މޯލްޑިވްސް އެންޓި ކޮރަޕްޝަން ޓްރަސްޓު ފަންޑު އިފްތިތާހުކުރުން/ ފޮޓޯ: އޭސީސީ
ހަބަރު
07 Dec 2023 | 21:28
އެންޓި ކޮރަޕްޝަން ޓްރަސްޓު ފަންޑު އިފްތިތާހުކޮށްފި

މޯލްޑިވްސް އެންޓި ކޮރަޕްޝަން ޓްރަސްޓް ފަންޑު ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ. 

މިއީ ރާއްޖޭގައި ދެމެހެއްޓެވި ގޮތެއްގައި ކޮރަޕްޝަނާއި ދެކޮޅަށް ކުރެވޭ މަސައްކަތްތަކާއި، މާލީ ލޮޅުންތަކުގެ އަސަރު ކުޑަކުރެވިފައިވާ ހަރަކާތްތަކަކަށް ހެދުމާއި، އަހަރުގެ ވަކި ހިސާބަކުން ބަޖެޓަށް ގެނެވޭ އުނިކަމުގެ ނޭދެވޭ އަސަރުން އެފަދަ ހަރަކާތްތައް ބުރޫ ނާރާނެފަދަ ގޮތަކަށް ކުރިއަށް ގެންދިއުމުގެ މަގްސަދުގައި، ކޮމިޝަނުގެ އާ މެންބަރުންގެ ނިންމުމެއްގެ ދަށުން ގާއިމް ކުރެވުނު ފަންޑެކެވެ.

މި ފަންޑް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ބައިނަލްއަގްވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ބުރާސްފަތި ދުވަހު ދަރުބާރުގޭގައި ބޭއްވި ހާއްސަ ޖަލްސާގައި ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަޓަކިއޫޗީ މިޑޯރީ އެވެ.

މި ފަންޑާއި ގުޅޭ ތަފްސީލުތައް ހާމަކުރަމުން އޭސީސީން ބުނީ މި ފަންޑުގައި ޖަމާކުރެވޭނީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި އެކި ފަރާތްތަކުން، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށާއި ނަޒާހަތްތެރިކަން ކުރިއެރުވުމަށް މަސައްކަތް ކުރުމުގެ ގޮތުން އެހީގެ ގޮތުގައި ލިބޭ ފައިސާއާއި، މޯލްޑިވްސް ނޭޝަނަލް އެންޓި-ކޮރަޕްޝަން އެކެޑަމީން ހިންގާ ކޯސް ތަކުގެ އިދާރީ ފީއާއި ކޯސް ފީ އިން ލިބޭ ފައިސާއާއި، ކޮމިޝަނުގެ ކޮންފަރެންސް ހޯލާއި އެ ހޯލާ ގުޅިފައިވާ ވަސީލަތްތައް ކުއްޔަށް ދޫކޮށްގެން ހޯދާ ފައިސާގެ އިތުރުން ކޮމިޝަނުގެ އެންގުންތަކާ ހިލާފުވުމުން ނަގާ ފައިސާ އާއި ކޮމިޝަނަށް ލިބޭ ސްޕޮންސަރޝިޕްތަކުގެ ދަށުން މުވައްޒަފުންނަށް ދެވޭ ޓްރެއިނިންގައި މުވައްޒަފުން ބޮންޑާ ހިލާފުވެ ފައިސާ ދައްކަންޖެހޭ ހާލަތްތަކުގައި ލިބޭ ފައިސާއާއި، ކުށް ކުރުމަށް ބޭނުންކުރާ ފައިސާގެ ތެރެއިން އަނބުރާ ދައުލަތަށް ހޯދޭ ފައިސާއާ އެއިން ހޯދާ މަންފާއާއި، ކުށް ކޮށްގެން ހޯދާ ފައިސާ އާއި އެއިން ހޯދާ މަންފާއިން ލިބޭ ފައިސާ ކަމަށެވެ. 

މީގެ އިތުރުން ކުށް ކޮށްގެން ހޯދާ މުދަލާއި އެ މުދަލުން ހޯދާ މަންފާ އަނބުރާ ދައުލަތަށް ނަގާ ހާލަތުގައި، އެ ތަކެތި ބޭނުންކޮށްގެން ދައުލަތަށް މަންފާ ހޯދާ ހާލަތުގައި ލިބޭ މަންފާއިން މާލީ ވުޒާރާއާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެއްބަސްވާ ފައިސާގެ އަދަދެއް ވެސް މި ފަންޑަށް ޖަމާކުރުމަށް ނިންމާފައިވާކަމަށް އޭސީސީން ވަނީ ބުނެފަ އެވެ.

އޭސީސީން ބުނީ މި ފަންޑަށް ޖަމާކުރެވޭ ފައިސާ ބޭނުން ކުރާނީ ކޮރަޕްޝަނުގެ އަމަލުތަކުން ލިބޭ ގެއްލުމާއި އެ އަމަލުތަކުގެ ނުބައިކަމުގެ މައްޗަށް ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންނާއި އާންމުން ހޭލުންތެރި ކުރުވައި ނަޒާހަތްތެރިކަން ކުރިއެރުވުމަށް ހިންގަންޖެހޭ ހަރަކާތްތައް ހިންގުމަށް ކަމަށެވެ.

ހަމައެއާއެކު، ކޮރަޕްޝަނުގެ އަމަލުތައް ހުއްޓުވުމަށްޓަކައި ކުރަންޖެހޭ ދިރާސާތައް ކުރުމަށް ވެސް މި ފަންޑުގެ ބޭނުން ހިފާނެކަމަށް އޭސީސީން ވަނީ ބުނެފައެވެ. 

އޭގެ އިތުރުން، އެހެނިހެން އެންޓި-ކޮރަޕްޝަން އޭޖެންސީތަކާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތްތައް ހިންގައި ގުޅުން ބަދަހި ކުރުމަށާއި، ކޮރަޕްޝަނުގެ މައްސަލަތަކުގެ ތަހުގީގުގެ މަސައްކަތްތައް ކުރިއެރުވުމަށް އިންވެސްޓިގޭޝަން ދާއިރާއިން ފަންނީ އެހީތެރިކަން ހޯދުމާއި، މުވައްޒަފުން ތަމްރީނު ކުރުމާއި ތާޒާ ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކަށާއި، ވަސީލަތްތައް ގާއިމު ކުރުމުގެ ގޮތުން އިންފްރާސްޓްރަކްޗަރ ވަރުގަދަ ކުރުމާއި ޒަމާނީ ފިކުރީ އަދި މަޢުނަވީ އާލާތްތައް ހޯދުމާއި ކުރިއެވުމަށާއި، މޯލްޑިވްސް ނެޝަނަލް އެންޓި-ކޮރަޕްޝަން އެކެޑަމީ ތަރައްގީކޮށް ހަރުދަނާކުރުމަށް ކުރާ މަސައްކަތްތަކަށް ވެސް އެ ފަންޑުން ޚަރަދުކުރުމަށް ނިންމާފައިވާކަމަށް އޭސީސީން ވަނީ ބުނެފައެވެ. 

ކޮމެންޓް
ދުމަހުއަ
ތި ފައިސާ ރަނގަލުގޮތަކަށް ދާނެބާ؟ އެމް އެން ޕީ އާރް ސީ ؟
08 Dec 2023
ގުޅޭ ލިޔުންތައް
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ
07 Oct 2026
އަރިދަފުސް ރޯގާ ޖެހިފައި ހުންނައިރު އައިސްކްރީމް ކެވިދާނެތަ؟
އަރިދަފުސް ރޯގާ ޖެހުމުން އެންމެ އާންމުކޮށް އިވޭ އެއް ނަސޭހަތަކީ ފިނި އެއްޗެހި ނުބުއިމަށާއި، ހާއްސަކޮށް އައިސްކްރީމް ފަދަ ތަކެތި ނުކެއުމަށެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ފިނި އެއްޗެހި ކެއުމަކީ ރޯގާ އިތުރަށް ގޯސްވެ، އަރިދަފުސް އުފެދުން އިތުރުކޮށްދީ، ވައިރަސް ފެތުރުން އަވަސްކޮށްދޭ ކަމެކެވެ. ނަމަވެސް މި ވާހަކަތަކުގައި ސައިންޓިފިކް ނުވަތަ ސިއްހީ އެއްވެސް ހަގީގަތެއް އެބައޮތް ހެއްޔެވެ؟
07 Oct 2026
ނުކުޅެދޭ މީހުންގެ ޙައްޤުތަކާ ގުޅޭ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވުމުގެ މައްސަލަ ކޮމިޓީއަށް
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރާ ބައިނަލްއަޤުވާމީ މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވުމާ ގުޅޭގޮތުން މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވައިފިއެވެ.