އެންޑްރޫ މިލާ --- ފޮޓޯ: އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓު
ދުނިޔެ
22 Jun 2024 | 21:30
އިސްރާއީލާއި ފަލަސްތީނުގެ ކަންކަމާ ބެހޭ އެމެރިކާގެ އިސް އޮފިޝަލަކު އިސްތިއުފާދީފި

ޣައްޒާގެ ހަނގުރާމައާ ގުޅޭ ކަންކަމުގައި މަސައްކަތް ކުރުމަށް އެމެރިކާއިން ކަނޑައަޅާފައިވާ، ޚާއްސަ ސްޓޭޓް ޑިޕާޓްމަންޓުގެ އެންމެ އިސް އޮފިޝަލް އިސްތިއުފާ ދީފިއެވެ.

ސީއެންއެން އިން ރިޕޯޓުކުރިގޮތުގައި، އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުގެ އިސް އޮފިޝަލް، އެންޑްރޫ މިލާ އޭނާގެ މަގާމު ދޫކޮށްލަން ނިންމާފައިވަނީ އަމިއްލަ ސަބަބުތަކާ ހުރެއެވެ.

ބޭރުގެ ބައެއް މީޑިއާ ތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިލާ މަޤާމުން އިސްތިއުފާ ދިނީ، އޭނާގެ އާއިލާއާއެކު ވަގުތު ހޭދަކުރުމަށެވެ.

އެމެރިކާގެ އިސް އޮފިޝަލް މިލާ އިސްތިއުފާ ދިން އިރު، އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ޤަޠުލުޢާންމު ހިންގުމާ ހަވާލުވެ ތިބި ގިނަ ބަޔަކު ދަނީ އިސްތިއުފާ ދެމުންކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އިސްރާއީލުން އެކުލަވާލި ނަތަންޔާހޫގެ ހަނގުރާމަ ކެބިނެޓުގެ އިސް ދެ އޮފިޝަލަކުވެސް ވަނީ އިސްތިއުފާ ދީފައެވެ. އަދި މިކަމާ ގުޅިގެން، ނަތަންޔާހޫ ވަނީ ހަނގުރާމަ ކެބިނެޓު އުވާ ލައިފައެވެ.

އިސްރާއީލުން ފަލަޞްޠީނުގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާ ތަކުގައި، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ހަމައެކަނި ޣައްޒާއިން ވަނީ 37,431 މީހުން ޝަހީދުވެފައެވެ. މީގެ ތެރޭގައި 15,000 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ. އިސްރާއީލުން ހުއްޓުމެއްނެތި ދެމުންދާ ޙަމަލާ ތަކުގައި، ޣައްޒާއިން 85,653 މީހުން ޒަޚަމް ވެފައިވާއިރު، ގެއްލިފައިވާ މީހުންގެ ޢަދަދު ވަނީ 10،000 އިން މައްޗަށް ގޮސްފައެވެ. 

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހަށް ފަހު، ހިފާފައިވާ ހުޅަނގު އައްސޭރިން ވަނީ، 135 ކުޑަކުދިން ހިމެނޭހެން 549 މީހުން ޝަހީދުކޮށްލާފައެވެ. އަދި އިސްރާއީލުން ދިން ޙަމަލާތަކުގައި އެކި ވަރުގެ އަނިޔާތައް ލިބި ހުޅަނގު އައްސޭރިން ޒަޚަމްވި މީހުންގެ ޢަދަދު ވަނީ 5,200 އިން މައްޗަށް ގޮސްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.