އުޝާމް މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
12 Nov 2023 | 10:26
ނަޝީދު ވަކިކުރުމުގެ ޤަރާރު ކުރިއަށް ނުގެންދެވޭނެ ސަބަބެއް ނެތް: އުޝާމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުނެތްކަމަށް ހުށައަޅާފައިވާ ގަރާރު ހުށައަޅައިގެން ކުރިއަށް ނުގެންދެވެންވީ އެއްވެސް ސަބަބެއް ނެތްކަމަށް މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް މިއަދު މަޖިލީހުގެ ޖަލްސާއެއް ބާއްވާފައިވާއިރު، ޖަލްސާ ފެއްތެވުމާއެކު ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ދަ ޑިމޮކްރެޓްސްގެ މެމްބަރު އަލީ އާޒިމް ވަނީ ނިޒާމީ ނުކުތާއެއް ކަންގަވާ ނަޝީދު ވަކިކުރަން ހުށައަޅާފައިވާ ގަރާރު މަޖިލީހުގެ ގަވައިދާއި ޚިލާފުކަމަށް ވިދާޅުވެފައެވެ. އަދި ގަރާރު އިސްލާހުނުކޮށް އެ މައްސަލަ ކުރިއަށް ގެންދިއުމުގެ ފުރުސަތު ނުދެއްވާނެކަމަށާއި، ރިޔާސަތުން އެކަން ބެލުމަށް އާޒިމް ގޮވާލެއްވި އެވެ. 

އާޒިމް ވިދާޅުވީ ގަރާރެއް ހުށައަޅާނަމަ އޭގައި ދީބާޖާއެއް އޮންނަން ޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް ނަޝީދު ވަކިކުރަން ހުށައަޅާފައިވާ ގަރާރުގައި އެބައި ފުރިހަމަ ނުވާކަމަށާއި، އެހެންކަމުން އެ ގަރާރަކީ ގާނޫނުގައި ބަޔާންކުރާ ސިފަތައް ފުރިހަމަ ގަރާރަކަށް ނުވާތީ ގަރާރު ބަލައިގަނެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

އާޒިމްގެ އެ ވާހަކަތަކަށް ރައްދުދެއްވާ އުޝާމް ވަނީ ނަޝީދު ވަކިކުރާ ގަރާރު ކުރިއަށް ގެންދެވޭނެކަމަށް ވިދާޅުވެފައެވެ. އަދި އެ ގަރާރަކީ ގާނޫނީ ގޮތުން ފުރިހަމަވާން ޖެހޭ ކަންކަން ފުރިހަމަޔަށް އޮތް ގަރާރެއްކަން ވެސް އޭނާ ބަޔާންކޮށްދެއްވި އެވެ. 

އެގޮތުން އުޝާމް ވިދާޅުވީ ގާނޫނު އަސާސީގެ 82 ވަނަ މާއްދާގައި ބަޔާން ކުރާ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހަޅާ ގަރާރާއި މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގައި ބުނާ ގަރާރަކީ މުޅިން ތަފާތު ދެ ބާވަތުގެ ދެ ގަރާރެއް ކަމަށެވެ.

މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާ ގަރާރާއި ގާނޫނޫ އަސާސީގެ 82 ވަނަ މާއްދާގައި ބަޔާންކުރާ ގަރާރަކީ މުޅިން ތަފާތު ދެ ބާވަތެއްގެ ގަރާރުކަން އުޝާމް ފާހަގަކުރެއްވި އެވެ. އެއާއެކު ވިދާޅުވީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހަޅާ ގަރާރަކީ މުޅީން ތަފާތު އިޖުރާއަތްތަކެއްގެ ހިނގާނެ ގަރާރު ކަމަށެވެ.

އެގޮތުން ގަވާއިދުގެ 167 ވަނަ މާއްދާއާ ހަވާލާ ދެއްވައި އުޝާމް ވިދާޅުވީ އެއީ މަޖިލީހުގެ މެމްބަރެއް ކަމެއްގައި ދެކޭގޮތް ހުށައަޅާ ބާވަތުގެ ގަރާރުކަމަށެވެ. އަދި އެކަމަށް ގަވާއިދުގައި އޮންނަ އިޖުރާއަތަކީ ބިލެއް ހުށަހެޅުމުން އޮންނަ އިޖުރާއަތު ކަމަށެވެ. 

އެގޮތަށް ހުށައެޅޭ ގަރާރު ބިލެކޭ އެއް ފަދައިން، ފުރަތަމަ ކިޔުން އިއްވުމާއި، އިބްތިދާއީ ބަހުސްގެ މަރުހަލާއެއް އޮވެ އެވެ. އެ ފަހުން ތަޅުމަށް ގަރާރު ބަލައިގެންފިނަމަ، ދިރާސާކުރަން ކޮމިޓީއަކަށް ފޮނުވާ، ދިރާސާއަށްފަހު، ކޮމިޓީން އެކުލަވާލާ ރިޕޯޓަށް ތަޅުމުގައި ބަހުސްކޮށް ވޯޓަކުން ގޮތެއް ނިންމާނެކަމަށް އުޝާމް ވިދާޅުވި އެވެ. 

އެއާއި ޚިލާފަށް ނަޝީދު ވަކިކުރުމަށް ހުށައަޅާ ގަރާރަކީ ތަފާތު ގަރާރެއް ކަމަށާއި، މަޖިލީހުގެ ގަވައިދުގެ ތެރެއިން އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ އެއްވެސް ސަބަބެއް ނެތްކަމަށް އުޝާމް ވިދާޅުވި އެވެ. 

އެ ގަރާރާއި ގުޅޭގޮތުން މަޖިލީހުގައި ހޫނު ބަހުސެއް ކުރެވިފައިވާއިރު، އެންމެފަހުން ރިޔާސަތުން ނިންމީ އެ ގަރާރު މަޖިލީހުގެ ގަވައިދާއި ޚިލާފުކަމަށެވެ. އަދި ރިޔާސަތުން ވަނީ އެ ގަރާރު މަޖިލީހުން ބޭރުކޮށް މިއަދުގެ ޖަލްސާ ކުރުކޮށްލާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ