އަސްލަމް ޕްރެސް ކޮންފަރެންސްއެއްގައި/ ފޮޓޯ: މަޖިލިސް
ހަބަރު
12 Nov 2023 | 12:46
ރިޔާސަތުން މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތްކަމަށް ބުނެ އެމްޑީޕީން މައްސަލަ ހުށައަޅައިފި

އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބަލެހެއްޓެވި މަޖިލީހުގެ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާކަމަށް ބުނެ އެމްޑީޕީން މަޖިލީހުގެ ސުލޫކު ކޮމެޓީއަށް މައްސަލައެއް ހުށައަޅައިފި އެވެ. 

އެ މައްސަލަ ހުށަހަޅާފައި ވަނީ އެމްޑީޕީ ޕީޖީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް އެވެ.

އަސްލަމް ހުށަހެޅުއްވި މައްސަލައިގައި ފާހަގަކުރައްވާފައި ވަނީ މިއަދުގެ ޖަލްސާގައި އަފީފް ކަން ކުރައްވާފައި ވަނީ މަޖިލީހުގެ ގަވާއިދާ ކަނޑައެޅިގެން ހިލާފަށް ކަމަށެވެ. އަފީފުގެ އެ އަމަލަކީ މުޅި މަޖިލީހަށް އުނިކަން އަންނަ ފަދަ އަމަލެއް ކަން އަސްލަމް ހުށައެޅުއްވި މައްސަލައިގައި ފާހަގަކުރައްވާފައިވެ އެވެ.

އަސްލަމް ހުށައެޅުއްވި އެ މައްސަލައިގައި ބުނެފައި ވަނީ ރައީސް ނަޝީދު މަޖިލީހުގެ ރިޔާސަތުން ވަކިކުރުމުގެ މައްސަލައިގެ ޖަލްސާއަކީ މަޖިލީހުގެ ގަވައިދު ބުނާގޮތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އެޖެންޑާކޮށް އިންތިޒާމުކުރާ ޖަލްސާއެއް ކަމަށެވެ. އަދި މަޖިލީހުގެ ތަޅުމަށް މައްސަލައެއް، ނުވަތަ ބިލެއް، ނުވަތަ ގަރާރެއް ގެނައުމަށްފަހު އެ ބިލު ނުވަތަ ގަރާރާއި ގުޅިގެން ގޮތެއް ނުނިންމާ އެ ބިލު ނުވަތަ ގަރާރެއް ނިންމާލުމުގެ ބާރު މަޖިލީހުގެ ގަވައިދުގެ ދަށުން މަޖިލީހުގެ ރިޔާސަތަށް ލިބިގެން ނުވާކަމަށެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ މެމްބަރަކަށް މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި އިންނަވާ ވަގުތު ލިބިގެންވަނީ މަޖިލީހުގެ ގަވައިދުގެ ދަށުން މަޖިލީހުގެ ރައީސަށް ލިބިގެންވާ ބާރުތައްކަށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގެ (ކ) އިން އެނގެން އޮތް ނަމަވެސް މިއަދު ބޭއްވި މަޖިލީހުގެ ތިންވަނަ ދައުރުގެ 15 ވަނަ ޖަލްސާ، އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ނިންމާލާފައިވަނީ މަޖިލީހުގެ ގަވައިދާއި ކަނޑައެޅިގެން ޚިލާފަށްކަމަށެވެ. 

އެހެންކަމުން އަފީފުގެ އެ އަމަލުތަކަކީ މަޖިލީހުގެ ގަވައިދުގެ 182 ވަނަ މާއްދާގެ (ށ) ގެ ދަށުން މުޅި މަޖިލީހުގެ ހައްގަށް އަދި އިމްތިޔާޒަށް ޖުމްލަގޮތެއްގައި އުނިކަން އަންނަ ފަދަ އަމަލުތަކެއް ކަމަށްވާތީ މަޖިލީހުގެ ގަދަރާއި މަޖިލީހުގެ ޖަލްސާތަކުގެ ސައްހަކަމަށް އުނިކަމެއް އަންނަފަދަ އަމަލެއްކަމަށް ވާތީ އެ މައްސަލަ އިމްތިޔާޒާއި ބެހޭ މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް ހުށައަޅާކަމަށް އަސްލަމްގެ މައްސަލައިގައި ބުނެފައި ވެއެވެ.

ހެނދުނު ބޭއްވި ޖަލްސާގައި، މަޖިލީހުގެ 49 މެމްބަރުންގެ ސޮޔާއެކު ނަޝީދު ވަކިކުރަން ހުށަހަޅާފައިވާ ގަރާރު އަފީފު ވަނީ ބޭރުކޮށްލާފަ އެވެ.

އަފީފް މި ގަރާރު ބޭރުކޮށްލާފައި ވަނީ ދަ ޑިމޮކްރެޓްސްގެ ޕީޖީ ގްރޫޕްގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހުށަހެޅުއްވި ސުލޫކީ މައްސަލަ ބަލައިގަނެ، އެއީ ގަވާއިދާ ހިލާފަށް ހުށަހަޅާފައިވާ ގަރާރެއް ކަމަށް ނިންމާފަ އެވެ.

މެމްބަރުން ނެންގެވި ސުލޫކީ މައްސަލައިގައި ފާހަގަކުރައްވާފައި ވަނީ ނަޝީދު ވަކިކުރަން ހުށަހަޅާފައިވާ ގަރާރުގައި، ގަވާއިދުގެ 168 ވަނަ މާއްދާގައިވާ ޝަރުތުތައް ފުރިހަމަ ނުވާ ކަމަށެވެ. އެގޮތުން، ގަވާއިދުގައި ބަޔާންކޮށްފައިވާ ދީބާޖާއެއް ނެތް ކަމަށް ވިދާޅުވެފައިވެ އެވެ.  

ބޭރުކުރި ގަރާރު ހުށައެޅުމަށް މިއަދު ބޭއްވި ދެވަނަ ޖަލްސާ ވެސް ރިޔާސަތުގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އިންނަވާ ވަނީ ކުރިއަށް ނުގެންގޮސް ނިންމަވާލައްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ