ޤާސިމް އިބްރާހިމް ޖުމްހޫރީ ޕާޓީގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ/ ފޮޓޯ: ވޮއިސް
ހަބަރު
05 Dec 2023 | 09:10
ދިވެހި ކަނޑުން ގެއްލުނުބައި ހޯދުން އަވަސްކުރުމަށް ޤާސިމް ގޮވާލައްވައިފި

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލިފައިވާ ބައި ހޯދުމުގެ މަސައްކަތް ވީ އެންމެ އަވަހަކަށް ފެއްޓެވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒަށް ގޮވާލައްވައިފި އެވެ.

ޤާސިމް މިފަދައިން ގޮވާލައްވާފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ޤާސިމް ވިދާޅުވީ އިނގިރޭސިވިލާތުން ޗާގޯސް އާކިޕެލަގޯ، މޮރިޝަސްއާއި ހަވާލުކުރުމަށް ކުރިން ނިންމި ނިންމުން މިހާރު ބަދަލުކޮށްފައިވާ ކަމަށް އެ ގައުމުގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާއިރު، މި ދަނޑިވަޅަކީ އިޓްލޮސް ގެ ނިންމުމާއި އެކު ރާއްޖެއާއި ޗާގޮސްގެ މައްސަލައިގައި ދިވެހީންނަށް ގެއްލިފައިވާ ސަރަހައްދު ހޯދުމަށް ސަރުކާރުން ވިސްނުންތެރިކަމާއެކު މަސައްކަތް ފަށަންވީ ވަގުތުކަމުގައި ގަބޫލުކުރައްވާ ކަމަށެވެ

ދިވެހިރާއްޖޭގެ މަސް ކަނޑުން ގެއްލިފައިވާ ސަރަހައްދު އަނބުރާ ހޯދުމަށް، އިޓްލޮސްގެ ނިންމުން އިސްތިއުނާފު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ރިޔާސީ ކެމްޕޭނުގެ ދުވަސްވަރުގައި ވެސް ވެވަޑައިގެންނެވި ވައުދެއްގެ އިތުރުން އެމަނިކުފާނުގެ 14 ހަފްތާ މަގުޗާޓުގައި ވެސް ހިމަނުއްވާފައިވާ މުހިންމު ކަމަކަށް ވާތީ، އެ މަސައްކަތް އަވަސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު އަރިހުން ވަރަށް އަދަބުވެރިކަމާއެކު ދަންނަވާ ކަމަށް ޤާސިމް ވިދާޅުވި އެވެ.

އޭގެ އިތުރުން ޤާސިމް ވިދާޅުވީ ދިވެހިރާއްޖޭގެ މަސް ކަނޑުން ގެއްލުނު ސަރަހައްދު އަނބުރާ ހޯދުމަކީ ޚުދު އެމަނިކުފާނު ވެސް ރިޔާސީ އިންތިޚާބުގައި ވަކާލާތު ކުރެއްވި ޙައްލު ހޯއްދަވަން ބޭނުންފުޅުވާ ގައުމީ މައްސަލައެއް ކަމަށެވެ.

ޗާގޮސް މައްސަލައިގައި އިނގިރޭސި ވިލާތުގެ ނިންމުމާއެކު، ގެއްލުނު ކަނޑުގެ ސަރަހައްދު އަނބުރާ ދިވެހިންނަށް ލިބޭނެކަމުގެ އުންމީދު ބޮޑުވެފައިވާއިރު، އިނގިރޭސި ވިލާތާއެކު އަވަހަށް މަޝްވަރާތައް ފަށައި ޒަމާނުއްސުރެ ދިވެހީން ގެންގުޅެމުން އައި ސްޓޭންޑް ދަމަހައްޓަވާ މި ކަމުގައި ދިވެހީންނަށް ކާމިޔާބު ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ފެއްޓެވުމަށް ޤާސިމް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒަށް ގޮވާލައްވާފަ އެވެ.

"މިމައްސަލަ އަކީ އަޅުގަނޑުވެސް ފާއިތުވި ރިޔާސީ އިންތިޚާބުގައި ހައްލުހޯދުމުގެ ޢަޒުމުގައި ނުހަނު ބޮޑަށް ވަކާލާތު ކުރި ޤައުމީ މައްސަލައެއްކަމުގައިވާތީއާއި، އިނގިރޭސި ދައުލަތުން ފަހުން ނިންމާފައިމިވާ ނިންމުމުގެ ސަބަބުން ދިވެހީން ޒަމާނުއްސުރެ މަސްވެރިކަންކުރަމުންއައި ކަނޑުގެ ސަރަޙައްދު އަލުން ދިވެހީންނަށް ފުރިހަމައަށް ލިބުމުގެ ފުރުޞަތު ބޮޑުވެފައިވާތީ، އިނގިރޭސި ދައުލަތާއިއެކު އަވަސް މަޝްވަރާތަކެއް ފައްޓަވާ ޒަމާނުއްސުރެ ދިވެހީން ގެންގުޅެމުން އައި ސްޓޭންޑް ދަމަހައްޓަވާ މި ކަމުގައި ދިވެހީންނަށް ކާމިޔާބު ހޯއްދަވައިދެއްވުމަށް މަނިކުފާނު މަސައްކަތްޕުޅު ކުރައްވާނޭކަމަށް އަޅުގަނޑު ޔަޤީންކުރަމެވެ"

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް

އެކަން ފާހަގަކުރައްވާ ޤާސިމް ވިދާޅުވީ އިޓްލޮސްގެ ނިންމުމާއި ގުޅިގެން ދިވެހީންގެ އަތުން ގެއްލިގެން ދިޔަ ދިވެހީންގެ މަސްކަނޑު އަނބުރާ ހޯދުމަށް ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒަށް ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް ޖުމްހޫރީ ޕާޓީ އޮތީ ފުރިހަމަޔަށް ތައްޔާރަށް ކަމަށެވެ.

މަސްކަނޑުން ގެއްލުނުބައި ހޯދުމުގެ މަސައްކަތް ލަސްނުކޮށް ސަރުކާރުން ފައްޓަވާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށް ވެސް ޤާސިމް ވަނީ އޭނާ ކުރެއްވި ޕޯސްޓުގައި ވިދާޅުވެފަ އެވެ.

ކޮމެންޓް
ފާތުން
ގާސިމައްބުނެލަން އޮތީކާކުކަނޑުންތަނެއްވިއްކާގެން ކަލޭތިތެޅިބާލަނީ
05 Dec 2023
ގުޅޭ ލިޔުންތައް
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ
07 Oct 2026
އަރިދަފުސް ރޯގާ ޖެހިފައި ހުންނައިރު އައިސްކްރީމް ކެވިދާނެތަ؟
އަރިދަފުސް ރޯގާ ޖެހުމުން އެންމެ އާންމުކޮށް އިވޭ އެއް ނަސޭހަތަކީ ފިނި އެއްޗެހި ނުބުއިމަށާއި، ހާއްސަކޮށް އައިސްކްރީމް ފަދަ ތަކެތި ނުކެއުމަށެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ފިނި އެއްޗެހި ކެއުމަކީ ރޯގާ އިތުރަށް ގޯސްވެ، އަރިދަފުސް އުފެދުން އިތުރުކޮށްދީ، ވައިރަސް ފެތުރުން އަވަސްކޮށްދޭ ކަމެކެވެ. ނަމަވެސް މި ވާހަކަތަކުގައި ސައިންޓިފިކް ނުވަތަ ސިއްހީ އެއްވެސް ހަގީގަތެއް އެބައޮތް ހެއްޔެވެ؟
07 Oct 2026
ނުކުޅެދޭ މީހުންގެ ޙައްޤުތަކާ ގުޅޭ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވުމުގެ މައްސަލަ ކޮމިޓީއަށް
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރާ ބައިނަލްއަޤުވާމީ މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވުމާ ގުޅޭގޮތުން މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވައިފިއެވެ.