Uudus
ވިޔަފާރި
24 Jul 2024 | 10:17
ބޭންގް ބޭންގް، އަދި ޕަބްޖީ މޯބައިލް ހިމެނޭހެން އަގުހުރި އިނާމުތަކާއެކު އުރީދޫ ނޭޝަން އިންޓަރ އޮފީސްމުބާރާތް އިއުލާނުކޮށްފި


އުރީދޫ މޯލްޑިވްސް އިން ރާއްޖޭގެ އެކި އޮފީސްތަކުގެ ޓީމްތައް ހާއްސަކޮށްގެން މަގުބޫލު ތިން ގޭމެއްކަމަށްވާ އީއޭއެފްސީ24، މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ) އަދި ޕަބްޖީމޮބައިލްގައި ހިމެނޭ އީސްޕޯޓްސް މުބާރާތް އުރީދޫ ނޭޝަން އިންޓަ އޮފީސް މުބާރާތްއިއުލާނުކޮށްފިއެވެ.

އުރީދޫ ނޭޝަން އިންޓަރ އޮފީސް މުބާރާތަކީ ރާއްޖޭގައި އުފެދިފައިވާ އީސްޕޯޓްސްގެކޮމިއުނިޓީއަށް ހިތްވަރުދީ ކުރިއެރުވުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތުގެ ދަށުންރޭވިފައިވާ މުބާރާތެކެވެ.

އަދި މި މުބާރާތަކީ މުވައްޒަފުންގެ ގޭމިން ހުނަރު ދައްކާލައި، ޓީމްވޯކްއިތުރުކޮށް، އެކުވެރިކަން އުފެއްދުމަށް ރަގަޅު މުބާރާތެއް ކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫއިން އިތުރަށް ބުނީ، ނޭޝަން އިންޓަރ އޮފީސް މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ 4 ވަނަ ދުވަހު ކަމަށެވެ. މި މުބާރާތްތައް ލައިވްކޮށް ދެއްކުމަށް ހަމަޖެހިފައިވާއިރު،ސަޕޯޓަރުންނާއި އެކުވެރިންނަށް އެމީހުންގެ ޓީމުތަކަށް ތާއީދުކުރުމަށް ދައުވަތު ދީފައެވެ.

އެހެންކަމުނަ ރަޖިސްޓްރީވުމަށް ޝައުގުވެރިވާ ހުރިހާ ޓީމަކަށް 2 އޮގަސްޓް 2024 ގެ ކުރިންރަޖިސްޓްރީ ކުރެވޭނެ ކަމަށްވެސް ބުންޏެވެ. 

މުބާރާތުގެ ހައިލައިޓްސް:

އެފްސީ24: ފުޓްބޯޅައަށް ޝައުގުވެރިވާ ފަރާތްތަކަށް އީއޭ ސްޕޯޓްސްގެ އެންމެ ފަހުގެ ފުޓްބޯޅަ ސިމިއުލޭޝަން ގޭމް އެފްސީ24 ގައި ހުނަރު ސާބިތުކޮށްދިނުމުގެ ފުރުސަތުލިބިގެންދާނެ ކަމަށާ، ރިއަލިސްޓިކް ގޭމްޕްލޭ އާއި ވާދަވެރި ފީޗާތަކާ އެކު ބައިވެރިންނަށް ވާޗުއަލް ފުޓްބޯޅައިގެ ހުނަރު މުބާރާތުގެ ތެރެއޖޖް ދައްކާލެވޭނެ އެވެ. އީއޭއެފްސީމުބާރާތުގެ ޖުމްލަ ޕްރައިޒް ޕޫލަކީ 20،000ރ. ރަޖިސްޓްރީ ކުރުމަށް http://ore.do/eafcoffice

1.ވަނަ: 10،000 ރުފިޔާ

2 ވަނަ: 6000ރ

3 ވަނަ 4000ރ

މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ): މަޝްހޫރު މޮބައިލް މަލްޓިޕްލޭޔާއޮންލައިން ބެޓްލް އެރީނާ (އެމްއޯބީއޭ) ގޭމް، އެމްއެލްބީބީގައި ޓީމްތަކުންހަނގުރާމަތަކުގައި ބައިވެރިވާނެ ކަމަށާ، ޓީމުތައް މޮޅުވުމަށް ވާދަކުރާއިރު ސްޓްރެޓެޖީ،ކޯޑިނޭޝަން އަދި ކުއިކް ރިފްލެކްސް މުހިންމުވާނެ ކަމަށް އުރީދޫއިން ބުނެއެވެ. މި މުބާރާތުގެ ޖުމްލަ ޕްރައިޒްޕޫލަކީ 10،000ރ. ރަޖިސްޓްރީ ކުރުމަށް:

http://ore.do/mlbboffice

އިނާމުތައް:

1 ވަނަ 4000 ރުފިޔާ

2 ވަނަ 3000 ރުފިޔާ

3 ވަނަ 2000 ރުފިޔާ

Mvp  1000

ޕަބްޖީ މޮބައިލް: ބެޓްލް ރޯޔަލް އެރީނާއަކަށް ކުޅުންތެރިން ޕެރަޝޫޓް ކުރާއިރު،އެ ތަނުގައި ވާދަވެރިން ފަހަތަށް ޖައްސާލަން ޖެހެނީ ޗިކަން ޑިނާ ހޯދުމަށެވެ. ޕަބްޖީ މޮބައިލްގެ ހަލުވި އެކްޝަން އަދި ޓެކްޓިކަލް ގޭމްޕްލޭގެ ސަބަބުންބައިވެރިން ވިސްނައިގެން ކުޅެގެން ނޫނީ މޮޅުވުމުގެ ފުރުސަތު ގެއްލިދާނެއެވެ. މިމުބާރާތުގެ ޖުމްލަ ޕްރައިޒް ޕޫލަކީ 20،000ރ. ރަޖިސްޓްރީ ކުރުމަށެވެ.

http://ore.do/pubgmoffice

އިނާމުތައް:

1 ވަނަ 8000 ރ

2 ވަނަ 5000 ރ

3 ވަނަ 3000ރ

4 ވަނަ 2000ރ 

5 ވަނަ 1000ރ

Mvp 1000ރ

އުރީދޫ ނޭޝަން އިންޓަރ އޮފީސް މުބާރާތުގައި ޓީމްތައް ރަޖިސްޓްރީކޮށްމުބާރާތުގައި ބައިވެރިވުމަށް މިވަނީ ހުޅުވާލެވިފައެވެ. ރަޖިސްޓްރީކުރުމުގެތަފްސީލާއި އިތުރު މައުލޫމާތު އުރީދޫ ނޭޝަންގެ ރަސްމީ ވެބްސައިޓުން ލިބެންހުންނާނެ ކަމަށް ބުނެފައުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
ސްރީލަންކާއިން ސައުދީގެ ވެރިރަށަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފި
ސްރީލަންކާގެ ގައުމީ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފިޔަވަޅަކީ އެއާޕޯޓުގެ ސަލާމަތީ ކަންކަން އިތުރަށް ދިރާސާކޮށް، އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ރައްކާތެރި މާހައުލެއް އޮތްތޯ ބެލުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ
10 Oct 2026
ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި
ޔޫކްރެއިންގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ ދެކޭ ގޮތުގައި މި ޑީލުގެ ސަބަބުން ރަޝިޔާއަށް އިތުރަށް މީހުން މެރުމާއި ދިގު މުއްދަތަކަށް ހަނގުރާމަ ކުރިއަށް ގެންދިޔުމަށް ފުރުސަތު ހުޅުވޭނެއެވެ.
10 Oct 2026
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި
އެ ޕާޓީން ކަނޑައަޅާފައިވާ ގޮތުގައި، މި އިންތިހާބުގައި ބައިވެރިވެވޭނީ މި އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް ޕާޓީގެ މެންބަރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.
10 Oct 2026
ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން އަހަރުގެ މިހާތަނަށް 336 މިލިއަން ޑޮލަރު ހޭދަކޮށްފި
ބީއެމްއެލުން ބުނި ގޮތުގައި މިއަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި އެކި ބޭނުންތަކަށް ކަސްޓަމަރުންނަށް ޖުމްލަ 722 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ. މިއީ އެވްރެޖުކޮށް މަހެއްގެ މައްޗަށް ބަލާއިރު 80 މިލިއަން ޑޮލަރެވެ.
10 Oct 2026
ދިއްލީއަށް މުޒާހަރާކުރަން ދިޔަ ސީޖޭޕީގެ ލީޑަރު, ފްލައިޓުން ނުފޭބެނީސް ހައްޔަރުކޮށްފި
ދިއްލީ ފުލުހުން ބުނާ ގޮތުގައި، މިފަދަ މުޒާހަރާއެއް ބޭއްވުމުގެ 10 ދުވަސް ކުރިން އެ އިދާރާއަށް އަންގަން ޖެހޭނެއެވެ. ނަމަވެސް، ސީޖޭޕީން މި މުޒާހަރާ ބާއްވާ ކަމަށް މުޒާހަރާ ފެށުމުގެ އެންމެ 3 ދުވަސް ކުރިން ފުލުހުން ގާތުގަ ބުނުމުގެ ސަބަބުން، ފުލުހުންނަށް މި ހަރަކާތައް ތައްޔާރުވުމަށް ފުރުސަތު ލިބިފައިނުވާ ކަމަށް ދިއްލީ ފުލުހުން ފާހަގަކޮށްފައިވެއެވެ
10 Oct 2026
ހައްޖު ކޯޕަރޭޝަނުން އަންނަ ރޯދަ މަހު އައްޑޫއިން ޖިއްދާއަށް ސީދާ ދަތުރުތައް ފަށަނީ
ހައްޖު ކޯޕަރޭޝަނުން ބުނީ، މި ނިންމުމުގެ ބޭނުމަކީ، އައްޑޫ ސިޓީއާއި ދެކުނުގެ އެހެން އަތޮޅުތަކުގެ ރައްޔިތުން މާލެ ނައިސް އުމްރާގެ އަޅުކަމަށް ފުރޭނެ ފަސޭހަ މަގެއް ހޯދައިދިނުން ކަމަށެވެ. ގަމުން ޖިއްދާއަށް ފުރާ ފްލައިޓް ޝެޑިއުލް ކޮށްފައި އޮތީ ފެބްރުއަރީ 20 ވަނަ ދުވަހަށެވެ
10 Oct 2026
ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ދަނީ ކުރިއަށް
ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ރައްޔިތުންގެ ބޭނުންތަކާ އެއްގޮތަށް، ނަފްސާނީ ބަލިތަކުގެ ތަޖުރިބާ ހުރި ފަރާތްތަކުގެ ބަހާއި އިރުޝާދުގެ އަލީގައި، ހަމަހަމަކަމާއި އޯގާތެރިކަމާއެކު ފަސޭހައިން ޚިދުމަތް ލިބޭނެ ނަފްސާނީ ޞިއްޙަތުގެ ނިޒާމެއް ބިނާކުރުމުގެ މުހިންމު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ
10 Oct 2026
އައު އުސޫލުތަކާއެކު، ބޭރުގެ ފަރާތްތަކަށް ބައެއް ވިޔަފާރިތައް ކުރުން މަނާވެއްޖެ
މި ވިޔަފާރިތައް ކުރަމުން އައި ފަރާތްތަކަށް އުސޫލްގެ ތެރެއިން ކަންކަން ފުރިހަމަކުރުމަށް ދިން މުއްދަތު މިދިޔަ ބްރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ