އާ ސުކޫލުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު ވާހަކަދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
25 Dec 2023 | 21:00
އާ ސުކޫލުގެ ބިންގަލާއެކު ފެށިގެން މި ދިޔައީ ހުޅުމާލެ ދެވަނަ ފިޔަވަހި ތަރައްގީ ކުރުމުގެ މަސައްކަތް: ރައީސް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަލަށް ބިންގާ އެޅުނު ސްކޫލާއެކު ފެށިގެން މިދިޔައީ ހުޅުމާލޭ ދެވަނަ ފިޔަވަހި ތަރައްޤީކުރުމުގެ މަސައްކަތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒު މިހެން ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަލަށް ޢިމާރާތްކުރާ ސްކޫލުގެ ބިންގާ އަޅުއްވާދެއްވާ، ދެއްކެވި ވާހަކަފުޅުގައެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތައް ކައިރީ ޢިމާރާތްކުރާ މި ސްކޫލަކީ 1700 ކުދިންގެ ޖާގައިގެ ސްކޫލެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ޤައުމު ބިނާކުރުމަށް ކިތަންމެ އުސްކޮށްވެސް ޢިމާރާތްތައް ހެދިދާނެކަމަށާއި، އެހެން ނަމަވެސް ސިކުނޑިތައް ތަރައްޤީނުކުރެވޭނަމަ، އެ ގެނެވޭ ތަރައްޤީގެ ފައިދާ އެންމެ ހެޔޮގޮތުގައި ނުކުރާނެކަމަށެވެ.

ތަޢުލީމަކީ ހެޔޮގޮތުގައި ނުދެވިއްޖެނަމަ އޭގެ ހިތާމަ މުޅި ޤައުމަށް ކުރާނެކަމެއްކަމުން، ތަޢުލީމީ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު ވިދާޅުވީ އުއްމީދަކީ މިފެށޭ ޖަނަވަރީމަހު ފައުންޑޭޝަންގެ މަސައްކަތްތައް ފަށާ، ގިނަވެގެން 18 މަސް ދުވަހުގެ ތެރޭގައި މުޅި މަޝްރޫޢު ނިންމާލުންކަމަށެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަށްސަކީ މީގެކުރިން މާބޮޑު އަޅާލުމެއް ދެވިފައިނުވާ ސަރަޙައްދެއްކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ، މި ސްކޫލާއެކު މިއަދު މި އެޅިގެންދިޔައީ މި ސަރަޙައްދު ތަރައްޤީކުރުމުގެ ބިންގާކަމަށެވެ.  

"މިއަދު މި އެޅިގެން މިދިޔަ ބިންގާއަކީ އޭގެ ހުރިހާ މާނައެއްގެ އިރާދަކުރެއްވިއްޔާ މި ސަރަޙައްދު ދެވަނަ ފިޔަވަހީގެ މި ސަރަޙައްދު ތަރައްޤީކުރުމުގެ ބިންގާ. ޕާކުތަކާއި، މައިދާންތަކާއި، އެކިއެކި އިޖްތިމާޢީ އެކި ކަހަލަ ބޭނުންތަކަށް ބިނާކުރެވޭ ޢިމާރާތްތަކާއި، އަދި ޢިޤްތިޞާދީ އެކިއެކި ބޭނުންތަކަށް ތަރައްޤީކުރެވޭ ތަންތަނާއި މިހުރިހާކަމެއް ހިމެނިގެންދާގޮތަށް އިރާދަކުރެއްވިއްޔާ މިތަނުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ފުރިހަމަކަން ގެނެސްދިނުމަކީ އަޅުގަނޑުމެންގެ މުހިންމު ސިޔާސަތެއް"

ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު

ހުޅުމާލޭ ދެވަނަ ފިޔަވަށްސަކީ އެތަނުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަތަނަކަށް ހަދައިދޭނެކަމަށް އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް ހިޔާ ޓަވަރުތަކުގެ ލިފްޓްތައް އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކާގުޅޭގޮތުން ވެސް މި ރަސްމިއްޔާތުގައި ރައީސް ވަނީ އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން ހިޔާ ޓަވަރުތަކުގައި 2 ލިފްޓް އިތުރަށް ހަރުކުރުމަށް ނިންމާފައިވާގޮތަށް އެކަމަށް ބޭނުންވާ ނިންމުންތައް ނިންމާ އެގްރީމެންޓްތައް ހެދުމުގެ މަސައްކަތް ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ހަފްތާ-14 ގެ ތެރޭގައި ތާވަލުކުރެވުނު ގޮތަށް އެ މަސައްކަތް ފެށިގެންދާނެކަމަށާއި ގެދޮރޮވެރިކަމަށް ދެންވެސްހުރި ދަތިތަކަށް ހައްލު ހޯދުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ
07 Oct 2026
އަރިދަފުސް ރޯގާ ޖެހިފައި ހުންނައިރު އައިސްކްރީމް ކެވިދާނެތަ؟
އަރިދަފުސް ރޯގާ ޖެހުމުން އެންމެ އާންމުކޮށް އިވޭ އެއް ނަސޭހަތަކީ ފިނި އެއްޗެހި ނުބުއިމަށާއި، ހާއްސަކޮށް އައިސްކްރީމް ފަދަ ތަކެތި ނުކެއުމަށެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ފިނި އެއްޗެހި ކެއުމަކީ ރޯގާ އިތުރަށް ގޯސްވެ، އަރިދަފުސް އުފެދުން އިތުރުކޮށްދީ، ވައިރަސް ފެތުރުން އަވަސްކޮށްދޭ ކަމެކެވެ. ނަމަވެސް މި ވާހަކަތަކުގައި ސައިންޓިފިކް ނުވަތަ ސިއްހީ އެއްވެސް ހަގީގަތެއް އެބައޮތް ހެއްޔެވެ؟
07 Oct 2026
ނުކުޅެދޭ މީހުންގެ ޙައްޤުތަކާ ގުޅޭ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވުމުގެ މައްސަލަ ކޮމިޓީއަށް
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރާ ބައިނަލްއަޤުވާމީ މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވުމާ ގުޅޭގޮތުން މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވައިފިއެވެ.
07 Oct 2026
އަޔަލެންޑްގެ ކޯޗު ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލައެއް
ޔޫއެފާ ނޭޝަންސް ލީގުގައި ރިޕަބްލިކް އޮފް އަޔަލެންޑާއި އިޒްރޭލު ބައްދަލުކުރި މެޗުގެ ހާފްޓައިމްގައި، އިޒްރޭލުގެ ކުޅުންތެރިއަކު އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް ކުޅުޖެހި ކަމަށް ބުނާ މައްސަލައެއް ޔޫރަޕްގެ ފުޓްބޯޅަ އިދާރާ (ޔުއެފާ) އިން ބަލަން ފަށައިފިއެވެ.
07 Oct 2026
މުޒާހަރާގެ ތެރެއިން އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ ހައްޔަރުކޮށްފި
އިންޑިއާގެ ޤައުމީ ވޯޓާސް ލިސްޓުން އެތައް މިލިއަން ބައެއްގެ ނަން އުނިކޮށްފައިވާ މައްސަލައިގައި، އެ ޤައުމުގެ އިލެކްޝަން ކޮމިޝަނުގެ ވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި ކުރިއަށް ގެންދިޔަ ބޮޑު މުޒާހަރާގެ ތެރެއިން އިދިކޮޅު މައި ލީޑަރު ރާހުލް ގާންދީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
07 Oct 2026
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް؛ ފަސް މީހަކަށް ފަރުވާ ދެނީ
ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ފަސް މީހަކަށް އެކިވަރުގެ އަނިޔާތައް ލިބި، ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ