ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަޠީފް :ފޮޓޯ/ މަޖިލިސް
ހަބަރު
16 Jul 2024 | 12:59
ދިވެހިންނަށް ސައިބާ ސެކިޔުރިޓީގައި ގައުމީ ލެވެލްގައި ޚިދުމަތް ކުރުމުގެ ފުރުސަތު ދޭންޖެހޭ: ޢިމްރާން

ދިވެހިންނަށް ސައިބާ ސެކިޔުރިޓީގައި ގައުމީ ލެވެލްގައި ޚިދުމަތް ކުރުމުގެ ފުރުސަތު ދިނުމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަޠީފް އެދިވަޑައިގެންފިއެވެ.

ރަައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާއިރު، އެ ބިލަށް ބަހުސް ކުރައްވަމުން ޢިމްރާން ވަނީ ސައިބާ ސެކިޔުރިޓީއާއި ގުޅުން ހުރި ކަންކަމަކީ ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅުންހުރި ކަންތައްތައް ކަން ފާހަގަކުރައްވާފައެވެ.

ކަންމިހެން ހުރި ނަމަވެސް ރާއްޖޭގައި ނިމިދޔަ ސަރުކާރުތަކުން އެފަދަ ކަންކަމުގައި ބަރޯސާވެފައިވަނީ ބޭރުގައުމު ތަކުގެ ފާމް ތަކުގެ އެހީއަށްކަން ފާހަގަކުރައް އިމްރާން ވަނީ، ދިވެހި ޒުވާނުންވެސް އެ ދާއިރާއިން ވަރަށް ބޮޑަށް ކުރިއަރާފައިވާކަން ފާހަގަކުރައްވާފައެވެ.

އެގޮތުން ބޭރު ގައުމުތަކުގެ އެކިއެކި ކުންފުނިތަކަށް އެ ދާއިރާއިން ދިވެހިން ޚިދުމަތްކޮށްދީފައިވާ ކަމަށާ، ރާއްޖޭގައި އެފަދަ ބިލެއް ފާސްވެގެން އަންނަ އިރު، އެފަދަ ޒުވާނުންނަށް އެ ދާއިރާއިން ރާއްޖެއަށް ޚިދުމަތް ކުރުމަށް ފުރުސަތުދޭންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ރޭާއްޖޭގައި މިހާރު އެބަހުރި މިކަންކަން ކުރަމުންދާ ސެކިޔުރިޓީ ފާމްތައް. އަޅުގަނޑުމެންގެ ޒުވާނުން މިކަންކަމަށް ހޭލުންތެރުވެފައުވާ މިންވަރަކީ، މި ބޭފުޅުން މަސައްކަތް ކޮށްދެއވާފައި އެބަހުރި ރާއްޖެއިން ބޭރުގެ، ސެކިޔުރިޓީ ފާމް ތަކަށް. އެގޮތުން މައިކްރޮސޮފްޓާއި، ޔޫއެސް ޑިޕާޓްމަންޓް އޮފް ޑިފެންސް، އައިބީއެމް، އޫބާ، ޕޭޕެލް، އެޓޯރޯ، އީބޭ، ޑެލް އަދި އޭގެ އިތުރުން، އެޗްޕީ، ލިންކުޑިން، ބީބީސީ،ސްޕޮޓިފައި މިފަދަ ދުނިޔޭގެ މަޝްހޫރު އިދާރާތަކާ ކުންފުނިތަކަށް އެބަހުރި ސައިބާ ސެކިޔުރިޓީ އާއި ސައިބާ އެނަލިސިސް، މިހެން ގޮސް ސައިބާ ސެކިޔުރިޓީއާ ގުޅުންހުރި ހުރިހާ ދާއިރާ އަކުން ދިވެހިން އެބަތިބި އެހީވެފައި. އެކަން އިންޓަނޭޝަނަލް ލެވެލްގައި އެބަހުރި ފާހަގަކޮށްފައި. 

ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަޠީފް 

“އެހެންވީމާ އަޅުގަނޑު އުއްމީދު ކުރަނީ މި ގާނޫނަށް އިސްލާހު ގެނެވިގެންދާއިރު ދިވެހިންނަށް ސައިބާ ސެކިޔުރިޓީގައި ގައުމީ ލެވެލްގައި ޚިދުމަތް ކުރުމުގެ ފުރުސަތު ލިބިގެން ދިޔުން” ޢިމްރާން ވިދާޅުވިއެވެ. 

މީގެ އިތުރުންވެސް އިމްރާން ވަނީ، އޮންލައިން ސިސްޓަމް ތަކުގެ ތެރެއިން އެކިއެކި ވައްކަން ކުރަމުންދާ ކަން ފާހަގަކުރައްވައި އެފަދަ ކަންކަން ހުއްޓުވުމަށް ސައިބާ ސެކިޔުރިޓީ އާއި ގުޅުންހުރި ބިލު ފާސްކުރުން މުހިންމުކަމަށް ވިދާޅުވެފައެޗެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.
09 Oct 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ޕައިލެޓަކާއެކު ތިން މީހުން މަރުވެއްޖެ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭހެން ތިން މީހަކު މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.
09 Oct 2026
ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަނިންމޭޓުން އިޚްތިޔާރުކޮށް އިއުލާނުކުރަމުން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
09 Oct 2026
ބޭންކް އޮފް ސިލޯން-ރާއްޖޭގެ ކުރީގެ ވެރިޔަކު ޖަލަށްލާން ހުކުމްކޮށްފި
ބޭންކް އޮފް ސިލޯން (ބީއޯސީ) ގެ މާލޭ ބްރާންޗުގެ ކަސްޓަމަރެއްގެ އެކައުންޓުން، އޭނާއަށް ނޭނގި ސައްހަނޫން ލިޔެކިޔުން ތައްޔާރުކޮށްގެން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލާގައި އެ ބޭންކުގެ ކުރީގެ އިސް ވެރިއަކު ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.