ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު-- ފޮޓޯ/ރައީސް އޮފީސް
ހަބަރު
20 Dec 2023 | 11:35
ރައީސްއާއި ވަޒީރުންނަށް ލިބޭ މުސާރައިގެ ކުރިއެރުން އިޖުތިމާޢީ ފަންޑަކަށް ހަދިޔާ ކުރަން ނިންމައިފި!

ރައީސުލްޖުމްހޫރިއްޔާ އާއި ނާއިބު ރައީސް އަދި ސަރުކާރުގެ ވަޒީރުންގެ މުސާރަ ބޮޑުކުރުމަށް އެމްޑީޕީ މެޖޯރިޓީ އޮންނަ މާލިއްޔަތު ކޮމިޓީން އިއްޔެ ނިންމި ނިންމުމާއިއެކު މުސާރައަށް ލިބޭ ކުރިއެރުން، އިޖުތިމާޢީ ފަންޑަކަށް ހަދިޔާ ކުރަން ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒާއި ސަރުކާރުގެ އިސްވެރިން ނިންމަވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ އާއި ނާއިބު ރައީސް އާއި ވަޒީރުންގެ މުސާރަ ބޮޑު ކުރަން އިއްޔެ މާލިއްޔަތު ކޮމިޓީން ފާސް ކުރުމާއި ގުޅިގެން، ރައީސް މުޢިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ނިންމެވުމަކީ ސަރުކާރުން އެދިގެން ނިންމަވާފައިވާ ނިންމެވުމެއް ނޫން ކަމަށެވެ. 

އަދި މުސާރަ ބޮޑު ކުރާން ބޭނުންވެސް ނުވާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. 

އެއްވެސް މަޝްވަރާ ކުރުމެއްނެތި މި ގެނައި ބަދަލުގެ ސަބަބުން ލިބޭ މުސާރައިގެ ކުރިއެރުން ކުޑަކުދިންގެ ހިޔާ ފަދަ އިޖުތިމާޢީ ފަންޑަކަށް ހަދިޔާ ކުރަން އަޅުގަނޑުމެން ނިންމައިފިން

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު

އިއްޔެ މާލިއްޔަތު ކޮމިޓީން ވަނީ މަޖިލީސް މެންބަރުންނާއި ސަރުކާރުގެ އިސްވެރިންނާއި އެނޫންވެސް ބައެއް ފަރާތްތަކުގެ މުސާރަ ބޮޑު ކުރަން ފާސްކޮށްފައެވެ. އެގޮތުން ނިންމެވި ނިންމެވުމާއި އެކު އެލަވަންސް އަކާއި ނުލާވެސް ބޮޑު މުސާރައެއް އެފަރާތަކަށް ލިބެއެވެ.

މިބަދަލު ފާސްވެއްޖެ ނަމަ އެފަރާތްތަކަށް މުސާރަ އަކަށް ލިބޭނެ މިންވަރަކީ؛ 

ރައީސުލްޖުމްހޫރިއްޔާ 120،000ރ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު - 93،000ރ.

ވަޒީރުން - 72،000ރ.

ރައްޔިތުންގެ މަޖިލިސް މެންބަރުން - 80،000ރ.

މަޖިލީހުގެ ރައީސް - 90،000ރ.

މަޖިލީހުގެ ނައިބު ރައީސް - 88،000ރ.

އުއްތަމަ ފަނޑިޔާރު - 91،000ރ.

ގަވަރުނަރު - 74،000ރ.

އޮޑިޓާ ޖެނެރަލް - 74،000ރ.

ޕްރޮސެކިއުޓާ ޖެނެރަލް - 74،000ރ.

މޭޔަރު - 46،000ރ.

ޑެޕިއުޓީ މޭޔަރު- 40،500ރ.

ސިޓީ ކައުންސިލް މެންބަރުން 35،000ރ.

އަތޮޅު ކައުންސިލް ރައީސް 33،000ރ.

ރަށު ކައުންސިލް ރައީސް 25،500ރ.

ރަށު ކައުންސިލް ނައިބުން 20،000ރ.

ރަށު ކައުންސިލަރުން 18،000ރ.

މާލިއްޔަތު ކޮމިޓީން މުސާރަތައް ބޮޑުކުރަން ފާސްކުރި ނަމަވެސް މިކަމާ މެދު ފަހުގެ ނިންމުން ނިންމާނީ ކޮމިޓީ ރިޕޯޓަށް ބަހުސްކުރުމަށްފަހު މަޖިލީހުގެ ތަޅުމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ
07 Oct 2026
އަރިދަފުސް ރޯގާ ޖެހިފައި ހުންނައިރު އައިސްކްރީމް ކެވިދާނެތަ؟
އަރިދަފުސް ރޯގާ ޖެހުމުން އެންމެ އާންމުކޮށް އިވޭ އެއް ނަސޭހަތަކީ ފިނި އެއްޗެހި ނުބުއިމަށާއި، ހާއްސަކޮށް އައިސްކްރީމް ފަދަ ތަކެތި ނުކެއުމަށެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ފިނި އެއްޗެހި ކެއުމަކީ ރޯގާ އިތުރަށް ގޯސްވެ، އަރިދަފުސް އުފެދުން އިތުރުކޮށްދީ، ވައިރަސް ފެތުރުން އަވަސްކޮށްދޭ ކަމެކެވެ. ނަމަވެސް މި ވާހަކަތަކުގައި ސައިންޓިފިކް ނުވަތަ ސިއްހީ އެއްވެސް ހަގީގަތެއް އެބައޮތް ހެއްޔެވެ؟
07 Oct 2026
ނުކުޅެދޭ މީހުންގެ ޙައްޤުތަކާ ގުޅޭ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވުމުގެ މައްސަލަ ކޮމިޓީއަށް
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރާ ބައިނަލްއަޤުވާމީ މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވުމާ ގުޅޭގޮތުން މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވައިފިއެވެ.
07 Oct 2026
އަޔަލެންޑްގެ ކޯޗު ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލައެއް
ޔޫއެފާ ނޭޝަންސް ލީގުގައި ރިޕަބްލިކް އޮފް އަޔަލެންޑާއި އިޒްރޭލު ބައްދަލުކުރި މެޗުގެ ހާފްޓައިމްގައި، އިޒްރޭލުގެ ކުޅުންތެރިއަކު އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް ކުޅުޖެހި ކަމަށް ބުނާ މައްސަލައެއް ޔޫރަޕްގެ ފުޓްބޯޅަ އިދާރާ (ޔުއެފާ) އިން ބަލަން ފަށައިފިއެވެ.
07 Oct 2026
މުޒާހަރާގެ ތެރެއިން އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ ހައްޔަރުކޮށްފި
އިންޑިއާގެ ޤައުމީ ވޯޓާސް ލިސްޓުން އެތައް މިލިއަން ބައެއްގެ ނަން އުނިކޮށްފައިވާ މައްސަލައިގައި، އެ ޤައުމުގެ އިލެކްޝަން ކޮމިޝަނުގެ ވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި ކުރިއަށް ގެންދިޔަ ބޮޑު މުޒާހަރާގެ ތެރެއިން އިދިކޮޅު މައި ލީޑަރު ރާހުލް ގާންދީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
07 Oct 2026
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް؛ ފަސް މީހަކަށް ފަރުވާ ދެނީ
ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ފަސް މީހަކަށް އެކިވަރުގެ އަނިޔާތައް ލިބި، ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.