށް ހުށައަޅާ ބަޖެޓުގައި މައިގަނޑުގޮތެއްގައި އިސްކަންދީފައިވަނީ މިހާރު ހިނގަމުންދާ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށެވެ. 

ބަޖެޓުގައި މިފަދައިން ހިމަނާފައި ވީ ނަމަވެސް 2024 ވަނަ އަހަރުގެ ބަޖެޓު ތައްޔާރުކުރާއި، އައު ސަރުކާރުން ދައުރު ފަށާފައި ނުވުމާއި އައު ސަރުކާރުގެ ތަރައްގީގެ ސިސާސަތުތައް ތަންފީޒުކުރުމަށް ރާވާގޮތް ކަނޑައަޅާފައި ނުވުމުން މެދުރާސްްތާގައި ޕީއެސްއައިޕީ މަޝްރޫއުތަކުގެ ދާއިރާތަކަށް ބަދަލުއައުމަކީ އެކަށީގެންވާ ކަމެއްކަމށް ބަޖެޓުގައި ހިމަނާފައި ވެއެވެ. 

އެެހެން ނަމަވެސް މެދުރާސްތާގެ ޕީއެސްއައިޕީ ޚަރަދުގެ އެންމެ ބޮޑު ހިއްސާއަކީ އެކި ރަށްތަކުގައި ކުރިއަށް ގެންދިއުމަށް ރާވާފައިވަނީ ވައިގެ ބަނދަރުތައް ބިނާކުރުމާއި ބިން ހިއްކުމުގެ މަޝްރޫއުތައްކަން ފާހަގަކޮށްލެވެއެވެ. އޭގެ އިތުރުން ފުށި ދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއުވެސް ހިމަނާފައިވާކަން ފާހަގަކޮށްލެވެ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ