މިއަދުގެ ކެބިނެޓް ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު-- ފޮޓޯ/ރައީސް އޮފީސް
ހަބަރު
17 Dec 2023 | 16:41
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހަވާނެ ގޮތަށް އޮފީސްތައް ބިނާކޮށް، ވަޒީފާގެ ފުރުސަތު ހުޅުވާލަން ނިންމައިފި!

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދާއި އެއްގޮތަށް އެފަރާތްތަކަށް ވަޒީފާގެ ފުރުސަތު ތައް ހުޅުވާލުމަށް ސަރުކާރުން ނިންމައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓުން މިއަދު ނިންމެވި ނިންމުންތަކާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ޝަހީބު ވިދާޅުވީ، އެ ބައްދަލުވުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދެއްވުމުގެ ސިޔާސަތު ކަނޑައަޅުއްވާފައިވާ ތާވަލާ އެއްގޮތަށް ތަންފީޒުކުރައްވަން ފަށްޓަވަން ނިންމަވާފައިވާ ކަމަށެވެ. 

އަދި، އެކަމާއި ގުޅޭ މަސައްކަތްތައް، ސަރުކާރުގެ އޮފީސްތަކާއި ވުޒާރާ ތަކުން ކުރިއަށް އޮތް ތަނުގައި ކުރިއަށް ގެންދަވާނެ ކަމަށް ވެސް ޝަހީބު ވިދާޅުވި އެވެ. 

އަދި އެ މަސައްކަތަކީ ވަރަށް ފުޅާދާއިރާއެއްގައި ކުރެވޭނެ މަސައްކަތެއް ކަމަށް ވުމާއިއެކު، ކަމާއި ގުޅޭ އެހެނިހެން މިނިސްޓްރީތަކުގެ މަޝްވަރާއާއި ލަފާގެ މަތިން މި ސިޔާސަތަށް އިތުރު ކުރައްވަން ޖެހޭ ބައިތައް މިއަދު ކެބިނެޓް ބައްދަލުވުމުގައި އިތުރު ކުރައްވާފައިވާ ކަން ވެސް ޝަހީބް ފާހަގަކުރެއްވި އެވެ. 

އެގޮތުން، އެފަދަ ފަރާތްތަކަށް ފަހިވާނެ ގޮތަށް، ޕްލޭނިންގ އަދި ކޮންސްޓަރަކްޝަންއާ ގުޅޭ ގަވާއިދަށް ގެންނަންޖެހޭ ބައެއް ބަދަލުތައް ވޭހާވެސް އަވަހަށް ގެނައުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

މިދެންނެވީ ބައެއް އޮފީސް ތަކުގައި އެބަހުރި، އަރާފޭބުމާއި، މިކަހަލަ ކަންތައްތައް. ފޮރޮޅުލީ ގޮނޑިތަކަށް ފަސޭހަކަމާއިއެކު ނުވަދެވޭ ގޮތަށް އެބަހުރި. އެހެންވީމާ އަވަސް މުސްތަގުބަލެއްގައި މިކަންތައް ތަކަށްވެސް، އިތުރު ފަސޭހަކަމެއް ގެނައުމަށް މިވަނީ ނިންމާފައި. އަދި އެ ގަވާއިދު ތަކާއި އެއްގޮތަށް މިހާރު ހުރި އިމާރާތްތަކަށް ގެނެވޭނެ ބަދަލުތައް ބަލައި، ގެންނަންޖެހޭ ބަދަލު ތައް ގެނައުމާއެކު، ކުރިއަށް އޮތް ތަނުގައި އިމާރާތްކުރާ ތަންތަނުގައި، އެގަވާއިދުތަކާއި އެއްގޮތަށް އިމާރާތް ކުރަންވެސް މިއަދު މިވަނީ ނިންމާފައި. 

ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ޝަހީބު

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން، އދ މަހިބަދޫ އަށާއި، ބ.ކަމަދޫ އަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަނީ، އެމަނިކުފާނު އެކުލަވާލައްވާ ސަރުކާރުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ އަދާކުރުމަށް ފުރުސަތު ހުޅުވާލާނެ ކަމަށް ވަޢުދުވެވަޑައިގެންފައެވެ. 

އެ ފަރާތްތަކަށް އެންމެ ފުޅާ ދާއިރާއެއްގައި ވަޒީފާ ދެވެން ފެށުނީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ. އެމަނިކުފާނުގެ ވެރިކަމުގައި ސަރުކާރުގެ ކުންފުނިތަކުން އެފަދަ މީހުންނަށް ވަޒީފާދެއްވާފައި ވެއެވެ. 

ނަމަވެސް، ރައީސުލްޖުމުހޫރިއްޔާ އިބްރާޙީމް މުހައްމަދު ޞާލިހުގެ ސަރުކާރު އައުމާއިއެކު އެކަން ވަނީ މަޑުޖެހިފައެވެ. 


ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ
07 Oct 2026
އަރިދަފުސް ރޯގާ ޖެހިފައި ހުންނައިރު އައިސްކްރީމް ކެވިދާނެތަ؟
އަރިދަފުސް ރޯގާ ޖެހުމުން އެންމެ އާންމުކޮށް އިވޭ އެއް ނަސޭހަތަކީ ފިނި އެއްޗެހި ނުބުއިމަށާއި، ހާއްސަކޮށް އައިސްކްރީމް ފަދަ ތަކެތި ނުކެއުމަށެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ފިނި އެއްޗެހި ކެއުމަކީ ރޯގާ އިތުރަށް ގޯސްވެ، އަރިދަފުސް އުފެދުން އިތުރުކޮށްދީ، ވައިރަސް ފެތުރުން އަވަސްކޮށްދޭ ކަމެކެވެ. ނަމަވެސް މި ވާހަކަތަކުގައި ސައިންޓިފިކް ނުވަތަ ސިއްހީ އެއްވެސް ހަގީގަތެއް އެބައޮތް ހެއްޔެވެ؟
07 Oct 2026
ނުކުޅެދޭ މީހުންގެ ޙައްޤުތަކާ ގުޅޭ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވުމުގެ މައްސަލަ ކޮމިޓީއަށް
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރާ ބައިނަލްއަޤުވާމީ މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވުމާ ގުޅޭގޮތުން މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވައިފިއެވެ.
07 Oct 2026
އަޔަލެންޑްގެ ކޯޗު ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލައެއް
ޔޫއެފާ ނޭޝަންސް ލީގުގައި ރިޕަބްލިކް އޮފް އަޔަލެންޑާއި އިޒްރޭލު ބައްދަލުކުރި މެޗުގެ ހާފްޓައިމްގައި، އިޒްރޭލުގެ ކުޅުންތެރިއަކު އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް ކުޅުޖެހި ކަމަށް ބުނާ މައްސަލައެއް ޔޫރަޕްގެ ފުޓްބޯޅަ އިދާރާ (ޔުއެފާ) އިން ބަލަން ފަށައިފިއެވެ.