ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ތުރުކީވިލާތަށާއި ދުބައީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވަައި ރާއްޖެ ވަޑައިގެންނެވުން-- ފޮޓޯ/ރައީސް އޮފީސް
ހަބަރު
14 Dec 2023 | 18:59
އާރްޓީއައި ލާކަށް ނުޖެހުނު؛ ސަރުކާރުން އިސްވެ ދަތުރުގެ ހަރަދު ހާމަކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ތުރުކީވިލާތަށާއި، ކޮޕް28 ގައި ބައިވެރިވެވަޑައިގެންނެވުމަށް ދުބާއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ޚަރަދުތައް ރައީސް އޮފީހުން ހާމަކޮށްފިއެވެ. 

މީގެ ކުރީ ސަރުކާރުތަކުގައި ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގެ ޚަރަދުތައް ލިބެނީ އެ މަޢުލޫމާތު ހޯދުމަށް އާރްޓީއައި ލައިގެން އެދޭ ފަރާތްތަކަށް އެކަންޏެވެ. 

ނަމަވެސް، ރައީސް ޑރ މުޢިއްޒުގެ ސަރުކާރުގެ ކަންކަން ވީހާވެސް ހާމަކަން ބޮޑުގޮތެއްގައި ކުރިއަށްގެންދެވުމަށް، އެމަނިކުފާނު ވަނީ އެމަނިކުފާނު ކުރައްވާ ހުރިހާ ރަސްމީ ދަތުރުފުޅެއްގެ ޚަރަދުތައް ގިނަވެގެން 15 ދުވަހުގެ ތެރޭގައި ހާމަކުރެއްވުމަށް ނިންމަވާފައެވެ.

އެގޮތުން، އެންމެ ފަހުން ތުރުކީވިލާތަށާއި ކޮޕް28 ގައި ބައިވެރިވެވަޑައިގެންނެވުމަށް ދުބާއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ޚަރަދުތަކުގެ ތަފްސީލް ވަނީ ހާމަކޮށްފައެވެ.

ދެ ދަތުރުގެ ޓިކެޓްގެ ޚަރަދު (މާލެ-ތުރުކިޔެ-ދުބައި-މާލެ)

• ފަސްޓް ކްލާސް ހަތަރު ޓިކެޓް-- -/683,229.36ރ

• ބިޒްނަސް ކްލާސް 12 ޓިކެޓް-- -/1,539,239.82ރ

• އިކޮނޮމީ ކްލާސް 12 ޓިކެޓް-- -/232,086.42ރ

ދެ ގައުމަށް ރައީސް މުޢިއްޒާއި ސަރުކާރުގެ ވަފުދު ކުރެއްވި ދަތުރުފުޅުގެ ޓިކެޓުގެ ޖުމްލަ އަގަކީ، -/2,454,555.60 ރުފިޔާއެވެ. 

މީގެ އިތުރުން ތުރުކީވިލާތަށް ކުރެއްވި ދަތުރުގެ ޕޮކެޓް މަނީގެ ގޮތުގައި 22 ބޭފުޅުންނަށް 217,828 ރުފިޔާ ޚަރަދުކޮށްފައިވާއިރު، އިންސިޑެންޓަލް ޚަރަދުގެ ގޮތުގައި 41,548.80 ރުފިޔާ، ދެ ކަންތަކަށް ޖުމްލަ 259,376.80 ރުފިޔާ ޚަރަދުކޮށްފައިވެއެވެ. 

ރައީސް އޮފީހުން ބުނީ ތުރުކީވިލާތަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ހުރުމާއި ފަރިއްކޮޅު ޚަރަދާއި އެތެރޭގެ ދަތުރުފަތުރުގެ ޚަރަދުތައް ހަމަޖައްސައިދިނީ އެ ގައުމުގެ ސަރުކާރުން ކަމަށެވެ. 

އަދި އިސްތަންބޫލް-އަންކާރާ-އިސްތަންބޫލްގެ ފްލައިޓް ދަތުރު ހަމަޖައްސައިދިނީ ވެސް އެ ޤައުމުގެ ސަރުކާރުން ކަމަށެވެ.

ދުބާއި ދަތުރު

• ޕޮކެޓް މަނީ (19 ބޭފުޅުން) -- 182,546 ރ

• ފަރިއްކޮޅު ޚަރަދު (9 ބޭފުޅުން) -- 145,944.76 ރ

• ދަތުރުފަތުރު ޚަރަދު -- 75,488.38 ރ

• އެކޮމޮޑޭޝަން ޚަރަދު (9 ބޭފުޅުން) -- 168,892.06 ރ

• ސިމްކާޑު ޚަރަދު -- 26,412.59 ރ

• ދުބާއީގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލު ކުރެއްވުން -- 155,182.21 ރ

• އިންސިޑެންޓަލް -- 20,766.72 ރ 

ދުބާއީއަށް ކުރެއްވި ދަތުރުގައި ވަޑައިގެންނެވި 10 ބޭފުޅުންގެ ހުރުމާއި ފަރިއްކުޅުގެ ޚަރަދުތައް ޔޫއޭއީ ސަރުކާރުން ހަމަޖައްސައިދީފައިވާއިރު އެ ދަތުރަށް ޖުމްލަ 775,232.72 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. 

ރައީސް އޮފީހުން ޢާއްމުކޮށްފައިވާ މަޢުލޫމާތުގައިވާގޮތުން، ތުރުކީވިލާތަށާއި ދުބާއީއަށް ކުރެއްވި ދަތުރުފުޅަށް ޖުމްލަ 3,489,165.12 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ
07 Oct 2026
އަރިދަފުސް ރޯގާ ޖެހިފައި ހުންނައިރު އައިސްކްރީމް ކެވިދާނެތަ؟
އަރިދަފުސް ރޯގާ ޖެހުމުން އެންމެ އާންމުކޮށް އިވޭ އެއް ނަސޭހަތަކީ ފިނި އެއްޗެހި ނުބުއިމަށާއި، ހާއްސަކޮށް އައިސްކްރީމް ފަދަ ތަކެތި ނުކެއުމަށެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ފިނި އެއްޗެހި ކެއުމަކީ ރޯގާ އިތުރަށް ގޯސްވެ، އަރިދަފުސް އުފެދުން އިތުރުކޮށްދީ، ވައިރަސް ފެތުރުން އަވަސްކޮށްދޭ ކަމެކެވެ. ނަމަވެސް މި ވާހަކަތަކުގައި ސައިންޓިފިކް ނުވަތަ ސިއްހީ އެއްވެސް ހަގީގަތެއް އެބައޮތް ހެއްޔެވެ؟
07 Oct 2026
ނުކުޅެދޭ މީހުންގެ ޙައްޤުތަކާ ގުޅޭ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވުމުގެ މައްސަލަ ކޮމިޓީއަށް
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރާ ބައިނަލްއަޤުވާމީ މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވުމާ ގުޅޭގޮތުން މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވައިފިއެވެ.
07 Oct 2026
އަޔަލެންޑްގެ ކޯޗު ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލައެއް
ޔޫއެފާ ނޭޝަންސް ލީގުގައި ރިޕަބްލިކް އޮފް އަޔަލެންޑާއި އިޒްރޭލު ބައްދަލުކުރި މެޗުގެ ހާފްޓައިމްގައި، އިޒްރޭލުގެ ކުޅުންތެރިއަކު އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް ކުޅުޖެހި ކަމަށް ބުނާ މައްސަލައެއް ޔޫރަޕްގެ ފުޓްބޯޅަ އިދާރާ (ޔުއެފާ) އިން ބަލަން ފަށައިފިއެވެ.