ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު-- ފޮޓޯ/މަޖިލިސް
ހަބަރު
22 Nov 2023 | 12:56
ހަރަދު ކުޑަ ކުރަން، މައިގަނޑު ތިން ކަމެއް ކުރަން ބަޖެޓްގައި ހިމަނައިފި!

ކުރިއަށް އޮތް އަހަރުގައި، ދައުލަތުގެ ޚަރަދުތައް ކުޑަ ކުރުމަށް މައިގަނޑު ތިން ކަމެއް، އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ސަރުކާރުން ހިމަނައިފިއެވެ. 

މިއަދު އޮތް ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ބަޖެޓުގެ މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވީ، ފިސްކަލް އަދި ދެމެހެއްޓެނިވިކަން ކަށަވަރު ކުރުމަށްޓަކައި ދައުލަތުގެ ޚަރަދާއި ފައިނޭންސް ހޯދަންޖެހޭ މިންވަރު ކުޑަކުރަންޖެހޭ ކަމަށެވެ. އެހެންކަމުން ޚަރަދު ކުޑަކުރުމުގެ ގޮތުން ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެއް ކަމުގައިވާ އިރު، ސަރުކާރުން މުހިންމު ތިން ފިޔަވަޅެއް އަޅަން ނިންމާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. 

"މި ބަޖެޓުގައި ހަރަދު ކުޑަ ކުރަން މައިގަނޑު ތިން ކަމެއް ހިމަނާފައި ވާނެ. ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރު ކުރުމަށްޓަކައި ހަރަދާއި ފައިނޭންސް ހޯދަން ޖެހޭ މިންވަރު ކުޑަ ކުރަން ޖެހޭއިރު ހަރަދު ކުޑަ ކުރުމާ ގުޅޭ ފިޔަވަޅުތަށް ތަންފީޒު ކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކެން،"

މާލީ ވަޒީރު ޑރ. މުހައްމަދު ޝަފީގު

އެގޮތުން ޚަރަދު ކުޑަ ކުރުމަށް ސަރުކާރުން ބަޖެޓްގައި ހިމަނާފައިވާ ކަންކަމަކީ؛ 

1. އިންޑައިރެކްޓްސް ބައެއް ސަބްސިޑީތައް ސަރުކާރުގެއެހީތެރިކަން ޖެހިފައިވާ މީހުންނަށް ޚާއްސަ ކުރެވޭ ގޮތަށް ޑައިރެކްޓް ސަބްސިޑީއަކަށް ބަދަލު ކުރުން.

2. އާސަންދައިގެ ނިޒާމު ހަރުދަނާކޮށް މުރާޖައާ ކުރުން.

3. ސަރުކާރުގެ ވެލްފެއަރގެ ގޮތުގައި އެހީ ދޭ ނިޒާމު ހަރުދަނާ ކުރުން.

މިނިސްޓަރ އިތުރަށް ވިދާޅުވީ, ސަރުކާރުގެ މިސިޔާސަތު ތައް އަންނަ އަހަރުގެ ޖުލައި މަހުގައި ތަންފީޒު ކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށާ، އެކަށީގެންވާ ގޮތެއްގައިި ޚަރަދު ކުޑަކުރެވޭނީ އެގޮތުގެ މަތިން ކަމަށެވެ. 

"ސިޔާސަތުތަށް ތަންފީޒު ނުކޮށް ބަޖެޓްރީ ކޮންޓްރޯލްތަކުން އެކަނި އެކަށީގެންވޭ ސޭވިންއެއް ނުގެނޭވެކަން ވެސް ދަންނަންވަން." 

މާލީ ވަޒީރު ޑރ. މުހައްމަދު ޝަފީގު

ހަރަދު ކުޑަ ކުރަން ފިޔަވަޅު އަޅަމުން ދިޔަ ނަމަވެސް ފަށާފައިވާ މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ. 

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ފޮނުވާފައި ވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓުގައި އެ ބަޖެޓުގައި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 33.547 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، ހަރަދު ވާނެ ކަމަށް ލަފާކޮށްފައިވަނީ 47.317 ބިލިއަން ރުފިޔާ އެވެ. އަދި ބަޖެޓަށް އިތުރަށް 17.2 ބިލިއަން ރުފިޔާ ހޯދަން ޖެހެއެވެ. މީގެ އިތުރުން، މުޅި ބަޖެޓުގެ 70 ޕަސެންޓް ހޭދަވަނީ ރިކަރަންޓް ޚަރަދުގެ ގޮތުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ