މާލީ ވަޒީރު ޑރ. މުހައްމަދު ޝަފީގު: ފޮޓޯ/ މަޖިލިސް
ހަބަރު
27 Jun 2024 | 09:54
ދައުލަތުގެ ދަރަނި ބެލެހެއްޓުމަށް ޑެޓް މެނޭޖްމެންޓް އޮފީހެއް ހުޅުވަނީ

ދައުލަތުގެ ދަރަނިތައް ނެގުމާއި ބެލެހެއްޓުމާއި މެނޭޖު ކުރުމަށް ޑެޓް މެނޭޖްމެންޓް އޮފީހެއް ހުޅުވުން ލާޒިމު ކުރާ ދައުލަތުގެ ދަރަންޏާ ބެހޭ ބިލު މަޖިލީހަށް ހުށަހަޅައިފިއެވެ. 

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހަޅުއްވާފައިވަނީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު އެވެ. އެ ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ އިއްޔެ އޮތް މަޖިލީހުގެ ޖަލްސާގައެވެ. 

މަމްދޫހު ހުށަހެޅުއްވި ބިލުގައި ބުނެފައިވާ ގޮތުން، ބިލު ގާނޫނަކަށް ބަދަލުވެ އަމަލު ކުރަންފަށާތާ ހަމަސް ދުވަހުގެ ތެރޭގައި، ސަރުކާރުގެ ދަރަނި ބެލެހެއްޓުމަށްޓަކައި މިނިސްޓަރު ކުރަންޖެހޭ ކަންކަން ކުރުމަށާ، ދައުލަތުގެ ދަރަނި ބަލަހައްޓައި މެނޭޖްކުރުމަށް، ޑެޓް މެނޭޖްމެންޓް އޮފީހެއް، ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގާ އިދާރާއެއްގެ ގޮތުގައި ގާއިމު ކުރަން ޖެހޭނެއެވެ.

އަދި، ޑެޓް މެނޭޖްމެންޓް އޮފިސް ވުޖޫދުވުމާއެކު ފިނޭންސް މިނިސްޓްރީގައި މިހާރު އޮތް ޑެޓް މެނޭޖްމެންޓް ޑިޕާޓްމެންޓުގެ އެންމެހާ ގާޏޫނީ ޒިންމާތަކާއި މުވައްޒަފުންނާއި މުދަލާއި ވަސީލަތްތަކާއި އިލްތިޒާމުތަކާއި އިމްތިޔާޒުތައް އަލަށް އުފެދުނު އިދާރާއަށް ބަދަލުވެގެން ދާނެކަމަށްވެސް ބިލުގައި ބުނެފައިވެ އެވެ.

އަދި ޑެޓް މެނޭޖްމެންޓް އޮފީހުގެ މަސްއޫލިއްޔަތުތައް އަދާކުރަން ޖެހޭނީ ޕްރޮފެޝަނަލް ކަމާއެކު ސިޔާސީ ނުފޫޒުން ނުވަތަ އެނޫންވެސް ފަރާތެއްގެ ނުފޫޒުން އެއްކިބާވެގެން ކަމަށް ބިލުގައި ބުނެފައިވާއިރު، ޑެޓް މެނޭޖްމެންޓް އޮފީހުގެ ކަންކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާން ޖެހޭނީ ފިނޭންސް މިނިސްޓަރެވެ.

އަލަށް އުފައްދާ ޑެޓް މެނޭޖްމެންޓް އޮފީހުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ދައުލަތުން ނަގާފައިވާ ދަރަންޏާއި، ދޫކޮށްފައިވާ ސޮވެރެން ގެރެންޓީތަޖާއި، ދައުލަތުގެ މާލިއްޔަތު ގާނޫނުގެ ދަށުން ސަރުކާރުން ދޫކޮށްފައުވާ ޓްރެޝަރީ ލޯނާއި، ސަބްސިޑިއަރީ ލޯނާއި ބެހޭ މައުލޫމާތު ރިކޯޑް ކުރުމާއި ބެލެހެއްޓުން ހިމެނެއެވެ.

އަދި ރާއްޖޭގެ ކްރެޑިޓް ރޭޓިން އެކަށީގެންވާ މިންގަނޑެއްގައި ހިފެހެއްޓުމަށް ކުރަންޖެހޭ މަސައްކަތް ކުރުމާއި ދައުލަތުގެ ދަރަނި ދައްކަންޖެހޭ މުއްދަތުތަކުގައި ދެއްކުމަށްޓަކައި ކުރަން ޖެހޭ ކަންކަން ކުރުމާއި ދައުލަތުގެ ދަރަނީގެ ޕޯޓްފޯލިއޯގައި ހިމެނޭ ހިރާސްތައް ކުޑަކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުންވެސް މި އޮފީހުގެ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި ހިމެނެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ
07 Oct 2026
އަރިދަފުސް ރޯގާ ޖެހިފައި ހުންނައިރު އައިސްކްރީމް ކެވިދާނެތަ؟
އަރިދަފުސް ރޯގާ ޖެހުމުން އެންމެ އާންމުކޮށް އިވޭ އެއް ނަސޭހަތަކީ ފިނި އެއްޗެހި ނުބުއިމަށާއި، ހާއްސަކޮށް އައިސްކްރީމް ފަދަ ތަކެތި ނުކެއުމަށެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ފިނި އެއްޗެހި ކެއުމަކީ ރޯގާ އިތުރަށް ގޯސްވެ، އަރިދަފުސް އުފެދުން އިތުރުކޮށްދީ، ވައިރަސް ފެތުރުން އަވަސްކޮށްދޭ ކަމެކެވެ. ނަމަވެސް މި ވާހަކަތަކުގައި ސައިންޓިފިކް ނުވަތަ ސިއްހީ އެއްވެސް ހަގީގަތެއް އެބައޮތް ހެއްޔެވެ؟
07 Oct 2026
ނުކުޅެދޭ މީހުންގެ ޙައްޤުތަކާ ގުޅޭ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވުމުގެ މައްސަލަ ކޮމިޓީއަށް
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރާ ބައިނަލްއަޤުވާމީ މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވުމާ ގުޅޭގޮތުން މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވައިފިއެވެ.
07 Oct 2026
އަޔަލެންޑްގެ ކޯޗު ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލައެއް
ޔޫއެފާ ނޭޝަންސް ލީގުގައި ރިޕަބްލިކް އޮފް އަޔަލެންޑާއި އިޒްރޭލު ބައްދަލުކުރި މެޗުގެ ހާފްޓައިމްގައި، އިޒްރޭލުގެ ކުޅުންތެރިއަކު އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް ކުޅުޖެހި ކަމަށް ބުނާ މައްސަލައެއް ޔޫރަޕްގެ ފުޓްބޯޅަ އިދާރާ (ޔުއެފާ) އިން ބަލަން ފަށައިފިއެވެ.
07 Oct 2026
މުޒާހަރާގެ ތެރެއިން އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ ހައްޔަރުކޮށްފި
އިންޑިއާގެ ޤައުމީ ވޯޓާސް ލިސްޓުން އެތައް މިލިއަން ބައެއްގެ ނަން އުނިކޮށްފައިވާ މައްސަލައިގައި، އެ ޤައުމުގެ އިލެކްޝަން ކޮމިޝަނުގެ ވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި ކުރިއަށް ގެންދިޔަ ބޮޑު މުޒާހަރާގެ ތެރެއިން އިދިކޮޅު މައި ލީޑަރު ރާހުލް ގާންދީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
07 Oct 2026
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް؛ ފަސް މީހަކަށް ފަރުވާ ދެނީ
ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ފަސް މީހަކަށް އެކިވަރުގެ އަނިޔާތައް ލިބި، ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ