ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުالله
ހަބަރު
06 Dec 2023 | 10:58
އިންޑިއާ ސިފައިން ބާލަން އެގައުމުން އެއްބަސްވެފައިވާ، އެއްބަސްވުން ހާމަކުރަން ގޮވާލާ ކުއްލި މައްސަލައެއް!

ދިވެހިރާއްޖޭގައި ގާއިމްވެތިބި އިންޑިއާ ސިފައިން މި ގައުމުން ބޭލުމަށް އެގައުމުން އެބަސްވުމެއް ވެފައިވާ ނަމަ، އެ އެއްބަސްވުން ހާމަކުރުމަށް ގޮވާލާ އިދިކޮޅު މައި ޕާޓީ، އެމްޑީޕީ އިން ކުއްލި މައްސަލައެއް މަޖިލީހަށް ވައްދައިފިއެވެ. 

މި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުالله އެވެ. 

މެންބަރު އަހުމަދު އެ މައްސަލަ ހުށަހަޅުއްވަމުން ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ކެންޕެއިންގެ ތެރެއިން އަދުގެ ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ނުރައްކާވާފަދަ އެއްބަސްވުންތަކެއް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ވެފައިވާ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. 

އަދި ދާދިފަހުން ދުބާއި ގައި ބޭއްވުނު ކޮޕް 28 ސަމިޓްގެ ހަވާސާގެ ތެރެއިން ރައީސް ޑރ. މުޢިއްޒު އިންޑިއާގެ ބޮޑު ވަޒީރާ ބައްދަލު ކުރައްވާފައިވާއިރު، އެ ސަމިޓަށްފަހު ރާއްޖެ ވަޑައިގެން ދެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން އިންޑިއާއިން އެއްބަސްވެފައިވާ ކަން އިއުލާން ކުރައްވާފައިވާ ކަމަށް އަހުމަދު ވިދާޅުވި އެވެ. 

އެހެންކަމުން، އިންޑިއާއިން އެފަދައިން އެއްބަސްވެފައިވާ ނަމަ، އެ އެއްބަސް ހާމަ ކުރެއްވުމަށް އެ ކުއްލި މައްސަލާގައި ވަނީ ގޮވާލާފައެވެ. 

ރާއްޖޭގައި އިންޑިޔާގެ މިލިޓަރީ ވިސާގައި އިންޑިއާގެ ކިހާ ސިފައިންނެއް ތިބިތޯ އާއި، އެކަން ރައްޔިތުންނަށް ހާމަ ކޮށްދިނުމާއި، އަދި އިސްތިގުލާލަށް އުނިކަން އައިސް، ރާއްޖޭގެ މިނިވަންކަން ގެއްލިފައިވާ ކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވާ އެގްރީމެންޓް ތައް، ރައްޔިތުންނަށާއި، ރައްޔިތުންގެ މަޖިލީހަށް ހާމަކޮށް، އަދި އެގްރީމެންޓް ގެ އެފަދަ މާއްދާތައް ފާހަގަކޮށް، ފޮރުވުމެއް ނެތި، ރައްޔިތުންނަށް ހާމަ ކުރުމަށާއި، ރާއްޖޭގައި ތިބި ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އިންޑިއާގެ އެތައް ހާސް ސިފައިން ރާއްޖެއިން ބޭލުމާ ގުޅޭ ގޮތުން ޔޫއޭއީގައި ކޮޕް 28 ސަމިޓަށް ވަޑައިގެން އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއެކު ބޭއްވުނު ހަވާސާ މަޝްވަރާ ބައްދަލުވުމައި އެއްބަސްވެފައިވާ އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމުގެ އެއްބަސްވުން ރައްޔިތުންނަށާ ރައްޔިތުންނަށް ހާމަ ކުރުމަށް ގޮވާލަން 

އަހުމަދު އަބްދުالله

އެމްޑީޕީން މިފަދަ ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހަޅާފައި ވާއިރު, ކޮޕް ސަމިޓަށްފަހު ރާއްޖެ ވަޑައިގެން ދެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަކީ ރާއްޖޭގެ ރައްޔިތުން ނިންމާފައިވާ ޑިމޮކްރެޓިކް ނިންމުމެއްކަން އިންޑިއާއިން ވެސް ގަބޫލުކުރާ ކަމަށާއި، ރައްޔިތުން އެދޭގޮތަށް އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް އެ ގައުމުން ވެސް އެއްބަސްވެފައިވާ ކަމަށް ވިދާޅުވެފައެވެ.

"އޭގެ ކުރިން ކުރެވުނު މަސައްކަތާއި މިއަދާއި ހަމައަށް އައިއިރު ކުރެވުނު މަަސައްްކަތާއި އިންޑިއާ ސަރުކާރުން އަޅުގަނޑުމެންނަށް އެއްބަސްވެފައި ވަނީ އިންޑިއާ ސިފައިން އަނބުރާ ގެންދަވާނެ ކަމަށް"

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު 

ނަމަވެސް އެފަދަ އެއްބަސްވުމެއް އެކަލަވާލެވުނު ކަމެއް އެމަނިކުފާނު ހާމަކުރައްވާފައެއް ނުވެއެވެ..

މީގެ އިތުރުން ކުރީ ސަރުކާރުން ހަމައެކަނި އިންޑިޔާއާއި އެކު ސިޔާސީ ގޮތުން ގުޅުން ބަދަހިކުރުމަށް 100 އަށްވުރެ ގިނަ އެއްބަސްވުން ވެފައިވާ ކަމަށް ރައީސް އޮފީހުން މީގެ ކުރިން ވަނީ މައުލޫމާތު ދީފައެވެ.

އެ އެއްބަސްވުންތައް ދިރާސާކޮށް، އޭގައިވާ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ނުރައްކާވާފަދަ މާއްދާތައް އުނިކޮށް، ރައްޔިތުންނަށް ހާމަ ކުރާނެކަމަށްވެސް ސަރުކާރުން ބުނެފައިވެއެވެ. 

ހަމަ އެހެންމެ، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ މިހާތަނަށް ބެލި ބެލުމުން 89 ސިފައިން ތިބިކަން ސާފުވެފައިވާ ކަމަށާއި، އެ އަދަދަށް ބަދަލުއައުމަކީ އެކަށީގެންވާ ކަމެއްކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ވިދާޅުވީ އިންޑިއާ ސިފައިން ތިބި އަދަދާއި ގުޅޭގޮތުން އެކި އިދާރާގެ އެކި ލިޔުންތަކުގައި ތަފާތު އަދަދުތައް ހިމަނާފައި ވުމުން، އަދަދުތައް ސާފުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ.

ކޮމެންޓް
ޢެއްބަސްވުން
ޤައުމުގެ ރައްޔިތުން އިންޑިޔާ ސިފައިން ބާލަން ނިމިދިޔަދައުރުގައި ގޮވާއަޑުނީވުނުބަޔަކު މިހާރު މިދައުރަށް އެއްމަސްނުވަނީސް އެމީހުންގެ އެއްބަސްވުންތައް ހޯދަން މިއުޅެނީ ކީއްވެ.؟
06 Dec 2023
ޒާހިރު
އިންޑިޔާސިފައިންގެ އެއްބަސްވުންތަކާއި ކުރިން ނުޅުނީކީއްވެ. މަރަށްތެޅެނީތަ!!!!!!
06 Dec 2023
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ