ހުސްވެފައިވާ ޖޭޕީގެ ނައިބު ލީޑަރުކަމުގެ މަގާމަށް ކުރިމަތިލެއްވި 4 ބޭފުޅުން/ ފޮޓޯ: ހަބަރު
ހަބަރު
09 Dec 2023 | 17:18
ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރުކަމަށް 4 ބޭފުޅުން ކުރިމަތިލައްވައިފި

ހުސްވެފައިވާ ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރުކަމުގެ މަޤާމަށް 4 ބޭފުޅުން ކުރިމަތިލައްވައިފި އެވެ. 

ޖުމްހޫރީ ޕާޓީގެ 5 ނައިބު ލީޑަރުން ތިއްބަވާއިރު، އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިގްބާލް އާދަމް އެ ޕާޓީން ވަކިވެވަޑައިގެން ރައީސް އޮފީހުގެ މިނިސްޓަރު ކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން އެ މަޤާމަށް ބޭފުޅަކު ހޮވުމަށް ވަނީ ހުޅުވާލާފަ އެވެ. 

އެ ފުރުސަތުގައި 4 ބޭފުޅުން އެ މަޤާމަށް ކުރިމަތިލައްވާފައިވައިރު، އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ: 

1. ޓޫރިޒަމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އައްސަދު ރިޒާ

2. ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަދި ގާސިމް އިބްރާހީމްގެ އެޑްވައިޒަރު އަހްމަދު ނިހާން ހުސައިން މަނިކު

3. ޓްރާންސްޕޯޓް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަދި ޖޭޕީގެ ތަރުޖަމާން އަލީ ސޯލިހް

4. ޖޭޕީގެ ކައުންސިލް މެންބަރު މުހައްމަދު ސައީދު (ބޮކި ސައީދު)

ހުސްވެފައިވާ ޖޭޕީގެ ލީޑަޝިޕްގެ މަގާމުތަކަށް ބޭފުޅުން ހޮވުމަށް ހަމަޖެހިފައިވަނީ އާދިއްތަ ދުވަހުގެ މެންދުރުފަހު 2:00 ގަ އެވެ. މި އިންތިޚާބުގައި ވޯޓުލާނީ އެ ޕާޓީގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ނެވެ. 

ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީއަށް ބޮޑު ނާކާމިޔާބީއަކާއި ކުރިމަލިތާން ޖެހުނު ކަމުގައި ވިޔަސް، އެ ޕާޓީގެ ހިންގުން ހަރުދަނާކޮށް، ސިޔާސީ މަސައްކަތް ވަރުގަދަ ކުރައްވާނެ ކަމަށް ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވަނީ ވިދާޅުވެފަ އެވެ. 

އެގޮތުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ޖުމްހޫރީ ޕާޓީން ވާދަކުރާނެ ކަމަށާއި، އެކުގައި ވާދަކުރުމަށް އެ ޕާޓީން ވަނީ ދާދިފަހުން އެމްޑީޕީއާއި އެކު މަޝްވަރާ ކުރިއަށް ގެންގޮސްފަ އެވެ. 

ހުސްވެފައިވާ ޕާޓީގެ ލީޑަޝިޕްގެ މަގާމުތަކަށް ބޭފުޅުން އިންތިޚާބު ކުރެވިގެން ދިއުމާއި އެކު، ޕާޓީގެ މަސައްކަތްތައް ފެށިގެންދާނެ ކަމަށް ޖޭޕީން ވަނީ ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ
07 Oct 2026
އަރިދަފުސް ރޯގާ ޖެހިފައި ހުންނައިރު އައިސްކްރީމް ކެވިދާނެތަ؟
އަރިދަފުސް ރޯގާ ޖެހުމުން އެންމެ އާންމުކޮށް އިވޭ އެއް ނަސޭހަތަކީ ފިނި އެއްޗެހި ނުބުއިމަށާއި، ހާއްސަކޮށް އައިސްކްރީމް ފަދަ ތަކެތި ނުކެއުމަށެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ފިނި އެއްޗެހި ކެއުމަކީ ރޯގާ އިތުރަށް ގޯސްވެ، އަރިދަފުސް އުފެދުން އިތުރުކޮށްދީ، ވައިރަސް ފެތުރުން އަވަސްކޮށްދޭ ކަމެކެވެ. ނަމަވެސް މި ވާހަކަތަކުގައި ސައިންޓިފިކް ނުވަތަ ސިއްހީ އެއްވެސް ހަގީގަތެއް އެބައޮތް ހެއްޔެވެ؟