ރައީސުލްޖުމްހޫރިއްޔާ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ ރައީސް އޮފީސް
ހަބަރު
05 Dec 2023 | 18:23
ހިޔާ ފްލެޓުގެ ކުލި ކުޑަކުރަން ސަރުކާރުން ނިންމައިފި

 ހިޔާ ފިނިޝިން މަސައްކަތަށް ރައްޔިތުންގެ ޖީބުން ކުރި ޚަރަދު އިއާދަ ކުރެއްވުމަށް ހިޔާ ފްލެޓުގެ ކުލި ބޮޑުތަނުން ކުޑަކުރުމަށް ސަރުކާރުން ނިންމައިފިއެވެ. 

ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ ޒައާމަތުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅުއްވާދެއްވި ހިޔާ ފްލެޓުތަކުގެ ފިނިޝިން މަސައްކަތް އެ ފްލެޓުތައް ލިބޭ ފަރާތްތަކުން އަމިއްލަ ޖީބުން ޚަރަދުކޮށްގެން ކުރާގޮތަށް ނިމިދިޔަ ސަރުކާރުން ހަމަޖެއްސުމާއި ގުޅިގެން މާލީ ގޮތުން ބޮޑެތި ތަކުލީފުތަކެއް ގިނަބަޔަކު އުފުލަން ޖެހުނެވެ. 

ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަނީ ހިޔާ ފްލެޓުތަކުގެ ފިނިޝިން މަސައްކަތްކުރުމަށް ރައްޔިތުންގެ ޖީބުން ހޭދަވި އަގު ޖުމުލަކޮށް، އެ ބައި އިޔާދަކުރެވޭނެ ގޮތް ހަމަޖައްސާދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. 

އެގޮތުން ފިނިޝިންއަށް ދިޔަ ޚަރަދު ޖުމްލަކުރާއިރު، ދެ ލައްކަ ރުފިޔާއަށް އަރާ ކަމަށާއި، އެ ފައިސާ އިޔާދަކޮށްދިނުމަކީ ވެރިކަމުގެ މަސްއޫލިއްޔަތުތަކާއި ރަސްމީކޮށް ހަވާލުވެވަޑައިގަތުމަށް ފަހު އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވާނެ ކަމެއްގެ ގޮތުގައި އެމަނިކުފާނު ވިދާޅުވި އެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އެމަނިކުފާނުގެ ކެބިނެޓާއެކު ބޭއްވި އެންމެ ފުރަތަމަ ޕްރެސް ކޮންފަރެންސްގައި ވަނީ ހިޔާ ފިނިޝިން މަސައްކަތަށް ރައްޔިތުންގެ ޖީބުން އެކްރެޖުކޮށް ކުރި ދެލައްކަ ރުފިޔާ އިޔާދަކޮށްދިނުމުގެ މަގްސަދުގައި ހިޔާ ފްލެޓުގެ ކުލި ބޮޑުތަނުން ކުޑަކުރުމަށް ނިންމާފައިވާކަން އިއުލާނު ކުރައްވާފަ އެވެ. 

އެކަމުގެ ތަފްސީލުތައް ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު ވިދާޅުވީ ހިޔާ ފްލެޓުގެ ފިނިޝިންއަށް އެވްރެޖުކޮށް ހޭދަވި އަގަކީ ދެލައްކަ ރުފިޔާކަމަށް ބަލައި އެ އަގު ފްލެޓުގެ ރައްޔިތުންނަށް ފައިދާވާ ޑިސްކައުންޓު ގޮތަކަށް ހަދައިދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. 

އެގޮތުން ކުރިއަށް އޮތް 7 އަހަރަށް ހިޔާ ފްލެޓަށް ރައްޔިތުން ދައްކަން ޖެހޭ ކުލި 5300 ރުފިޔާއިން 3984 ރުފިޔާއަށް ކުޑަކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު ވިދާޅުވި އެވެ. 

 "މި ނިންމީ ދެ ލައްކަ ރުފިޔާއަށް ވާ ވަރަށް ފްލެޓުތަކުގެ އަގުން އުނިކުރާގޮތަށް. އެ އަގު އުނިކޮށް މިހާރު މި ދައްކަނީ 5300 ރުފިޔާ. މިހާރު އޮތް ގޮތުން ކުރިއަށް އޮތް 7 އަހަރަށް ދައްކަން އޮތީ 5300 ރުފިޔާ. އެހެންވީމަ އެ 7 އަހަރު ދުވަހަށް ދެން ދައްކަން ޖެހޭނީ މަހަކު 3984 ރުފިޔާ"

ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު

ހިޔާ ފްލެޓަށް ކުރި ޚަރަދު ރިކަވާ ކުރެވޭގޮތް ހަމަޖެއްސުމަށް ކުލި ކުޑަކުރަން ސަރުކާރުން ނިންމާފައިވާއިރު، އެ ސަރަހައްދަށް ދިމާވެފައިވާ އެހެނިހެން މައްސަލަތައް ހައްލުކޮށް ހިޔާ ޓަވަރުތަކުގައި އިތުރު ހިފްޓު ހަރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަނީ ވައުދުވެވަޑައިގެންފަ އެވެ. 

ހިޔާ ފްލެޓުތަކުގެ އިތުރުން އަތޮޅުތެރޭގައި އަލާފައިވާ ފްލެޓުތަކުގެ ކުލި ވެސް 3000 ރުފިޔާއަށް ކުޑަކުރެވިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު ވަނީ އިއުލާނު ކުރައްވާފަ އެވެ. 

ކޮމެންޓް
މޮހޮނު
ތިބުނާގޮތުން ފައިސާ ދެއްކީމަ 7 އަހަރައް ވަނީ 110526 ރުފިޔާ
05 Dec 2023
ގުޅޭ ލިޔުންތައް
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ
07 Oct 2026
އަރިދަފުސް ރޯގާ ޖެހިފައި ހުންނައިރު އައިސްކްރީމް ކެވިދާނެތަ؟
އަރިދަފުސް ރޯގާ ޖެހުމުން އެންމެ އާންމުކޮށް އިވޭ އެއް ނަސޭހަތަކީ ފިނި އެއްޗެހި ނުބުއިމަށާއި، ހާއްސަކޮށް އައިސްކްރީމް ފަދަ ތަކެތި ނުކެއުމަށެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ފިނި އެއްޗެހި ކެއުމަކީ ރޯގާ އިތުރަށް ގޯސްވެ، އަރިދަފުސް އުފެދުން އިތުރުކޮށްދީ، ވައިރަސް ފެތުރުން އަވަސްކޮށްދޭ ކަމެކެވެ. ނަމަވެސް މި ވާހަކަތަކުގައި ސައިންޓިފިކް ނުވަތަ ސިއްހީ އެއްވެސް ހަގީގަތެއް އެބައޮތް ހެއްޔެވެ؟
07 Oct 2026
ނުކުޅެދޭ މީހުންގެ ޙައްޤުތަކާ ގުޅޭ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވުމުގެ މައްސަލަ ކޮމިޓީއަށް
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރާ ބައިނަލްއަޤުވާމީ މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވުމާ ގުޅޭގޮތުން މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވައިފިއެވެ.