އާރުޑީސީން އަމީނީ މަގުގެ މަސައްކަތް ކުރަނީ/ ފޮޓޯ: އާރުޑީސީ
ހަބަރު
09 Dec 2023 | 11:20
އަމީނީމަގުގެ ނުނިމި ހުރި ސެގްމަންޓުގެ މަސައްކަތް ފަށައިފި

މާލޭގެ އަމީނީ މަގުގެ ނުނިމި ހުރި ސެގްމަންޓުތަކުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީން) ފަށައިފި އެވެ. 

ނިމިދިޔަ ސަރުކާރުން ޕްލޭނިން މިނިސްޓްރީ މެދުވެރިކޮށް މާލެ ސިޓީ ކައުންސިލް އަތުން އަތުލާ ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ) އާއި އަމީނީ މަގު ހެދުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ މިދިޔަ ޖުލައި މަހުގައެވެ. 

އެ މަސައްކަތް އާރުޑީސީއާއި ހަވާލުކޮށްފައިވަނީ ސިޓީ ކައުންސިލުން އެ މަސައްކަތް ކުރަން ނިންމި އަގަށްވުރެ ތިން ގުނަ އަގުބޮޑުކޮށް 84 މިލިއަން ރުފިޔާއަށެވެ. އަދި އެއީ 10 މަސްތެރޭ ނިންމުމަށް ކޮންޓްރެކްޓު ކުރެވުނު މަޝްރޫއެވެ. 

1.7 ކިލޯމިޓަރު ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް އާރުޑީސީއާއި އަމީނީ މަގުގެ މަސައްކަތް ހަވާލުކުރެވުނު ނަމަވެސް، މުއްދަތަށް އެ މަސައްކަތް ނިންމާލެވިފައެއް ނުވެއެވެ. 

ނުވިތާކަށް މަސައްކަތް ލަސްވެ ދިގުލައިގެންދާތީ އާންމުންގެ ބޮޑެތި ޝަކުވާތަކެއް ވެސް ކޮށްފައި ވެއެވެ. 

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ދައުރު ނިމުނުއިރު ވެސް އަމީނީ މަގުގެ މަސައްކަތް ނިންމާލެވިފައި ނުވާއިރު، އެ މަސައްކަތް ނިންމުން މިވަނީ މިހާރު ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ އަތްޕުޅު މައްޗަށް ނުވަތަ އެމަނިކުފާނުގެ ސަރުކާރަށް ހަވާލުވެފަ އެވެ.

އާރުޑީސީން އަމީނީ މަގުގެ މަސައްކަތް ކުރިއަށް ގެންދަނީ

އެގޮތުން މިއަދު އާރުޑީސީން ހާމަކުރީ އަމީނީ މަގުގެ ނުނިމި އޮތް ދެ ސެގްމަންޓު 12 އަދި 13 ނިންމުމުގެ މަސައްކަތް މިއަދު އެ ކުންފުނިން ފަށާފައިވާ ކަމަށެވެ. 

ވީހާވެސް އަވަހަށް އެ މަސައްކަތް ނިންމާ މަގުގެ ބޭނުން ހިފޭނެ ގޮތް ހަދައިދޭނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. 

އޭގެ އިތުރުން ގައުމީ ފެންވަރުގެ މަގުހެދުމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ. އެ މަޝްރޫއުގެ ދަށުން، މާލެ އަދު އަތޮޅުތެރޭގެ ގިނަ ރަށްރަކެއްގައި ޒަމާނީ ފެންވަރުގެ މަގުތައް ހެދިގެންދާނެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ
07 Oct 2026
އަރިދަފުސް ރޯގާ ޖެހިފައި ހުންނައިރު އައިސްކްރީމް ކެވިދާނެތަ؟
އަރިދަފުސް ރޯގާ ޖެހުމުން އެންމެ އާންމުކޮށް އިވޭ އެއް ނަސޭހަތަކީ ފިނި އެއްޗެހި ނުބުއިމަށާއި، ހާއްސަކޮށް އައިސްކްރީމް ފަދަ ތަކެތި ނުކެއުމަށެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ފިނި އެއްޗެހި ކެއުމަކީ ރޯގާ އިތުރަށް ގޯސްވެ، އަރިދަފުސް އުފެދުން އިތުރުކޮށްދީ، ވައިރަސް ފެތުރުން އަވަސްކޮށްދޭ ކަމެކެވެ. ނަމަވެސް މި ވާހަކަތަކުގައި ސައިންޓިފިކް ނުވަތަ ސިއްހީ އެއްވެސް ހަގީގަތެއް އެބައޮތް ހެއްޔެވެ؟
07 Oct 2026
ނުކުޅެދޭ މީހުންގެ ޙައްޤުތަކާ ގުޅޭ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވުމުގެ މައްސަލަ ކޮމިޓީއަށް
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރާ ބައިނަލްއަޤުވާމީ މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވުމާ ގުޅޭގޮތުން މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވައިފިއެވެ.